އިންޑިއާ އާއި ރާއްޖެއާ ދެމެދު އަސްކަރީ ދާއިރާ އިން ގުޅުން ބަދަހިކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރާއްޖެއާއި އިންޑިއާއާ ދެމެދު ގިނަ ކަންތައްތަކެއް ކުރުމަށް ވަނީ އެއްބަސްވެފައެވެ. އެގޮތުން 21.5 ބިލިއަން ރުފިޔާގެ ލޯނު އެހީއެއް ދިނުމަށްވެސް އިންޑިއާއިން ވަނީ އެއްބަސްވެފައެވެ.

އިންޑިއާއާއެކު ވެވުނު އެއްބަސްވުންތަކާ ގުޅިގެން ރައީސް ވަނީ އެކަމުގެ ތަފްސީލުތައް ހާމަކުރައްވާފައެވެ.

"އަޅުގަނޑުގެ މި ދަތުރުގައި އެއްބަސްވުންތަކެއްގައި ވަނީ ސޮއިކުރެވިފައި. މިއީ ސިއްހީ ދާއިރާ އާއި، ކޮމާސް، ތައުލީމީ ދާއިރާ އަދި އަސްކަރީ ދާއިރާ އިން ދެ ގައުމު ގުޅިގެން މަސައްކަތް ކުރުމަށް ސޮއިކުރެވުނު އެއްބަސްވުންތަކެއް،" ރައީސް ވިދާޅުވިއެވެ.

އިންޑިއާ އިން ރާއްޖެއަށް އެހީ ފޯރުކޮށްދިނުމުގެ ބަދަލުގައި ރާއްޖޭގައި އިންޑިއާ ސިފައިން ބައިތިއްބަން އެއްބަސްވާން އުޅުނު ކަމަށް ވެސް ކުރިން ވާހަކަ ދެކެވުނެވެ. އަދި މިހާރުވެސް ރާއްޖޭގައި އިންޑިއާ ސިފައިންގެ ބައެއް ތަމްރީނު ހަދަމުންވެސް ދެއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. މުވާޠިން

    26 ޖުލައި 1965 ރާއްޖެ މިނިވަންވި ދުވަސް
    3 ނޮވެންބަރު 1988 ރާއްޖޭގެ ނަޞްރުގެ ދުވަސް
    17 ޑިސެންބަރު 2018 ރާއްޖެ އަޅުވެތިވި ދުވަސް
    2050 ވަނަ އަހަރުގެ ދިވެހީން މި ތާރީޚު މި ގޮތަށް ދެކޭނެއެވެ. އެއީ އިންޑިޔާގެ ކައިރީގައި ވަކިން އޮތް ސިއްކީމޭ ކިޔުނު ދައުލަތް ހަމަ މި ބީދައިން މި ގޮތަށް 20 ވަނަ ގަރުނުގައި (ދާދި މަދާކަށް ދުވަހު) އިންޑިޔާގެ އަވަށްގަނޑަކަށް ބަދަލުކުރިފަދައިންނެވެ. ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ!!! ފާހަގަކޮށްލެވޭ އަނެއް އިއްތިފާގަކީ 3 ނޮވެންބަރުގައި 19 ދިވެހިން ޝަހީދުކޮށްލި އާއިލާ މެދުވެރިކޮށް 17 ޑިސެންބަރުގައި ދިވެހިރާއްޖެ ބޭރުގެ އަޅުވެތިކަމުގެ ދަށަށް ދިވެހިރާއްޖޭގެ އެތައް ރައްޔިތުންނެއްވެގެން ގެންދިޔަކަމެވެ. ކަރުނައަޅާނީ ރޯނީ ކަތިލުންތަކުގައި ހަނާވަނީ އަހަރެމެން ފަގީރުންގެ އަންނާން އޮތް ދަރިކޮޅެވެ. މިވެރީން އެހެން ގައުމުތަކުގައި ހެން ވެރިކަން ނިންމާފައި އެހެން ގައުތަކުން ބިންގަނެގެން ބަޗާނެއެވެ.

    • ައަފީފު

      ކަލޯ ދެރަވާނެ ކަމެއްނެތް، ކަލެޔަށްވެސް ހެދުން އެއްޗެއް ހަދާ

  2. ބޮޑޭ

    ތިޔަހެންކިޔާފަ މިގައުމަށް އިންޑިއާ ސިފައިން ނުބާލާތި އިނގޭ ނަމަނަމަ.

  3. ޑައެލޯގް

    އެމްޑީޕީ ކުދިންނަށް މިހާރު ލޯނު އޯކޭ ކޯޓުތަކުން ކުރިންކުރި ހުކުމްތައް ހަމަ އެކޯޓުތަކުން ހަމައެގާޒީން އަނެއްކޮޅަށްޖެހީމަވެސް އޯކޭ، އަދި ޔާމީނު ފުލުހަށް ހާޒިރުކުރުމުން އެއީ ވަގަކަށްވޭ އެކަމު ޖިގިޔާ ނާޒިމް ވަގެއްކަމަށް ކުރިން އެމްޑިޕީބުނެ ފަހުން ސިޔާސީ ކުއްވެރިއަކަށް މިވީ ސަދޫމް

  4. ާމކ

    މިކަމުގަބައިވެރިވި 4 ލީޑަރުންގެ ދަރިފަސް
    ކޮޅުރަންޔެތުން ނިކުމެހަންދަމަންވާނެ

  5. ޒުލްފިގާރު.

    އިބްރާހިމް މުހައްމަދު ސޯލިހު ހުވައާ ކހިލާފު ވެއްޖެ ގާނޫނު އަސާސީ ކިލަފު ވެއްޖެ

  6. ކަރުނަގޭސް

    މިހުރިހާ ދުވަހު ދައުލަތަށް ލިބުނުހާ އެއްޗަކާއި އެތައް ބިލިއަން ޑޮލަރެއްގެ ދަރަންޏާއި ކުންފުނިތަކުގެ ސީއެސްއާރު ބޭނުންކޮށްފަ އޮތީ މާލޭ ގަބީލާމެން އެވެރިންގެ ރަށުތެރެ ރީތިކުރަންށެވެ. ނުވިތާކަށް ރާއްޖޭގެ ހުރިހާ ފަޅުރަށްތައް ވިއްކާފަ އެތައް ބިލިއަން ޑޮލަރެއްވެސް މާލޭ ގަބީލާމެން އެވެރިންގެ ގޭގެއަށް ބަހައިފިއެވެ. ކަންމިހެން ހުރިއިރު ޖަޒީރާ ރާއްޖެއެއްގޮތުގައި ތަރައްގީކުރަން ވީހާލެއްގައިވާން ނެގުނުވަރަކަށް ދަރަނިވެސް ނަގަންވީއެވެ. ފައިދާއެއް ވަންޏާ ވާނީ ޖަޒީރާ ރާއްޖެއަށެވެ، ގެއްލުމެއް ވިއްޔާ ވާނީ މާލޭގަބީލާމެނަށެވެ.

  7. ބުއްޅަބޭގެ ބަފާ

    26 ޖުލައި 1965 ރާއްޖެ މިނިވަންވިޔަސް އިންޑިޔާ ކުރިމަތީގަ މިއީ އެމީހުންގެ ކިބަޅި، އަލިފް ދާލުގައި ބައިބެރިވާންވެސް އިންޑިޔާއިން ދެކޮޅުހެދިކަން އަލްމަރުހޫމް އަހުމަދު ޒަކީ ވިދާޅުވި! އިންޑިޔާގެ ސީއައިޑީ އިނގިރޭސިންނާއި އެމެރިކާނުން ބައިވެރިވެގެން ވޯޓްކަރުދާހުން ވެރިކަން ވައްޓާލީ! ޝަރީފް ގަނެގެން މިކުޅިގަނޑު ކުޅުނީ!

  8. މުހައްމަދު

    މިރާޖޭގެ ވެރިކަން މިބީތާއިން ކިބައިން މިންޖުކޮށްދެއްވާނެ ދިވެހިދަރިންތަކެއް މިފަސްގަނޑުން އުފަންކުރައްވާފާނދޭވެ.

  9. ކިބޭބޫ

    ގެރީގެ އެއްބަސް ވުމެެއްނެޠްތަ ގެރިގުއިސަރުކާރު

  10. އެއްމެން

    2018 ވަނަ އަހަރަކީ ގިނަ އަދަދަކަށް ފައިނޭންސް ދާއިރާއިން ގިނައަދަދަކަށް ދިވެހީންނަށް ވަޒީފާ ހަމަޖެހިގެން ދިޔަ އަހަރެއް. އެއަީ ހަމަ އެކަނި އިންޑިޔާ މީހުންނަށް ވޯކުޕެރމިޓް އެއަހަރު ތެރޭގަ ދިނުން މަޑު ޖައްސީމަ ވީކަމެއް. ޔާމީނަށް މިކަމުގާ ޝުކުރުވެރި ވަން.