ތަފާތު އެކި އިލެކްޓްރިކް ތަކެތި މޮޑިފައި ކުރުމަކީ އިބްރާހިމް ނިޝާރުއަށް އުނދަގޫ ކަމެއް ނޫނެވެ. އިންޖިނިއަރިންގ އާ ގުޅޭ އެކި އެކި ވަޒިފާތައް މީގެ ކުރިން ނިޝާރު އަދާކޮށްފައިވާ އިރު އެކި ސާމާނުތަކާ ކުޅެ ވާނުވާ ބެލުމަކީ ނިޝާރުގެ ހޮބީއެއް ވެސް މެއެވެ. ނަމަވެސް މިފަހަރު އޭނާ ކުރިމަތިލީ މީގެ ކުރިން އޭނާ ކޮށްފައިނުވާ ފަދަ ވަރުގަދަ ޗެލެންޖަކާއެވެ. އެކަން އޭނާ ކާމިޔާބުވެސް ކޮށްފިއެވެ. އެއީ ކަރަންޓު ބޭނުން ނުކޮށް އޮޕަރޭޓް ކުރެވޭ ޖޫސް ގިރާ މިކްސްޗަރެވެ. އޭނާގެ އެ މަސައްކަތް ގިނަ ބަޔަކަށް މިހާރު ވަނީ ވަރަށް ބޮޑަށް ކަމުގޮސްފައެވެ.

ރާއްޖޭގައި އަލަށް ހުޅުވާ ލޯބިގިލި ރިސޯޓުގައި މަސައްކަތް ކުރާ ރައްޓެއްސަކު ނިޝާރުއާ ހަވާލުކުރި މި މަސައްކަތަކީ މި އާ އީޖާދީ މަސައްކަތުގެ ފެށުމެވެ. ރިސޯޓުން ބޭނުންވީ "ސަސްޓެއިނަބަލް" ޕްރޮޑަކްޓެއް އުފެއްދުމަށެވެ. ރިސޯޓުން އެފަދަ އީޖާދީ އުފެއްދުމަށް ހުށަހެޅި ނަމަވެސް އޭގެ ހަގީގީ މޭސްތިރިއަކީ ނިޝާރުގެ ދަރިފުޅެވެ. ބައިސްކަލުން އަނބުރައިގެން މިކްސްޗަރުން ޖޫސް ގިރޭގޮތަށް ހަދަން އޭނާއަށް ހިޔާލު ދިނީ ހަމަ އެ ދަރިފުޅެވެ.

މިކްސްޗަރު ހަދަން ނިޝާރު މާބޮޑު ހަރަދެއް ނުކުރެ އެވެ. އާއިލާގެ މީހަކު އެއްލާލަން އުޅުނު މިކްސްޗަރެއް ބޭނުންކުރި އިރު އެ މިކްސްޗަރަށް "ޕަވަރު" ދޭން ބޭނުންކުރި ބައިސްކަލުގެ މައިގަނޑަކީ ވެސް އޭނާ މަގުމަތިން ހޮވި އެއްޗެކެވެ. އެތަކެތި މޮޑިފައިކޮށް ކަރަންޓާ ނުލާ ޖޫސް ގިރޭ މިކްސްޗަރަކަށް ބަދަލުކޮށްލި އިރު އަތުން ހާހެއްހާ ރުފިޔާވެސް ނިޝާރުގެ އަތުން ނުދެއެވެ.

ޖޫސް ގިރާ މެޝިން ހަދަން ބޭނުންކުރި އެއްލާލައިފައިވާ ބައިސްކަލެއްގެ މައިގަނޑު-- ފޮޓޯ/ ނިޝާރު

ބައިސްކަލުން ޖޫސް ގިރާގޮތަށް ހަފްތާއެއްހާ ދުވަހުގެ މަސައްކަތުން ހެދި މިކްސްޗަރު ހަމަ ބަރާބަރެވެ. އާންމު ދިރިއުޅުމުގައި އެ މިކްސްޗަރު ބޭނުންކުރަން ވަކި އުނދަގުލެއް ނޫނެވެ.

"މިސާލަކަށް ޕައުޑާ ބޭނުންކުރަނީ. ޕައުޑާ ބޭނުންކޮށްގެން މީގެން ސްމޫތީއެއް ގިރަލެވޭނެ 20 އަކަށް ވަރަށް ސިކުންތުގެ ތެރޭގައި. އެހެން ނަމަވެސް މޭވާ ފަދަ އެއްޗެތި ކޮށައި ނަގައިފިއްޔާ ނަގާފާނެ ކުޑަ އިރިކޮޅެއް. ހަމަ ނަގާފާނެ މިނެޓެއް ވަރު." ނިޝާރު ބުންޏެވެ.

ނިޝާރު ބުނާގޮތުން އެނާ ޖޫސް ގިރާ މެޝިން އުފެއްދީ އިންޓަނެޓުން ބަލައިގެނެއް ނޫނެވެ. އޭނާއަކީ އިންޖިނިއަރިންގއާ ގުޅޭ ދާއިރާއެއްގައި އުޅެފައިވާ މީހަކަށް ވާތީ އޭނާއަށް އެ ޕްރޮޑަކްޓް ޑިޒައިންކުރަންވީ ގޮތް އެނގެއެވެ. އޭނާ އެ މެޝިން ތައްޔާރުކުރީ ރައްކާތެރި ކަމަށް ވެސް ވަރަށް ބޮޑަށް ބަލައިގެންނެވެ. އަދި އޭތި ތައްޔާރުކޮށްފައި ވަނީ ކިތަންމެ ބާރަށް އެނބުރިޔަސް ނުގުޑާނެ ގޮތަށް ކަމަށްވެސް ނިޝާރު ބުނެފައި ވެއެވެ.

ނިޝާރުގެ ނަޒަރުގައި ޖޫސް ގިރާ މެޝިން ހެދިގޮތަށް ހަމަ އެ ކޮންސެޕްޓަށް ކަރަންޓާއި ނުލާ ބޭނުންކުރެވޭނެ އެހެނިހެން މެޝިންތައް ވެސް އުފެއްްދިދާނެ އެވެ.

"މިގޮތަށް ހަމަ ހެދި ދާނެ ދޮންނަ މެޝިނެއް ވެސް. ހަވާދު މުގުރާ އެއްޗެއް ވެސް ހަމަ ހެދިދާނެ" ނިޝާރު ބުންޏެވެ.

ނިޝާރު ހެދި ޖޫސްގިރާ މެޝިންގެ ވީޑިއޯއެއް ޓުވިޓާއަށް ލުމާއެކު އެ ވީޑިއޯ ވަނި ވަރަށް ބޮޑަށް ވައިރަލްވެފަ އެވެ. އަށް ހާހަށް ވުރެ ގިނަ މީހުން އެ ވީޑިިއޯ ބަލައިފައިވާ އިރު އެފަދަ މެޝިނެއް ހަދައިދޭން ވެސް ބައެއް މީހުން ދަނީ އެދެމުން ނެވެ. އަދި ބައެއް މަޝްހޫރު ކުންފުނިތަކުން ވެސް އޭނާ އަށް މިހާރު ދަނީ ގުޅަމުން ނެވެ.

ތިމާވެއްޓާ ރައްޓެހި ގޮތަށް ހެދި ޖޫސް ގިރާ މެޝިނަށް ގިނަ ބަޔަކަށް ކަމުދިޔަ އިރު ނިޝާރުގެ ހާއްސަ މެސެޖެއް ވެސް އެބައޮތެވެެ.

