އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމަށް ހަމްދޫން ރަޝީދު ހަމަޖައްސަވައިފިއެވެ.

ހަމްދޫން މިހާތަނަށް ހުންނެވީ ޗީފް ސުޕްރިންޓެންޑެންޓުގެ މަގާމުގައެވެ. ހަމްދޫން އަކީ ފުލުހުންގެ އިދާރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ.

ހަމްދޫން އަކީ އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމަށް ހަމަޖެއްސެވި ހަތްވަނަ ބޭފުޅާއެވެ.

އޭސީޕީގެ މަގާމަށް ހަމްދޫން ހަމަޖެއްސެވިއިރު ދާދިފަހުން ރައީސް އަބްދުﷲ ޔާމީން ވަނީ ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު އަރީފް އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު ސައުދީ މަގާމުން ވަކި ކުރައްވާފައެވެ.

ފުލުހުންގެ އިދާރާގެ ހިންގުން މިހާރު ހަވާލުކުރައްވާފައިވަނީ ޑެޕިއުޓީ ކޮމިޝަނަރު އަބްދުﷲ ނަވާޒްއާއެވެ.