ކޮންމެ ކޮތަޅަކުން -/2 ރުފިޔާ ނަގަން ސަރުކާރުން ނިންމައި، މިހާރު އަމަލު ކުރަން ފަށާފައިވާ ގާނޫނަށް ގިނަ އާއްމުން ފާޑުކިޔަމުން ދިޔަ ނަމަވެސް އެނިންމުން ދިފާއުކުރަން އެންވާރްމަންޓް މިނިސްޓަރ އައިމިނަތު ޝައުނާ ނިކުމެއްޖެއެވެ.

ޝައުނާ މިއަދު ހަވީރު ކުރި ޓްވީޓެއްގައި ވަނީ "އެއްވެސް މީހަކު އަލަށް ތައާރަފް ކުރާ ޓެކްސްއަކަށް ތާއީދެއް ނުކުރާނެ." ކަމަށް ވިދާޅުވެ، ކޮތަޅުން އިތުރު -/2 ރުފިޔާ ނެގުން ދިފާއު ކޮށްފައެވެ. ސަރުކާރުން ގާނޫނުގައި ކޮންމެ ކޮތަޅަކުން -/2 ނަގަން ލިޔުނު ނަމަވެސް ގާނޫނު އޮތް ގޮތުން ކަސްޓަމަރާއި ހަމައަށް ލިބޭ އިރު ކޮންމެ ކޮތަޅަކުން -/4 ރުފިޔާ ނުވަތަ އެއަށް ވުރެ ގިނައިން ވެސް ސަރުކާރަށް ފައިސާ ލިބެއެވެ.

ޕްލާސްޓިކް ކޮތަޅު ބައެއް ހާލަތްތަކުގައި ބޭނުން ކުރަން ޖެހޭނެ ކަމަށް އިއުތިރާފު ވަމުން މިނިސްޓަރ ޝައުނާ ވިދާޅުވީ ވަރަށް އަވަހަށް ވެމްކޯ އިން ކުނި އުކުމަށް ހާއްސަ ތިމާވެއްޓާއި ރައްޓެހި ކޮތަޅު ތަޢާރަފް ކުރާނެ ކަމަށެވެ. ނަމަވެސް "ވަރަށް އަވަސް" ކަމަށް މިނިސްޓަރ ވިދާޅުވި ވިދާޅުވުމަކީ ކިތައް ދުވަސް ކަމެއް ޓްވީޓްގައި ބަޔާން ކުރައްވާފައެއް ނުވެއެވެ. އަދި ކޮންމެ ކޮތަޅަކުން ޓެކްސް ނަގަން މަޖިލީހުން ފާސްކޮށް ގާނޫނު ތަސްދީގު ކުރުމަށްފަހު އަމަލު ކުރަން ފަށަން ލިބުނު ހަތަރު މަސް ދުވަހުގެ ތެރޭގައި ވެމްކޯ އަށް އެބާވަތުގެ ކޮތަޅު ނުގެނެވުނު ސަބަބެއް ވެސް މިނިސްޓަރ ވިދާޅެއް ނުވެއެވެ.

"ކުނީގެ މައްސަލަ އަކީ ދިވެހިރާއްޖެއަށް ދިމާވެފައި އޮތް ބޮޑު މައްސަލައެއް. މާލޭ ސަރަހައްދުން ކޮންމެ ދުވަހަކު 800 ޓަނުގެ ކުނި އުކާލަން ޖެހޭ. އޭގެތެރެއިން %12 އަކީ ޕްލާސްޓިކް. ކުނި ފަރުބަދަ މަދުކުރަން އަޅުގަނޑުމެން މަސައްކަތް ނުކުރާނަމަ ކޮންމެ ދިހަ އަހަރަކުން ތިލަފުއްޓެއް ހިއްކަން ޖެހޭނެ." މިނިސްޓަރ ޝައުނާ ވިދާޅުވިއެވެ.

މިނިސްޓަރ ޝައުނާ ވިދާޅުވީ ޕްލާސްޓިކް މަނާ ކުރުމުން ޕްލާސްޓިކް އެއްޗެހީގެ ބަދަލުގައި ބޭނުން ކުރެވޭނެ އެހެން އެއްޗެހި ބާޒާރަށް ނެރޭނެ ކަމަށެވެ.

ސަރުކާރުން ކޮންމެ ކޮތަޅަކުން -/2 ރުފިޔާ ނަގަނީ އާމްދަނީ އިތުރު ކުރަން ކަމަށް ބުނެ ކުރިމަތިވެފައިވާ ފާޑުކިޔުންތަކަށް ވެސް މިނިސްޓަރ ޝައުނާ ރައްދު ދެއްވިއެވެ. އޭނާ ވިދާޅުވީ ޕްލާސްޓިކް ކޮތަޅުން އާމްދަނީ އިތުރު ވުމަކީ ދިގު މުއްދަތަކަށް ބަލާއިރު ވާނެ ކަމެއް ނޫން ކަމަށެވެ. "އާއްމުން ދެވަނަ ފަހަރަށް ބޭނުން ކުރެވޭ ކޮތަޅު ބޭނުން ކުރަން ފެށުމުން ޕްލާސްޓިކް ކޮތަޅުން ލިބޭ އާމްދަނީ ދަށަށް ދާނެ. އުއްމީދު ކުރަނީ ވެސް ކޮތަޅުން ލިބޭ އާމްދަނީ ސުމަކަށް ދާނެ ކަމަށް." ޝައުނާ ވިދާޅުވިއެވެ.

މިނިސްޓަރ ޝައުނާ ވިދާޅުވީ މިހާރު ވެސް ގިނަ ރަށްރަށުގައި ކުނި އަޅަނީ ހާމައަށް ހުންނަ ތަންތަނަށާއި މޫދަށް ކަމަށެވެ. ނަމަވެސް އެއީ އަޅުގަނޑުމެން އާމްދަނީ ހޯދަން އޮތް ދާއިރާތަކަށާއި އަދި އާއްމުންގެ ސިއްހަތައް ވެސް އޮތް ބޮޑު ނުރައްކަލެއް ކަމަށް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

58 ކޮމެންޓް

  1. ޓބފ

    ބާކީ ހަމަސް🤔

    95
    1
    • ލުޓޭރުންގެ ސަރުކާރު

      ކޮތަޅު ސަރު ކާރުގެ ކޮތަޅު ވަޒީރު..އަހަރެމެންގެ ގައުމުގަ ދިރިއުޅެމުން ދިޔައީ ނި ކަން ލުއިފަސޭހަ ކޮށް..މިހެންއުޅެއުޅެތިއްބާ ވަގުންތަ ކެ މިގައުމުގެ ވެރި ކަމަށްއަރާ މުޅިގައުމު ފަނާ ކޮއްފި..ޖީއެސްޓީ8ޕަސެންޓް ބޮޑުކޮއްގެންވެސް ހަމަނުޖެހެވުނު ސައި ކަލުތަ ކުން ސްޓި ކާލާރި ނަގައިގެންވެސް ހަމަނުޖެހެވުނު ކޮތަޅުން 6ރުފިޔާނަގައިގެންވެސް ހަމަނުޖެހެވުނު ކަރަށްޓާ ފެނުންވެސް ވައް ކަން ކުރަނީ...

    • ޚިޔާލު 2

      ކަމެއް ރަގަޅުކުރުމުގެ ނިޔަތެއް އޮތްނަމަ ނުވަތަ އެގޭނަމަ ކުރިން އެކަމެއް ކުރަމުންދިޔަގޮތް ބަދަލު ކުރަންޖެހޭނީ އެއަށްވުރެ ރަގަޅު ގޮތެއް ހަމަޖެއްސުމަށްފަހުގައެވެ.
      ތިމާވެއްޓަށް ރަގަޅުވާނެ ބޭނުންފުދޭނެ ކޮތަޅު ނުވަތަ ގޯނި ތާރަފުކުރުން.
      ހޭލުންތެރިކުރުވުން
      ޕްލާސްޓިކު ކޮތަޅު އެތެރެކުރުން ކޮންޓްރޯލްކުރުން
      ކަމެއްގެ ހައްލަކީ ތަންފީޒު ނުކުރެވޭ ގާނޫންތައް ހެދުންކަމުގައިވާނަމަ އެއީ ގާބިލުބައެއްނޫނެވެ.
      ވެމްކޯއިން ކުނިން ނަގަންފެށި ފީ ތަކަކީ ދެކޮޅުނުޖެހޭ އެކަށީގެންނުވާ 4 ގުނަ ބޮޑު ފީ ތަކަކެވެ.
      މިކަމުން އެގެނީ މެނޭޖުކުރުމުގެ ގާބިލުކަށް ނެތްކެކެވެ.

  2. ގަދައޭ

    މިހާރު ކޮބާ މުރުތަލާ މެން

    67
    1
  3. ވިކިލީކްސް

    ދެން ރައްޔިތުން ޖެހޭނީ ވެމްކޯއިން ކޮތަޅު ގަންނަންދޯ... ކިހާ ބޮޑު ނޮހޮރޮއްޕާނެއް މިސަރުކާރަކާ މި ލާދީނީ އެމްޑީއެންގެ ޝައުނާއަަހެދި.

    126
    3
    • ޙަފޯ

      ޢިމްޕޯޓްކުރާ ކޮތަޅުން -/2ރުފިޔާ، ވިޔަފާރިވެރިން ކޮތަޅު ގަންނަން -/2ރުފިޔާ، ކަސްޓަމަރުން ގެންދާ ކޮތަޅަށް ވިޔަފާރިތަކުން -/2 ރުފިޔާ، ޖުމުލަ -/6 ރުފިޔާ އެބަނގާ އެވަރުން ތިމާވެށި ހިމާޔަތްވާނެތަ ސައުއްކޮމެންނަށް. މަހައްދާންވީނު

  4. މާޟި

    ކިތައްމެ ބަޔަކު ނިކުތަސް ނުނަގާ އެއްޗަކައް ނުވާނެ

    92
    2
  5. މަރީ

    ކޮތަޅު ކަނބުލޭގެ

    97
    1
  6. ތިމާވެށި

    މަންޖެމެން ގެއިން ކުނިނަގަނީ ރަނުން ހަދާފަހުރި ވަށިތަކަކުންދޯ؟؟ ކީއްކުރާ 2،ރ އެއް ކޮތަޅު އެތެރެކުރުން މަނާކޮއްބަލަ ރައްޔިތުން ހޭބައްޔެއް ނުވާނެ.

    49
  7. އަހުމަދު

    ކޮތަޅަކުން ނޫން ޓެކްސް ބޮޑުކުރަންވީ، ސިނގިރޭޓުން އަދި ވޭޕުން ދެގުނައަށް ބޮޑު ކޮށްދީ ހެޔޮނުވާނެ

    64
    4
    • އެ ކީއްކުރަންށޯ…
      ކުރިން އަހަރުން ކުޑަ އިރު 12 އަށް ލިބުނު ފޮށި މިހާރު 100 އަށް ދޭ އިރުވެސް ވަނީ ބޯ މީހުން އިތުރު…ސިނކުޑި އެއީ ނަމަކަށް ގެންގުޅޭ އެއްޗަކަށް ނުހަދަބަލަ…

    • ހަންނާނުބޭ

      ސިނގިރެޓާއި ވޭޕް އެތެރެކުރުން މަނާކުރަން ވެއްޖެ. އެއީ ބޮޑު ވަބާއެއް. ބޯމީހުން ހިތްހަމަޖައްސަން ބާއިރު އެހެން މީހުންނާ ހަމައަށް އޭގެ ދުން ނުފޯރާގޮތަކަށް ބޯންވީނު. އަނެއްކާ ހާދަ ނުބައި ވަހެކޭ ދުވަނީ. މަލްބަރޯ ހާރޑު މީ އެންމެ ޖަންކީ ސިގިރެޓް. މިނޫން އެއްޗެއް ގިނަ ދިވެހިން ނުބޮއި. އެހެން މީހުންނަށް އުނދަގޫ ނުކޮށް ނުތިބެވެނީތަ.

