ށ.އަތޮޅު ފީވަކުން ކަރަންޓްގެ ޚިދުމަތް މެދުކެނޑިއްޖެއެވެ.

ފީވަކުން "ވަގުތު" އަށް މައުލޫމާތު ދިން މީހަކު ބުނީ މުޅިރަށުން ކަރަންޓް ކެނޑި ރަށް އޮތީ ކަނުއަނދިރީގައި ކަމަށެވެ.

ފީވަކުން ކަރަންޓް ކެނޑިފައި އޮންނަތާ މިހާރު ދެގަޑިއިރަށް ވުރެ ގިނަ އިރުވެއްޖެއެވެ.

ފީވަކު ކައުންސިލްގެ ރައީސް ހަސަން ސުޖާއު "ވަގުތު" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެރަށަށް ކަރަންޓް ދިނުމަށް ބޭނުން ކުރަމުން އައީ އެންމެ ޖަނަރޭޓަރެއް ކަމަށާއި މިރޭ އެޖަނަރޭޓަރަށް މައްސަަލައެއް ދިމާވެ ނިވުމުން މުޅި ރަށުން ކަރަންޓްގެ ޚިދުމަތް މެދުކެނޑިފައިވާ ކަމަށެވެ.

"ފެނަކަ އިން ވިދާޅުވީ އަޑެއް ކިޔާފައި ޖަނަރޭޓަރު ނިވުނީ ކަމަށް. ދިމާވި މައްސަލައެއް ނޭނގޭ. ފެނަކަ އިން ވިދާޅުވަނީ މިލަންދޫ އިން ޓީމެއް ފޮނުވާ ވާހަކަ. ނަމަވެސް އެޓީމްގެ ޚަބަރެއް އަދި ނެތް. ޓީމް އަންނާނެ އިރެއް ވެސް ނޭނގެ." ސުޖާއު ވިދާޅުވިއެވެ.

ރަށުން ކަރަންޓް ކެނޑުމުން ރަށުގެ ރައްޔިތުން ވަނީ ޖަނަރޭޓަރުގެ ކައިރިއަށް އެއްވެ މުޒާހަރާ ކުރަން ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކަލޯމަރުމޯލަ2

    ނުކެޑޭނެ ހުސްދޮގު، ބަލަކަލޯ މީ ޔާމީނުނގެ ވެރިކަމެއްނޫނޭ،ނުކެޑޭނެ، ދޮގުހަދަނީ

  2. ރަގަޅުފޭށުނުއިލޮށި ލަޮލަށް

    މިސަރުކާރަކު ނުކެޑޭނެ

  3. 3ނިރު

    ހުސްދޮގު ނުވާނެ ތިކަމެއް މިހާރު ވެރިކަން އެކުރަނީ މަލައިކަތުންގެ ޓީމަކުން ރާއްޖޭގެ އެއްވެސްތާކުން ނުކެނޑޭނެ ކަރަންޓެއް މިވެރިކަމެއްގައެއް