ގިނަ ދިވެހިންނަކީ ދުވަސް ކޮޅަކުން އެކި އެއްޗެހި އާ ކުރާ ބަޔަކަށްވާ އިރު ނިޝާރު އެފަދަ ކަންކަމާ ވަރަށް ބީރައްޓެެއްސެވެ. އޭނާގެ ނަޒަރުގައި އެއީ ވަރަށް ބޮޑު އިސްރާފެކެވެ. އެހެންވެ ނިޝާރުގެ ގޭގައި އެއްޗެއް ހަލާކުވިޔަސް ގިނަ ފަހަރު އެއްލައެއް ނުލައެވެ. އޭގެ ބަދަލުގައި އޭނާ ބަލަނީ އެތަކެތި މަރާމާތުކޮށްގެން ވީހާވެސް ގިނަ ދުވަހު ގެންގުޅެވޭ ގޮތަށް ހަދާށެވެ.

އެހެންކަމުން ނިޝާރްގެ ވާހަކައިން ތިމާވެއްޓާއި ރައްޓެހި ގޮތަށް އަހަރެމެންގެ ދިރުއުޅުން ބައްޓަންކުރަން ދަސްކުރަން އެބަ ޖެހެއެވެ.

"އަހަރެން އަސްލު ވަރަށް ދެރަވޭ ގޭގޭގައި މީހުން އެއްޗެތި އުކާލާއިރު. ތެދަށް ބުނާނަމަ ހަމަ ބޭނުންކުރެވޭނެ ސަޅި އެއްޗެހި ހަމަ ދެވަނަ ފަހަރަށް ބޭނުންކުރެވޭނެ. ވަރަށް ބޮޑު އިސްރާފެއް. ދެން އަނެއްކާ ތިމާވެއްޓަށް ބެލި ކަމުގައި ވިޔަސް، ކުންޏަށް ބެލިޔަސް. ސަސްޓެއިނަބަލް ގޮތުން ބެލިޔަސް. ކުރިއަށް އޮތް ތަނުގައި އަޅުގަނޑުމެން އެބަ ޖެހޭ ވީހާވެސް ސަސްޓެއިނަބަލް ގޮތަކަށް އުޅެނީ. މިހާރުވެސް ލަންކާ ކަހަލަ ހާލަތަށް ގޮސްފިއްޔާ ކިހިނެއްތޯ އުޅޭނީ އަޅުގަނޑުމެން. 14 ގަޑިއިރު އެމީހުންނަށް ކަރަންޓް ނުލިބޭ" ނިޝާރު ކިޔައިދެނެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. Anonymous

    ތިޔަހަދާގެން ނިޝާރު ގޭގައި ބޭނުން ނުކުރަނީ ކީއްވެ. އެގޭގައިވެސް ބޭނުންކުރަނީ ކަރަންޓްމިކްސަރ. ތިޔަމެޝިނުން ޖޫސްގިރަން މީހަގެ ހަކަތަ ހުސްކޮށްްލަންޖެހޭ. އަދި ތިޔަމެޝިން ބަހައްޓަން ބޮޑުޖާގަ އެއް ބޭނުންވޭ. މަހިތުން ހަމަ އެކަކުވެސ

    24
    21
  2. އަލީމޫސަ

    މި ނުވޭ އަމިއަލަ އީޖާދަކަށް ބަޔަކު ހަދާފަހުރި ތަކެތި ެސެންބުލް ކޮއްލާގެން އަބަދު މިކހަލަ ކަންތައްކުރަނީ. ތީތިން ޖޫސް ގިރަން ދާންވީ އާރޓިފިޝަލް ބީޗަށް ތަންއޮތްތަނަށް. އެއްގޮތަކުން ރަގަޅު އެެއްޗެއް. ކަސްރަތު ކޮއްލަން ރަގަޅު. ތީ އަސްލް ކަސްރަތު މެޝިނެއް.