  8. އއ

    އަންނަ އިންތިޚާބުގައި ކޮތަޅަށް 2ރ ގެ އަސަރު ކުރާނެ ކަމަށް އުންމީދުކުރަން. އަނެއްހެން ވޯޓް ގަނެގެންވެސް އިބްރާހިމް ހޮވާނެކަމަށް މަހުޖަނުން ބުނަމުންއެދަނީ.

    45
  9. ގަލަން

    މިހާރު އެއުޅެނީ ކަރަންޓް ބިލްތައް ހޫނުގަދަވީމޭ ކިޔައިގެން ބިލް ތައް ބޮޑުކޮއްގެން ކެންޕޭނައް ރުފިޔާ ހޯދަން ކޮތަޅައްވެސް އަގުބޮޑުކުރީ އެހެންވެގެން ޕުލާސްޓިކް ނައްތާލަނިއްޔޭ ކިޔާފަ. ޕުލާސްޓިކް ކޮތަޅު ނައްތާލަން ބޭނުމިއްޔާ އެތެރެ ކުރުން މަނާކުރީމަ އެނިމުނީދޯ އަގުބޮޑުކުރާކައް ނުޖެހޭ

    48
  10. ވަޠަނަބޭ

    ކޮތަޅު ޓެކްސްގެ ޙަގިގީ މަހުޞަދުކަމަށް އަޅުގަނޑަށް ވިސްނެނީ ރައީސްއާއި ރައްޔިތުންނާއި ދެމެދު ނަފްރަތު އުފެއްދުން. ރަޔާސީ އިންތިޚާބަށް ކައިރިވީ ވަރަކުން ކޮތަޅޭ ގޮވާ ސިޔާސީ ލީޑަރުން ގިނަވާތަން ފެނިގެންދާނެކަމަށް ވިސްނެނީ.

    20
    4
    • ހުސޭނުބޭ

      ކޮން ނަފްރަތެއް. ރައީސް މީހާއަށް މަޖިލީހުގެ މެޖޯރިޓީ އޮތީ. ރައީސް މީހާގެ ނުލަފާކަމުން ރައްޔިތުން ބަނޑުފަޅަން ކުރި ކަމެއް އެއީ. އިންޑިޔާ އައުޓް ކިއުން ޣައިރު ޤާނޫނީ ކަމަކަށް ހަދާހެން އެންމެ 5 މިނިޓުން ކޮތަޅު ޓެކްސް ގަރާރަކުން ނިންމާލެވޭނެ. ހަމަ ނޮޑު ވަގެއް ވެރިކަމުގައި އެހުރީ. އޭނާއަށް ވަރިހަމަ ދެއިރު ދެ ދަޅައަށް ޑުބާއީ އަށާއި ސިންގަޕޫރަށް ބާޒާރުކުރަން ދެވެނިކޮށް

  11. ޙާދިސާބޭބެ

    ސުއުނާ ތިޔަ ބުނާ ކޮތަޅެއް ބޭނުން ކުރެވޭނީ 2028 ގައި ކަމަށް ވެމްކޯއިން ބުނަނީ!

    51
  12. ބޮޑޭ އަހައްމަދު

    އަނގަނުތަޅަ އިސްތިޢުފާ ދީފަ ގެއަށް ކަޑާލާ!

    74
  13. ކޮތަޅޭ

    ހުކުރު ހުތުބާއައް ޖޯކުޖަހާ ދައިތަގަނޑު

    63
    • މޮޔަނިމޮސް

      ހުކުރު ހުތުބަާ ގަ މަޖާ އެއްޗެއް ހުރެއްޖެނަމަ ޖޯކް ޖެހިދާނެ އެއްނު

      2
      43
  14. މުހައްމަދު ދާވޫދު

    މިސަރުކާރުން ރާއްޖޭގައުފެދޭ ކުނިގިނަވެގެން ވާހަކަދައްކަން ފެށީމަ ޖޯކު ދެއްތޯ،..އިހަކަށްދުވަހު ގާނޫނުހެދީ ބޭރުންވެސް ރާއްޖެއަށްކުނިގެންނަން ނުންތޯ. ހަމައިގަހުރި އެކަކުވެސް މިސަރުކާރުގަ އެބަހުރިބާ؟؟؟

    33
  15. ޔައުޒު

    މިއީ އެމްޑީޕީ އެކްޓިވިސްޓަކަށް ވެގެން މަގުތަކުގައި ދުވަން އުޅުނު ގޮލައެއް. މިހާރު މިއީ ތިމާވެށީގެ ރާނީ ސާހިބާއެއް. ސަހަރޯ ހީވެ. މިމީސްމީހުން ލައިގެން ގައުމު ހިންގަންވީމާ ނުވާނެ ހުރިހާ ކަމެއް މިވަނީ. ވާހަކަ ނިކަން މޮޅުވާނެ. ވާނެކަމެއް ހަރާން. ބާކީ 6 ހަމަސް.

    41
  16. އހ

    ކޮތަޅު ސަރުކާރު

    52
  17. ވާހިދު

    ޕްލާސްޓިކް ކޮތަޅަކުން ލިބޭ ގެއްލުން 2 ރުފިޔާ އަށް ރިކަވަރ ވަންޏާ ރަނގަޅު.

    32
    1
  18. ރަން ރީނދޫ

    ގޯއްޗާއި،އެޕާޓްމެންޓް މާލެއިން ގަނެފި. ކޮންތާކުންތަ ހޮޓްބާރ ލާދީނީ ފެންނުވަރާ މި ލާރި ކަޓު ޖެއްސީ.

    36
  19. ހޯރަފޫށި ކުޑަ ކުރިސީ

    މިނޫނީ.ނުދެކެން ރައްޔިތުން ފެލާގެން ސަރުކާރު ހިންގަން އުޅިނި ބަޔެއް. ޖީ އެސްޓީ 8% ކޮތަޅަކުން 2ރ ތަކެތީގެ އަގު އެހާބޮޑު.ތަރައްޖީއަށް ވާކަހަލަ ތަރައްޤީއެއް ނުފެނި ދައުރު ނިމެނި.

    42
    • އިބޫޓް

      ވޯޓު ލިބެންޔާ އެވީނު

  20. ޝައުނާގެ އަމާ

    ޝައުނާ ކަލޭ ތީ ތިމަގާމުގައި ބަހައްޓަން ކުފޫ ހަމަވާވަރުގެ މީހެއް ނޫން. ކަލޭ ތީ އިސްލާމް ދީނަށް ކުޑާމީސްކޮށް ވާހަކަ ދައްކައި އުޅޭ މީހެއް.

    40
  21. ކޮރަލް

    ރިސޯޓް ތަކުން އެދަނީ ކޮންމެ ދުވަހަކު ކަނޑަށް ކުނި އުކަމުންނެވެ. އެއީ ފުރަތަމަ ހައްލު ކުރަން ޖެހޭ ކަން ތަކެވެ.

    36
  22. ޢަލީ

    ގައިން ތާހިރުވެ ފެންވަރަން އާދަ ކުރޭ!

    35
  23. ފައިބާ

    އަނގަނުތަޅާ އިސްތިއުފާދީ ކަލޭމެންނަކައް ސަރުކާރެއް ހިންގާކައްނޭންގޭނެ ގޮއްމުށުގެ ބާރުންނޫނިއްޔާ ކަލޭމެންކޮއްފިއްޔާ ކޮންމެކަމެއްވެސް ރަނގަޅު މިއުޅެނީ އަނގައާ އަތާދިމާނުވެގެން އެވަރުންވެސް ރައްޔިތުން އަތުން މިނަގަނީ ލިބޭ އެއްޗެހި މަދީތަ މީގެކުރީގަވެސް އެދިޔައީ މީހަކު ފަސްއަނހަރު ވެރިކަން ކޮއްދީފަ ތަރައްގީވެސް ގެނަސްދީފަ ތިޔަނޮހުއްރުއްޕާނެއް ރައްޔިތުންނަކައް ނުޖައްސާ

    28
    1
  24. ޢަބުދުﷲ

    ކިތަންމެ މޮޅު ވާހަކައެއް ދެއްކި ނަމަވެސް ތިޔައީ ރައްޔިތުން ގެ އަތުގައި އޮތް ފައިސާ ކޮޅު ފެލައިި ލުމަށް ޕްލޭން ކޮޢްގެން ހިންގާ ޕްރޮގްރާމަށް އިތުރު ކުރިބޮޅެއް އެކިއެކި ސަރުކާރުން ރައްޔިތުން އަތުގައި އޮތް ފައިސާ ކޮޅު ފެލައިި ލުމަށް ކުރި މޮޅެތި ޕްލޭން ތަކުގެ ލިސްޓް 1 ސިނގިރޭޓު ގިނަ ބަޔަކު ބޭނުންކުރާ އެއްޗެއް ބހަނާއަކީ ސިހަތައް ގެއްލުން ލިބޭ ތީ އެ ބޭނުން ކުރާ މިންވަރު މަދު ކުރަން އޭގެޱިއު ބޮޑު ކުރީ އެތެރެކުރުން ހުއްޓާ ލީމަ ނިމުނީ އެކަމަކު މިލިޔަން ރުފިޔާ ނެގެން އޮތްއިރު ހުއްޓާލަން ވީކީއްކުރަނމަޱުމޱުންއޭގެން ނަގާޱިއުޓީބޮޱުކުރީ ބަޔަކަށް މާބޮޑު އެނގުމެއް ނުވާ ވަރަށް މީހުން ނެއް މާބޮޑަކަށް ނުވިސްނޭ ސަތޭކަ ޕަސަންޓުން ހަސަތޭކަ ޕަސަންޓަށް 2 ޖީއެސްޓީ %3 ޕަސަންޓުން %8 ޕަސަންޓަށް ތިން ދައުރުން ދެން ކޮތަޅު މިއީވެސް މިލިޔަނުން މިލިޔަނުން ރުފިޔާ ނެގެން އޮތް އެއްޗެއް އަދި މި ވަރަކުން ނުނިމޭ މަގު މައްޗަކީ ވެސް ސަރުކާރު ތަކަށް ޖޫރިމަނާ ގެ ގޮތުގައި ބޮޱު އާމްދަނީ ލިބޭ ތަނެއް ހުރިހާ ބޭފުޅުން ވެސް ވެރިކަމަށް ވަޑައިގެންނެވީ ރައްޔިތުން ނަށް ހެޔޮ ގޮތް ހޯދައިދޭން

    17
    1
  25. ޑރ. ރާމީ ޙަސަން މަނިކު މ.ވައިނުޖެހޭގެ ޕީ.ޕީ.އެމް 9305205 (ވައިބަރ)

    ޝައުނާ އަކީ ހުކުރު ޙުތުބާ އަށް މަލާމާތް ކޮށްފައިވާ މީހެކެވެ. މި ޝައުނާ ގެ ޓްވީޓެއްގައި ހުކުރު ޙުތުބާ އެއީ "ހޮޓް ބާރ" އެއް ކަމަށް ލިޔެފައިވެއެވެ. ބާރ އަކީ ބަނގުރާ ވިއްކާ ތަންތަނެވެ. ޝައުނާ ނިކަން އިންޑިއާ ގައި، ނޫންނަމަ ސައުދީ އެރެބިއްޔާ ގައި ހުކުރު ޙުތުބާ އަށް "ހޮޓް ބާރ" ކިޔާ ބަލާށެވެ. ޝައުނާ ގެ މައިން-ބަފައިންނަށް ފާތިޙާ ދުވަސް އަންގާ ނުލާ ޝައުނާގެ ދުވަސް ދުއްވާލާނެއެވެ. މިފަދަ މީހުން ނަކީ އަތްފައިގައި ބިޑި އަޅުވާފައި ބަންދު ކޮށްފައި ބައިތިއްބަންވާ ބައެކެވެ. މިފަދަ މީހުންނަށް އިނގޭނީ ކޮން ކޮތަޅުގެ އިޤްތިސޯދެއް ހެއްޔެވެ!؟

    28
  26. ކަމަނަ

    ރައްޔިތުމީހާ ޖީބަށްލާން ބުނި ރުފިޔާކޮޅު ޖީބުގައި ލޯވަޅުތައް އަޅައިގެން ތޮރުފައިގެން ނެގީމާ ޖީބަށް ވަންނަ ރުފިޔާވީ އިތުރުބާ؟ ޕްލާސްޓިކް ކޮތަޅު ބޭނުންކުރީމާ ރައްޔިތުމާ އަތުން 2 ރުފިޔާ ނެގުމުގެ ބަދަލުގައި، ރައްޔިތުމީހާ ޑިސިޕްލީންކުރަން ދަސްކޮށްދޭން ކެމްޕޭންކުރަންވީ ނޫންތޯ؟ މިސާލަކަށް އަމިއްލަ ފޮތިކޮތަޅު ބޭނުންކުރާ މީހުންނަށް ކޮންމެވެސް ވަރެއްގެ ޑިސްކައުންޓެއް ދިނުންކަހަލަ. އަދި ބެލިދާނެ އެފަދަ މީހުންނަށް ސަރުކާރު އޮފީސްތަކުން ޚިދުމަތް ދިނުމުގައި ކޮންކަހަލަ ބެނިފިޓެއްދޯ ދެވޭނީ. ހަމަ ކަމެއް މަނާކުރަން ބޭނުންވާ އިރަށް ޖޫރިމަނާކުރުމުގެ އުސޫލު ކަމަކުނުދޭ. އެހެންކުރިއަށް ގެންދާނަމަ، ކޮތަޅު ސަރުކާރުގެ ބަދަލުގައި އިތުރު ލަގަބެއް ދޭން ޖެހިދާނެ، "ޖޫރިމަނާ ސަރުކާރު". ޝިއުނާމެން ވިލާތުން ކިޔެވިއަސް މިވަރުގެ ބުއްދިއެއްވެސް ކުރަން ނޭގުނީތޯ؟ ގަބޫލެއް ނުކުރެވޭ ނޭނގޭނެކަމަށް. އެކަމް ވާގޮތަކީ ސަރުކާރަށް އާމްދަނީ ހޯދާނެގޮތެއް ނެތީ. ނުވަތަ ވެރިކަންކުރާ ޕާޓީއަށް ބޭނުންވާ ތަފާތު ކެމްޕެއިންތަކަށް ބޭނުންވާ ފަންޑް ރައިޒްނުކުރެވުނީމާ ކޮންމެވެސް ނަމެއް ކިޔާފާ ރައްޔިތުންމީހާ ޖީބުން އެފައިސާކޮޅު ފޭރިގަންނަނީ. ސެޕްޓެމްބަރ 23ގައި މިނޫން ގޮތްތަކެއް ހުށަހަޅާ ކެނޑިޑޭޓެއް ނެރެންޖެހޭ. ނޫނީ ރައްޔިތުންގެ ފަގީރުކަމުގެ މައްޗަށް ފަގީރުކަން އިތުރުވުން ނޫންގޮތެއް ނުވާނެ. އެހެންވީމާ، ސެޕްޓެމްބަރ 23ގައި ރައީސްމީހާގެ ޓިކެޓަށް ކުރިމަތިލާ މީހުންނާ ދޭތެރޭ އަހަރެމެން ވަރަށް ގާތުން ވިސްނާކަން ހުރިހާ ބޭފުޅުންވެސް ދަންނަންވާނެ. ފަސޭހަވާނެކަމަށް ފައްޔަވެސް، އިބޫވެސް، އިމްރާނުވެސް، ގާސިމްވެސް، ނާޒިމްވެސް، މައުމޫނުވެސް، އުމަރުވެސް ނުވަތަ ޔާމީނުވެސް ވިސްނައިގެން ނުވާނެ.

    14
    • ްީޒް

      ކަލޭމެންނަށް އޮޅުނީކަމަށްވާނީ.. އެމީހުން މާނަކުރީ ރައްޔިތުމީހާގެ ފައިސާ އެމީހުންގެ ޖީބަށްލާގޮތަށެވެ. ރައްޔިތުންނަށް ލާރިދޭ ވާހަކައެއްނޫނެވެ. ކޮން ތަނަކުންތޯ މިދިޔަ ފަސް ވަރަކަށް އަހަރުތެރޭ ރައްޔިތު މިހާގެ ޖީބަށް ލާރިލާދިނީ.؟

  27. ތާކިން

    ތިކަހަލަ ތާކުންތާކި ނުޖެހޭގާނޫނު ހެދީމަކޮސްތެޅެނީ

    19
  28. ފާދިހު ލަމީރު

    ކޮތަޅު މީ ޖޯކަކަށް މިވަނީ! ނަމުން ޕްލާސްޓިކު މަދުކުރަން ކަމުން ސަރުކާރަށް އާމްދަނީ ހޯދަން. ކޮތަޅާ ސްޕާރީ އެކަނިތަ މިގައުމުގަ ޕްލާސްޓިކަށްވަނީ؟
    ޝޭމްޕް، ލއްފިލުވާ ބުލީޗު އޯމޯ، ބޯ ދަޅުތަކާ ރީތިވާ ސާމާނު މިހެންގޮސް ނަން ހުސްކޮށް ހުސް ޕްލާސްޓިކު މީ. ހުސްވީމަ ފެނަށް ވާ ޕްލާސްޓިކްތަ އެއީ! ފޮތިކޮތަޅުނުއުފައްދާ ގައމެއްގައި ޕަސްލާފަ ގެންގުޅޭ ކޮތަޅުއަތުލީމަ ދެން ވާއެތިމަ ގޯސްވާނެ. ކުނިވެސް ނުގެންދޭ ކޮތަޅަށް އަޅާފަނެތިއްޔާ! ފޮށިގަޑެއްގައި ނޫނީ ގޯންޏެއްގައ ހުއްޓަސް ނުގެންދޭ. ދެން ކޮން ކޮތަޅެއް މަދުކުރެވޭނީ!

    25
  29. ދަރަނި ދަންތުރަ

    މިއީ ގައްދާރުން މިއީ ހާއިނުން ، ދިވެހިންގެ ޓެކްސް ފައިސާއިން ބޮޑު މުސާރަ ނަގައިގެން އޭގެން ބަނޑުފުރާނަ މުއްތި ކޮށްފައި މުސާރަދޭ މީހުންނާ ދެކޮޅަށް ހަނގުރާމަ ކުރަން މިނުކުއްނަނީ ކޮބައި މިޖާހިލުންގެ ލަދުހަޔާތް އެމްޑީޕީ ވެރިކަމަށް އައްނަ ކޮންމެ ފަހަރަކު ގައުމު ދަވާލާ ރައްޔިތުން ދަރަނިވެރިކޮން އަޅުވެތިކޮން ނިކަމެތިކޮށްލާ މި ކިހާބޮޑު ބަލާއެއް ދިވެހިއްނަންޖެހޭ

    27
  30. ސަލްމާ

    މި ހަޑިގިއްލާ އަކީ އިސްލާމް ދީނާއި ހުކުރު ހުތުބާ އަށް މަލާމާތް ކުރި ގިއްލާ ގަނޑެއް، އިންޝާﷲ ބާކީ ފަސް މަހާއި ދުވަސްކޮޅެއް، އަވަހަށް ކެވުނު އެއްޗެއް ކައިގެން ބަޗާ!

    25
    • ހިލަ

      ކާފަރުން ވާނީ ނަރަކައިގައެވެ.
      މުސްލިމުންނަކީ ﷲ އެންގެވި ގޮތަށް ހެދުންއަޅާ ނަމާދު ގާއިމްކުރާ މީހުންނެވެ. އިންޝާﷲ ނުބައި ފާޖިރުންގެ ނިމުން ހިތިވާނެއެވެ.

  31. ރާއްޖެ

    ރިސޯޓް މިލިޔަނަރުން ކަނޑަށް ކުނި އަޅަން ހުއްދަ ދީފަ އާއްމު ރައްޔިތު މީހާ ކުނި 12 ބަޔަށް ބައި ކޮއްފަ 2 ރުފިޔާގެ ރޭޓުން ކޮތަޅު ގަނެ ކުނި އުކަން ވީ. މައުމޫނު ވެރިކަމަށް އައި ފަހުން ކޮންމެ ސަރުކާރަކުން ވެސް ތިމާވެށި ހިމާޔަތް ކުރަނީއޯ. ހުރިހާ ފަޅެއް ހިއްކައި ރިސޯޓް ހަދައިގެން މި ތިބީ.

  32. އިކުރާމު

    އަހަރެމެންގެ ސަރުކާޜު ތިހެން ހަޅޭލަަވަލަވާ ތިބެންޖެހޭނީ

  33. މަހޭ

    ވިލިގިނލި ފަޅު ފުންޑުކޮއްލިއިރު ޓުޥީޓު ގަނޑެއްވެސް ކޮއްނުލެވުނު ތިމާވެށިދެކޭވާ ލޯބިން

  34. ދިބާ

    ނިކަމެތި ރައްޔިތުންނާ ދެކޮޅާށް މަސެއްކައްކުރާ ޕާޓީ އމޑޕ

  35. ނާސް

    ކޮތަޅުން ސަޓަނި ހަދައިގެން މަސްބަތާއެކު ކާންވީނުން.. ކިހާވަރުގަދަ ކަމެއްތަ ދެންމިއީ. ކޮތަޅުން މިފަހަރު ވޯޓު ލާދޭނަން ފިސާރި ރަނގަޅަށް.

    13
  36. އިސްތިއުފާ

    ޝައުނާ އިސްތިއުފާ ޝައުނާ އިސްތިއުފާ ޝައުނާ އިސްތިއުފާ ޝައުނާ އިސްތިއުފާ ޝައުނާ އިސްތިއުފާ ޝައުނާ އިސްތިއުފާ ޝައުނާ އިސްތިއުފާ ޝައުނާ އިސްތިއުފާ ޝައުނާ އިސްތިއުފާ ޝައުނާ އިސްތިއުފާ ޝައުނާ އިސްތިއުފާ ޝައުނާ އިސްތިއުފާ

  37. Anonymous

    ކޮތަޅުންވެސް ޓެކުސް ނަގަނީ ދައުލަތުގެ އާމްދަނީ އިތުރުކޮށްގެން ބޮޑުންގެ މުސާރަޔާއި އިނާޔަށް ބޮޑުކޮށްދޭން، ސިޔާސީ ވަފާތެރި ކެހިވެރިން ހައްތާވެސް މިއުޅެނީ !

  38. ނަމަސްތޭ

    ހަހަ ދިވެހިންވިއްޔަ . . އޭގެން ދިގުމުއްދަތަކަށް ކުރާނެ ފައިދާއަށް ނުބަލާތި ؛ ސިޔާސީވެ ؛ ޒާތީވެ ތިމާމީހާ ބޭނުން ނުވާގޮތެއް ވިއްޔާ ގޯސް ކަމަކަށް ހެދޭތަ ؟؟؟ މިސާލަކަށް އިންތިހާބު ކައިރިވެފަ ހުރި އިރު ، ބައެއް މިކަހަލަ ނުވިސްނޭ މީހުން ހަޅޭ ލަވާ ނެކަށް އިނގޭ އިރުވެސް މިފަދަ ކަމެއް ކުރާނީ ދުރުވިސްނުމެއްގަ ޤައުމުގެ ފައިދާއަށްދޯ . . .އަވަހަށް ބުނޭ އިންތިހާބަށް ލާރި ހޯދަންށޭ ..... ހަމަ ރަނގަޅު އެއްކަމެއްވެސް ނޯންނާނެ ( ރިޔޫޒެބަލް ބޭގް ހޯދާށޭ ' ބޭރު ގައުމު ތަކުގަވެސް އާންމު ކަމެއްމި - އަމިއްލަ ކޮތަޅު ހިފައިގންދާށޭ ) ކޮންމެހެން ޕުލާސްޓިކް ކޮތަޅަށް އަޅަން ޖެހޭ އެއްޗެހި އެއަށް އެޅީމަ ބޮޑު ތަނުން ހަރަދު ކުޑަވާނެ . ނަމަސްތޭ

  39. ގައުމުދެކެ ލޯބިވާ

    އެމްޑީޕީ ވައުދުތަށް ފުދި ބާރުވެގެންދާ ތަން މިފެންނަނީ.ކުނިން އާމްދަނީ އަދިކިރިޔާ ލިބެން މިފެށީ.އެކަމަކު އެވެސް ސަރުކާރަށް.ސިޔާސީ މީހުން އަޗާތަޅަން ބޭނުންވާވަރަށް ފައިސާ ހޯދަން ޖެހޭ ވިއްޔާ.ހެޔޮ ރައްޔިތުމީހާ މުގުރާފަ ކުދިކުދިކޮށްގެން ނަމަވެސް.މިމީހުންނަކަށް ނޭނގޭ ރައްޔިތުމީހާ މަސައްކަތް ކުރިވަރަކުންކަން ގައުމުއެތެރޭގަ ފައިސާ ދައުރުކުރެވޭނީ.ޕާޓީ ތަކަށާއި ސިޔާސީމީހުންނަށް ހިތުހުރިގޮތަކަށް ޚަރަދުކޮށްގެން މިތަނުގައި މިއުޅެވެނީ ރައްޔިތުމީހާ ބުރިބިދެންދެން މަސައްކަތްކޮށްގެން ހޯދާ ފައިސާ ކޮންމެވެސް ނަމެއްކިޔާފަ ޓެކުހެއްގޮތަށް ފެލާލައިގެން ނަގާތީކަންވެސް މިމީހުންނަކަށް ހަމަ ނޭނގެނީބާ؟

  40. މޮހޮރު

    މިނިސްޓަރުގެ ކޮޓަޅު މިހާރު ސުމެއްގަ ޓިހުރީ އަނޣަފުޅާކުރަނީ

  41. ސުލްތާން

    ނޫނޭ ނޫނޭ.. ދިވެިންނޭ ކަލޭމެންހާ ސޭކު އަދި ބޮލުގެ ނާށިގަނޑުން ދިޔަ ހިކިފަތިބަ ބަޔަކު ނުދެކެން. ގައުމަ ށާއި މިނިވަންކަމަށާއި ރައްޔިތުންނައް އެންމެ ގެއްލުންދޭނެ ބަަޔަކު ހޮވާފައި ވެރިކަން ދީގެން ތިބެ ދެން މިކިޔަނީ ކޮތަޅުންް އަގު ނުނަގާށޭ. ކޮތަޅުން އެކަންޏެއް ނޫން ކަލޭމެންގެ ގައިގަ ހުރި ހަންގަނޑުންވެސް އަގުނަގަންވީ. ސޭކުންނަކަށް ނޯންނާނެ އެއްވެސް ހައްގުތަކެއް.

  42. ސާޔަން

    ކޮތަޅު ކަރުސަތުނާމާ ހުއްޓާލާ. ތިއީ ސަރުކާރުން ދެކޮޅު ރަނގަޅަށް ނުބަލާ ހާވާފައޮތް ހަޑިއެއް. ތިއީ ޕުރެކްޓިކަލް ކަމެއް ނޫން. އަދި ތިކަން މަރުހަލާތަކަކުން އިންޕުލިމެންޓު ކުރިނަަމަަވެސް މިހެނެއް ނުވާނެ. މިހާރު ދެން ކުދި ވިޔަފާރިތަކަށް ޖީއެސްޓީ ބެލެހެއްޓުމުގެ އިތުރަށް އިތުރު އިދާރީ ކަނތަށްތަކެއް ކުރަން މިޖެހެނީ. ދެން އެކަމަށް އަނެއްކާ އިތުރު ޚަރަދުތަކެއްވެސް ހިނގާފާނެ. އޭގެ ސަބަބުން 2 ރުފިޔާ ފީގެ މައްޗައް ކޮންމެ ކޮތަލަކަށް އިތުރު 5 ރުފިޔާ ނަގަން ވިޔަފާރިތަކުން ބޭނުންވެދާނެ ކޮތަޅު ވިއްކަން. އަދި ގޭބިސީ ތަކުގެ އާންމު ބާޒާރު ކުރުމުގެކަންކަމަށްވެސް މީގެ ސަބަބުންއިތުރު ތަކުލީފެއް އުފެދޭނެ. ގޭގެ ކުނި އުކާލަންވެސް ޖެހެނީ ޕުލާސްޓިކު ކޮތަޅުގަ. ދެން މިކަމުގެ ސަބަބުން ކުނި އުކާލާ ކޮތަޅަށަ ކުރާ ޚަރަދުވެސް ދާނީ ބޮޑުވަމުން. އެހެން ނޫނީ އަބަދުވެސް ބޭނުން ކުރަނީ ބާޒާރުކޮއްގެން ގެންނަ ކޮތަޅު. ދެން ކުނި އުކަންވެސް އަނެއްކާ ކޮތަޅު ޖެހޭނީ ގަންނަން. މިކަމުން ކޮން ފައިދާއެއްތޯ ރައްޔިތުންނަށް ކުރަނީ. ކަނޑަށް ކޮތަޅު އަޅަނީ ރައްޔިތުންނެއްނޫން. އެކަން ހިނގަނީ ކުނި އުފުލާ ދޯނިފަަރުތަކުން ރަނގަޅަށް ނުބަލާ ކުނިތަށް ޓުރާންސްޕޯޓުކުރާއިރު ކަނޑަށް ކޮތަޅުތަކާއި ކުނި ނުއޮކޭގޮތަށް ނުގެންގުޅޭތީއެވެ. ތި ކޮތަޅުގެކަންތަށަ ހައްލު ނުކޮއްފިއްޔާ ސަރުކާރަކަށް ލިބޭނެވޯޓުވެސް މަދުވާނެ.

  43. ސާލް

    މަސްވެރިން މަހަށް ދާން ބޭނުންކުރާ ކަންވާރުން ވެސް ފީނަގާ. އަދ ކޮންމެ ދުވަަހަކު ކިތަށް މީޓަރު ކަންވާރުތޯ ކަނޑަށް ގެއްލެނީ ކަނޑާލެވެނީވެސް ބަލަހައްޓަން ދަފްތަރެއް ކޮންމެ ދޯންޏެއްގައި ބަހައްޓާ. އަދި ކަންވާރުގެ ބަދަލުގައި ބަރަނި ފަށުން މަސް ބާނާގޮތަށް ގާނޫނުފާސްކޮއް ކަންވާރުން ބާނާ ކޮންމެ މަހަކަށް އިތުރަށް 2 ރުފިޔާ މީރާއަށް ދަށްކާގޮތަށް ހަދަމާބަހީ. އޭރުން ތިބެވޭނީ ޕުލާސްޓިކުން ގުލްދަސްތާވެފަ. ސަރުކާރު ބަދަލުކުރޭ.

  44. ސުމަޅޭ

    ކުރިޔަށް އޮތީ ރިޔާސީ އިންތިހާބު.ވަރަށް ރުފިޔާ ބޭނުންވޭ.ދަރަނިބޯގެ ސަރުކާރު ބައްޓަންވެފަ އޮތީ ރައްޔިތުން ފެލައިގެން ގައުމު ހިންގާ ގޮތަށް.ދައުލަތުގަ މިލްކިއްޔާތަށް ވަންނަ ފައިސާ ދަރަނިބޯގެ ސަރުކާރުގެ ކިބޫ ޗޯރަށް ތާއީދުކުރާ މީހުން ނަގާ ގޮތަށް.އެހެންވީމަ ތިމިނިސްޓަރަށްވެސް އެކަމެއް ހަޖަމެއްނުވާނެ.ނުސީދާ ގޮތަށް އޭނަޔަށްވެސް ބައި އެޅޭނެ ވިއްޔާ.މިހާރުވެސް ބަލާބަލަ ކިތެއް ފުލެޓް ތީނަގެ ހުރިތޯ؟އަދި އެހެނިހެން ގޮތްގޮތުން ނާޖާއިޒު ފައިދާ ނަގާފަ ހުރީ ކިހާވަރަކަށްތޯ.ފުރަތަމަ ތިމާ މީހާ ޔާ ހަވާލުވެފަހުރި އޮފީސްތަކުގެ މުވައްޒަފުންގެ ހާލު ބަލާބަލަ.އެމުއައްޒަފުންގެ ވެރިން މުއައްޒަފުންނާމެދު ކަންތައްކުރަނީ ކިހިނެއްތޯ ބަލާބަލަ.ގާނޫނުން ބަޔާކޮށް ދޭންޖެހޭ ފައިސާ ނުދީ ގަވާ އިދާ ޚިލާފަށް މަސައްކަތް ކުރުވާކަން ކަމަނާ އަށް އެނގިލައްވާތޯ؟ކަމަނާގެ ބަދަލުގަ ގޮނޑިޔެއް ހުއްތަސް އޯކޭ ވާނެ.

  45. ސުން

    މިހާރު މިއޮތީ ދަރަނިބޯގެ ބަލާވެރިކަމެއް.ރައްޔިތުންގެ ލޭބޮނީ.

  46. ރޮނޑުހިފި ބަނދި

    އެއްކަމެއްވެސް ނުކުރެވޭނެ ރައްޔިތުންނަށް ، އަހަރުމެން ހަމަ ހަދާނެ އެއްޗެއް ހަދާނީ ފެލިފެލި ތިބެންޖެހޭނީ އަދި ފޯއްވެސް އަގުބޮޑުކުރާނަން ހަނޑޫ ހަކުރު ފުއްވެސް. ރިސޯޓްތަކުން ލިބޭ ޓެކްސް އިންވެސް އަހަރުމެންނަށް ސަރުކާރު ހިންގޭ އެކަމަކު ރައްޔިތުން ބަނޑަށް ޖައްސާފަ ބޭތިއްބީމަ އަހަރުމެންނަށް ކަލޭމެން އަތުން 500 ރުފިޔާ އަށް ވޯޓް ގަނެވޭނީ . ހަމަ ފެލިފެލި ތިބެން ޖެހޭނީ އެއްކަމެއްވެސް ނުކުރެވޭނެ

  47. މަގޭޚިޔާލުމީ

    ކޮތަޅު ހުރޭ ވަރަށް އަވަހަށް ހަލާކުވާ ކޮތަޅުވެސް. 3 މަސް ނުވަތަ 6 މަސްތެރޭ ހަލާކުވެ ނެތިދާ ކޮތަޅު ހުރޭ. އޭގެ ކޮތަޅުން ތިބުނާ ޓެކްސް ނުނަގާގޮތަށް ހަމަޖައްސައި ވިޔަފާރިކުރާ ތަންތަނުން ތަކެތި އަޅަން ބޭނުންކުރަންވާނީ މީގެ ކޮތަޅު ކަމަށް ހަމަޖެއްސީމަ މައްސަލަ ހައްލުވާނެ.
    ތިމާވެށްޓަށް ތިހާ އިސްކަމެއް ދޭ ބައެއްނަމަ ފުރަތަމަ ކުރަންވީ ކަމަކީ މާލޭގެ މަގުތަކުން ކުނިނަގައި މަގުތައް ސާފުކުރަންވީ. އޭގެ ފަހުން ކޮތަޅާ އުޅެންވީ. މިހާރު ބެލެވެނީ ރައްޔިތުން ފެލައިގެންވެސް ސަރުކާރަށް ލާރި ހޯދަން އުޅޭކަމަށް.

  48. އަކްމެޑް

    ކޮތަޅު ވިއްކާ ކޮންމެ ފަހަރަކު 2 ރުފިޔާ އިތުރުވޭ. މިހެންގޮސް ކޮތަޅެއް 100 ރުފިޔާއަށްވެސް އަރާފާނެ ވިއްކާ ޗެއިންއަށް މީހުން އިތުރުވަންޏާ.