ކަރިޝްމާ ޕާޓީ މޯލްޑިވްސްގެ ނަމުގައި އުފައްދަން އުޅުނު ޕާޓީގެ ހުށަހެޅުން އަނބުރާ ގެންގޮސްފިއެވެ.

ކަރިސްމާ ޕާޓީ އުފައްދަން ހުށަހަޅާފައި ވަނީ މިދިޔަ ބުދަ ދުވަހުއެވެ. ނަމަވެސް އެ ހުށަހެޅުން އަނބުރާ ގެންގޮސްފައި ވަނީ ކޮން ސަބަބަކާހުރެކަން އަދި ސާފެއް ނުވެއެވެ.

ކަރިސްމާ ޕާޓީ އުފެއްދުމަށް ހުށަހަޅާފައި ވަނީ މ. ކެލަމް، މުހައްމަދު އިސްމާއިލްއެވެ. ކަރިސްމާ ޕާޓީ އުފައްދަން ހުށަހެޅި ހުށަހެޅުމާއެކު، ގިނަ ބަޔަކު ވަނީ އެ ޕާޓީގެ ނަމަށް ފާޑުކިޔާފައެވެ.

ރިޔާސީ އިންތިހާބަށްފަހު ގިނަ ޕާޓީތަކެއް އުފެއްދުމަށް އިލެކްޝަންސްއިން ވަނީ ހުއްދަ ދީފައެވެ. އޭގެ ތެރޭގައި އެމްޓީޑީއާއި، ލޭބާ ޕާޓީގެ އިތުރުން ކުރީގެ ރައީސް ޔާމީންގެ ޕީއެންސީވެސް ހިނެނެއެވެ.

 

ކިޔުންތެރިންގެ ހިޔާލު