ސަރުކާރުގެ ހުރިހާ ހިދުމަތެއް އެއް ޕޯޓަލް އަކުން ލިބޭ ގޮތް ހެދުމަށް މިހާރު މަސައްކަތް ފަށާފައި ވާކަމަށް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރ ޑރ މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.

"އޮންލައިން ވޯކް ވިސާ ޕޭމެންޓް" ނިޒާމު ތައާރަފް ކުރުމަށް މިއަދު މޯލްޑްވްސް ޓެކްސް އެކެޑެމީގައި ބޭއްވި ރަސްމިޔާތެއްގައި ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު، ޑރ. މަލީހް ޖަމާލް ވިދާޅުވީ gov.mvގެ ނަމުގައި ސަރުކާރުގެ ހުރިހާ ހިދުމަތެއް އެއް ޕޯޓަލްއަކުން ލިބޭ ގޮތް ހެދުމަށް މިހާރު މަސައްކަތް ފަށާފައި ވާކަމަށެވެ.

މި ހިދުމަތަކީ މީރާގެ މުއައްޒަފުންނާއި ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީގެ ދަށުން ހިގަމުން އަންނަ ނޭޝަނަލް ސެންޓަރ ފޯ އިންފޮމޭޝަން އެންޑް ޓެކެނޮލޮޖީން އުފެއްދި ހިދުމަތެކެވެ. މިހިދުމަތް ތާއަރަފް ކޮއްދެއްވަމުން މިނިސްޓަރ މަލީހު ވިދާޅުވީ މިއަދު މިތައާރަފް ކުރެވުނު ހިދުމަތުގެ ސަބަބުން ހާއްސަކޮށް ވިޔަފާރިވެރިނާއި އާންމު ރައްޔިތުންނަށް ގިނަގުނަ ފައްސޭހަތަކެއް ލިބިގެން ދާނެ ކަމަށެވެ.

"އާންމު ކޮށް ސަރުކާރުގެ މުހިންމު ހިދުމަތް ހޯދުމަށް މިޖެހެނީ ކިޔުޖެހިގެން ތިބެން މިއީ ރައްޔިތުންނަށް ބޮޑު ތަކުލީފަކަށް އެބަވޭ , އެތަށް އިރެން ވަންދެން ކިޔުގައި ތިބެން ޖެހޭ , މިއަދު މި ތާރަފް ކުރެވުނު ހިދުމަތުގެ ސަބަބުން ހާއްސަކޮށް ވިޔަފާރިވެރިނާއި އާންމު ރައްޔިތުންނަށް ގިނަގުނަ ފައްސޭހަތަކެއް ލިބިގެން ދާނެ" މަލީހު ވިދާޅުވިއެވެ.

ރާއްޖޭގެ ކޮންމެ ރަށަކަށް ވެބްސައިޓް ހެދުމަކީ ރައީސް އިބްރާހިމު މިހައްމަދު ސޯލިހުގެ ސަރުކާރުގެ ވައުދެއް ކަން ފާހަކަ ކުރައްވައި މިނިސްޓަރ މަލީހު އިތުރަށް ވިދާޅުވީ ސަރުކާރުގެ ހުރިހާ ހިދުމަތެއް އެއް ޕޯޓަލް އަކުން ލިބޭ ގޮތް ހެދުމަށް މިހާރު މަސައްކަތް ފަށާފައި ވާކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު