މާލޭ މަގުމަތީގައި ބާއްވާފައި އޮތް ލަކުޑި ޕެލެޓެއްގައި ފައި އަޅައިގަތް އަންހެނަކަށް ބޮޑެތި އަނިޔާތަކެއް ލިބިއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ މިދިޔަ ހޮނިހިރު ދުވަހު، މައްޗަންގޯޅީގެ ސަރަހައްދެއްގައެވެ.އަންހެންމީހާ އޭނާގެ ދަރިފުޅު ގޮވައިގެން މަގު ހުރަސްކުރަން އުޅެނިކޮށް، ޕެލެޓްމައްޗަށް އެރި ވަގުތުގު، އޭނާ ވެއްޓުނު ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
އަންހެން މީހާގެ ކަނާތުފައި ބިންދައިގެން ގޮސްފައިވާ އިރު، އެ އަންހެން މީހާ ކުޑަކުއްޖާއާއެކު ވެއްޓުނު ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ. އަދި ފައިބިންދައިގެން ދިޔުމުގެ ސަބަބުން އޮޕަރޭޝަނެއް ކުރަން ޖެހިފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
މާލޭގެ މަގުތަކުގެ އެކި ހިސާބުތަކުގައި ޕެލެޓްތައް އަތުރާފައި ބެހެއްޓުމަކީ ޕާކް ކުރުމަށާއި، ހިނގާ މީހުންށްވެސް ދަތިވާ ކަމެކެވެ.
ކޮންމެ ދެމަފިރިޔަކަށް ޕެލެޓްގަނޑެއް ބާއްވާފަ އޮންނާނެ، ބަލާނެ މިނިސްޓްރީ އެއް، ބަލާނެ އިދާރާ އެއްނުވާނެ، ކަމެއްވީމަ ވަރަށް ބާރަށް ބުނާނެ، "ތިކަން ވަރަށް ސީރިއަސްކޮށް ބަލަމުންނޭ މިދަނީ" ޖެހިގެން އަންނަ ހަފުތާގަވެސް އެތާ އެ ޕެލެޓް ގަނޑު އޮންނާނެ
ޢޯކިޑުމަގުގަ ވެސް ހީވަނީ ޕެލެޓުން ފުރިފަ އޮންނަ މަގެއްހެން، އަދި އެމަގުގަ ޕާކުރާ ބައެއް ޓެކްސީތައް ވެސް ޕާކުކުރަން ތަންހަދަން ވެގެން ގޭކުރިމަތީ ފިލާއަޅާފަ މުލިތަން ހިފާފަ މިދެން ބޮޑުވަރު ދެން މިކަން ބަލާނެ ލޮލެއް ނެތީބާ