    23
    4
    • ފަތަފޮޅި

      މިކްޝަރުގެ ސައިޒާ ޕާފޯމަންސްއަށް ބަލާއިރު ގަބޫލުކުރެވެނީ ތީ ތިދާއިރާއަށް ގެނައި އިންގިލާބީ ބަދަލެއްހެން އަޅުގަނޑު އެދެނީ ބަލްކުކޮށް ތި އުފައްދައިގެން މުޅި ދުނިއެއަށް ސަޕްލައިކުރަން ތައްޔާރުވާން ޔޫރަޕުންވެސް ތިއަށް ޑިމާންޑު އޮންނާނެ ޔަގީން

  3. ޖަވާދު

    ކަސްރަތާއި އެކު ޖޫސް ގިރާލަންވީ! ވަރަށް ބަރާބަރު އުފެއްދުމެއް!

    39
    3
  4. އަލީ

    ޔޫޓިއުބަ ބަލާގެން ހެދި އެއްޗެއް ތީ

    14
    7
  5. ޙާލަތު

    އަޅުގަނޑަށް ފެންނަނީ ތީތި އަތުން އަނބުރައިގެން މަސައްކަތްކުރާވަރަށް ކުޑަކޮށްލަން. އެހެންޏަ މިހާރު މި އުޅެނީ މިކްސަރުވެސް ބައިންދާނެ ތަންކޮޅެއް ނެތިގެން.

    29
    3
  6. ހެހެހެކެކެ

    ތިޔަކަހަލަ މެޝިން ހަދައިގެން މިޤަރުނުގެ މީހުން ދިވެހިންނަށް ކުރާނީ މަލާމާތް. ސްޓޯން އޭޖަށްވުރެވެސް ފަހަތުގަ ތިއުޅެނީ. ހެޔޮ ނުވާނެ ތިކަން ހުއްޓާލާ

    11
    6
  7. އަދާމް

    އަދި ކިރިޔާ ޚަބަރަކަށް ވާކަހަލަ ޚަބަރެއް ތިޔަ ގެނެސްދެނީ.
    މިފަދަ ކުރިއަރާފައި އޮތް ޒަމާނެއްގައި ހުރިހާ އެއްޗެއް ޑިޖިޓަލްކޮށް ސްވިޗުން މަސައްކަތްކުރާ ޒަމާނެއްގައި، ގިނަ ދިވެހީން ވެސް މިއަދު ބޭނުންވަނީ ޅެންވެރިޔާ (ޞަލާހުއްދީން) ވެސް އިޝާރާތްކުރެއްވި "ފަރުބަދަތައް މަޑު ފާރޮއްޓަށް ވާން." ފާރޮށި އަމިއްލައަށް ހަދައިގެން ކައިގެން އަމިއްލަ މަސައްކަތުން ދިރިއުޅެން ބޭނުންވާ ދިވެހީން ގެ އަދަދު ދަނީ ދަށަށް. ބޭރުން ގެނެވޭ ބޭރު ތަކެއްޗަށް ގޮސް ހުސްވެ ލިބޭހާ ލާރިއެއް ބޭރަށް މި ދަނީ.
    އެހެންކަމުން ނިޝާރުގެ ތިޔަ މަސައްކަތަށް ރައްދުކުރާނީ ޝުކުރާއި ތާރީފާއި އައްސަރިބަސް. ތިޔަފަދަ އުފެއްދުންތެރި ގިނަ ތަކެތި އުފެއްދުމަށް އެދި އެކަމުގެ ތައުފީޤަށް އެދޭވާހަކަ ވެސް ދަންނަވަން.
    މިފަދަ ކޮންމެ ކަމެއްގައި ވެސް ދިމާކުރަނިވި ކުރިބައްދާ ރޫޅާ ފުނޑުފުނޑުކުރާ ފާޑުކިޔާ މީހުން ތިބޭނެ. އެމީހުން ކުރާ ކޮމެންޓުތަކަށް ބަލާނެކަމެއް ނެތް. ބިނާކުރަނިވި ކުރިޔަށް ދާއަތަށް ހިތްވަރުލިބޭ ހެޔޮފުށް ދައްކާ ފާޑުކިޔަން އަޅުގަނޑުމެން ކަހަލަ މީހުން ތިބިކަންވެސް ދަންނަވައިލަން.

    15
    5
    • ކުކުޅުމުދި

      ސާބަސްދޭންވީ ހެސްކިޔާފަ 10 އޮރެންޖުބޭނުންކޮށްގެންވެސް ރަހަލާވަރުގެ ޖޫސްތައްޓެއް ތީގެން ނުހެދޭނެ

      4
      3
  8. އަހުމިއްޓޭ

    ކިހިނެއްތަ ތިމާވެއްޓާ ރައްޓެހީ. ޓަޔަރު ރަބަރު ތިމާވެއްޓަށް ގެއްލުންލިބޭ. ޗޭނަށް އަޅާތެޔޮ ތިމާވެއްޓަށް ގެއްލުންދޭ.

    8
    3
  9. މަރުމޯލް

    ތީދެން ކޯއްޗެއް
    ތިއަށްވުރެން މާ ފަސޭހަ ފިހާރަތަކުގަ ހުންނަ މިކްސަރު

    8
    5
  10. ތުއްތޫ

    ތީތި ތިމާވެށީގެ ބައްޕައަށް ފޮނުވާލަންފެނޭ

    9
    2
  11. ގުދުގުދާ ބެއްޔާ

    އަތުން އަނބުރައިގެން މީގެ މިކްސަރެއް ހެދުމަކީ އެއްވެސް ކަމެއް ނޫން! ބޭނުންވާނީ ބުރެއް އަޅާއިރަށް އަނެއްކޮޅުން ތިން ބުރުއަޅާ ގިއަރ އެއް!

    9
    1
  12. ދަރަނި ދަންތުރަ

    އުފެއްދުންތެރިކަން ވެސް ހައްދުފަހައެޅީ ފުކެއްބޮޑުވަރު

    7
    5
  13. ބައިޖަން

    މިވަގުތު ދުނިޔޭގަތިބި އެންމެ ފިޓު މީހުން ޓެގްކޮށްފަ މިއޮތީ.

    7
    2
  14. އީނާޒު ނަސީމް

    މީގެން އިނގެނީ ދިވެހިން ކިޔަވާން ޖެހިފައިވާކަން. އިނޖިނިއަރުން މިގައުމަށް ނުހަނު ބޭނުންވެފައިވާކަން. ތިޔަބައިސްކަލެއް ގޭ ސިޓިންގްރޫމް ނޫނީ ބަ ދިގޭގައި ބައިން ދައިގެން ޖޫސްގިރާނެ މީހަކު ނޫޅެނެ. ކާބަފައި ޒަމަނުގައި ޓެކްނޮލޮޖީނެތް ޒަމާނުގައި އައުއެއްޗެހި ހަ ދައި އަޖުމަބަލަން ތަފާތުކަންކަން ކޮށްފައި އެބަހުތި. މިޒަމަނުގައި ތިފެންވަރު އެއްޗެއް ހެ ދީމަ ކުރިއެރުމެއް ނޫން އެލިބުނީކީ.

    7
    3
  15. ބުނަންތަ

    2 ބޭނުން އެއްފަހަރާ ކުރެވޭ

    4
    1
  16. ާއަލީ ބުނީ

    ތިދެން ކޯޗެއް. ބޯހަލާކު.

    5
    2
  17. މަސްރޮށި

    މީ އަންހެންވެރިން ކަސްރަތު ކުރަން ގެއިން ބޭރަށް ދާތީ އީޖާދު ކޮއްފަ ހުރި ޖޫސް ގެރިޔެއް. ދެން ކަސްރަތު ކޮއްލަ ކޮއްލާ ޖޫސް ގިރާލަ ގިރާލާ ގޭގަ ތިބޭނެ ނޫން. !!