ޖަމިއްޔާތަކުގެ ހުރިހާ ކަމެއް ބެލެހެއްޓާނެ ފަރާތަކީ ޔޫތު މިނިސްޓްރީ ކަމަށް ކަނޑައަޅައިފިއެވެ.

މީގެ ކުރިން ޖަމިއްޔާތަކުގެ ހުރިހާ ކަމެއްވެސް ބަލަހައްޓަމުން ދިޔައީ ހޯމް މިނިސްޓްރީގެ ދަށުންނެވެ. އެގޮތަށް އެކަން އޮތުމުން ޖަމިއްޔާތަކަށް އުނދަގޫތަކެއް ކުރިމަތިވާ ކަމަށްވެސް މީގެކުރިން ބައެއް ކްލަބު ޖަމިއްޔާތަކަކުން ވަނީ ބުނެފައެވެ.

ޔޫތް މިނިސްޓްރީން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނީ ޖަމްޢިއްޔާ ޖަމާޢަތްތަކާއި ގުޅޭ އެންމެހާ މަސައްކަތްތަކާއި ކޮމިއުނިޓީ އޯގަނައިޒޭޝަންގެ މަސައްކަތްތަކާއި ގުޅޭ ކަންކަން މި މަހުގެ ދެވަނަ ދުވަހުން ފެށިގެން ޔޫތް މިނިސްޓްރީގެ މަސައްކަތްތަކެއްގެ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަނޑައަޅުއްވާފައިވާ ކަމަށެވެ.

މި ސަރުކާރުން ހަވާލުވިފަހުން ޔޫތު މިނިސްޓްރީގެ މަސައްކަތްތަކަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. ހާއްސަކޮށް ޒުވާނުންތަކެއް ޝާމިލުވާ ކުޅިވަރު އެސޯސިއޭޝަންތަކާއި، ކްލަބު ޖަމިއްޔާތަކުގެ ހިންގުމަށް ބަދަލުތަކެއް ދަނީ ގެންނަމުންނެވެ. ހާއްސަކޮށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ދަނީ ކުޅިވަރު އެސޯސިއޭޝަންތަކަށް ހާއްސަ ސަމާލުކަމެއްދީ، އެސޯސިއޭޝަންތަކުގެ ކަންކަން ގާތުން ބަލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު