ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު އަނބިކަނބަލުން ވަނީ ރަހީނުކޮށްފައި ކަމަށް އޭނާގެ ވަކީލު ވިދާޅުވެއްޖެއެވެ.

އިލްހާމްގެ އަނބިކަނބަލުން އާމިނަތު މާޝާ ހައްޔަރުކޮށްފައިވަނީ މިއަދު ހަވީރުގެ ވަގުތެއްގައެވެ.

މާޝާގެ ވަކީލު ހިސާން ހުސެއިން ވިދާޅުވީ މާޝާ ހުންނެވީ ފުލުހުންގެ އިދާރާގައި ރަހީނުކޮށްފައި ކަމަށާއި އިލްހާމް ފުލުހުންނާއި އަމިއްލަ އަށް ހަވާލުވުމުން ދޫކޮށްލާނެކަން އަންގާފައިވާ ކަމަށެވެ. އަދި މިއީ ސިޔާސީ ގޮތުން ބަދަލު ހިފުމުގެ ގޮތުން ކުރަމުންދާ ކަމެއް ކަމަށްވެސް ހިސާން ވިދާޅުވިއެވެ.

އިލްހާމްގެ އަނބިކަނބަލުން ހައްޔަރުކޮށްފައިވާއިރު ފުލުހުން އަންނަނީ އިލްހާމް ހޯދުމަށް ވެސް މަސައްކަތް ކުރަމުންނެވެ.

ނަމަވެސް އިލްހާމް އަދިވެސް ފެނިފައިނުވާތީ ފުލުހުން މިއަދު ވަނީ އޭނާ ހޯދުމަށް އާއްމުންގެ އެހީތެރިކަމަށް ވެސް އެދިފައެވެ. ފުލުހުން އިލްހާމް ހޯދަމުން ދަނީ ތަހުގީގު ކުރަމުންދާ މައްސަލައަކާއި ގުޅިގެންނެވެ.

ފުލުހުން ވަނީ އިލްހާމް އާއި ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓްގެ ނަމްބަރު 9790048 އަށް ގުޅުއްވައި ޙިއްސާކުރެއްވުމަށް އެދިފައެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުމަށް ޝުކުރު ދަންނަވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

ރައްޔިތުން މަޖިލީހުގެ މެންބަރު އަބްދުﷲ ސިނާން އާއި އިލްހާމް ހޯދަން ފުލުހުން ފުރަތަމަ އިއުލާން ކުރީ މިދިޔަ ހުކުރު ދުވަހުއެވެ. އެއިއުލާން ކުރުމުން ސިނާން ވަނީ އަމިއްލައަށް ފުލުހުންނާއި ހަވާލުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ހެހެހެ

    މިހެންވެސް ވާނެ. މަޖުލީހައް ކުރިމަތިލާއިރު އެނގޭނެ އޮރިޔާން ކުރާނެކަން! ޑިމަކުރަސީގައި އިންސާފަކީ މީ!

  2. ޙަސަން އަބޫބަކުރު

    ވަކީލުން ތަސައްރަފު ފުދޭބާ ސުވާލު އުފެދޭ! ރަހީނުކުރުމޭ ބުނާބަސް ތަރުޖަމާކޮށް ދިނުން އެދެން. ވަކީލުންވެސް ޤައުމުގެ ލާބަޔާއި މަންފާއަށް ވިސްނަވައި ބުއްދި ޤަބޫލުނުކުރެވޭފަދަ ވާހަކަ ފަތުރައި ފަސާދަ ކުރުން ހުއޓާލަން ޖެހޭ.

  3. އަންމަޓަސީ

    ތީވާ ރަހީނު ނުކޮށް ދޫކޮއްލާވަރުގެ ތަންގަނޑެއްނޫން

  4. އިބޫ

    ތިކަލޭގެސަބަބުން ދަގަތީދާއިރާގެ މީހުންތިބީވަރަށްލަދުން ވިޔާނުދާއުޅުމެއް އުޅޭސޮރެއް

  5. ޑިމޮކްރަޓިސްޓް

    އިލްހާމް ފިލައިގެންހުރި މައްސަލަ ތިވަކީލު ނުދައްކަނީ ކީއްވެ؟؟؟؟؟ އެކަން އޯކޭތަ ވަކީލޫ؟؟؟؟ މިކަހަލަ ދެއުޅިއެއްނުވާ ވަކީލުން މިއުޅެނީ!!!!