ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ ނަން ބަދަލުކޮށްފިއެވެ.

ރައީސް އޮފީހުން މިއަދު ވިދާޅުވީ، އެ މަރުކަޒުގެ ނަން "ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒު" ގެ ނަމަށް، ބަދަލު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވާފައިވާކަމަށް ވިދާޅުވެފައިވާކަމަށެވެ.

ކީރިތި ގުރުއާނާއި ބެހޭ މަރުކަޒު ހިންގަމުން ދަނީ އިސްލާމިކް މިނިސްޓްރީގެ ދަށުންނެވެ.

މި މަރުކަޒަކީ ގުރުއާނާބެހޭ އިލްމުތައް އުނގަންނައިދީ ގުރުއާނުގެ ތާރީހާބެހޭ ދިރާސާކޮށް، ދިވެހިން ގައުމީ ފެންވަރުގެ އެކި ގުރުއާން މުބާރާތްތަކުގައި ބައިވެރި ކުރުވުމުގެ ގޮތުން އުފައްދާފައިވާ މަރުކަޒެއްކަން ފާހަަގަކޮށްލަން ޖެހެއެެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ސައިފާ

  ކުރިން ބައިނަލް އަގްވާމީ ގޮތުން ބެހިފަ މިހާރު ގައުމީ ގޮތުން ބެހެނީ.

 2. ކަޑަ

  މިވެސް 100 ދުވަހުގެ ވައުދެއް!!!!

 3. ނަޖީ

  ކޮބާ ކިހިނެޣްތޯ މިވަނީ ޣެމްމެ ފަހުން ގުރުޣާނަކީ ނެންޣެޣްޗަކަ ޖްދާނެ

 4. ޙަސަނާ

  ގައުމީ އިދާރާ، ގައުމީ ކުޅިވަރު، މާނައަކީ އެހެން އިދާރާއާއި އެހެން ކުޅިވަރާި އެހެން ދީނާއި އެހެން ފޮތްތަކުގެ މަރުކަޒުވެސް ހުއްދައޭ. ލާދީނީ ކަމެއް ނޫނީ ހަމަ މިބައިގަނޑެއް ނުކުރާނެ.

 5. މުހައްމަދު

  މިވަގަށްނެގި ސަރުކާރުން ނިންމާފައި އޮތީ ހުރިހާއެންމެން ހިމެނޭގޮތަށް މުޅިގައުމުގެ ތަންތަނަށް ކިޔާނަންތަކާ ތަންތަން ހުރި ބިންތައް ބަދަލުކުރުމާ އެހެން މީހުންނަށްޖެއްސުން ކުރުމާ ކަމަކަށްނުވާޒާތުގެ ދޮގުއިލްޒާމު އަޅުވައިގެން ބިރުދައްކައި ވަޒީފާތަކުން މީހުން ވަކިކޮށް އެމީހުންލައްވައި ސަލާން ޖެއްސުވުން ކަންމިހުންނަނީ ފެންނަން ދެންމިއަށް ކިއިދާނެބާ ހެޔޮ އިންސާފުވެރި ސަރުކާރެކޭ ނޫން ހަމަހިލާނުވާނެ ވަގުންވީމަ ކުރާނީވައްކަން މުޅިގައުމުގެ ކުރިއެރުން ތަރަށްގީ ކާލައިފި ވަގުސަރުކާރު މިވަރުންދަންޏާ އަހަރެމެންނަށް ކިޔާނަންތައް ވެސް ބަދަލުކުރުވާނެ ކީއްކުރާނީ އަހަރެންގެ ނުބައިވިސްނުމުގެ ހިތިނަތީޖާމިއީ އަދި އޮތީކުރިޔަށް ހެހެހޭ