ހަ ގަޑިއިރު ފަހުން، ކުރީގެ ރައީސް އަބްދުﷲ ޔާމީން ފުލުހުންގެ އިދާރާ އިން ނިކުމެވަޑައިގަންނަވައިފިއެވެ.
އެމަނިކުފާނު، ފުލުހުންގެ އިދާރާއިން ނިކުމެވަޑައިގެންނެވީ ދާދި ދެންމެއަކުއެވެ. ޔާމީން ފުލުހުންގެ އިދާރާ އަށް ހާޟިރުކޮށްފައިވަނީ މިއަދު މެންދުރުފަހު 14:30 ގައެވެ.
ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގ އާއި އޭސީސީ އިން ކުރިއަށް ގެންދިޔަ ތަހުގީގަކަށް ދޮގު މައުލޫމާތު ދިންކަމުގެ ތުހުމަތު ކުރާއިރު، މި ހަފްތާގެ ތެރޭގައި މީގެކުރިންވެސް އެމަނިކުފާނު ވަނީ ފުލުހަށް ހާޟިރު ކުރައްވާފައިވެއެވެ.
އެދުވަހުވެސް، ރައީސް ޔާމީން ވަނީ ހަތަރު ގަޑިއިރު، ފުލުހުންގެ އިދާރާގައި ހޭދަކުރައްވާފައެވެ.
އެދުވަހު ފުލުހުންގެ އިދާރާއިން ނުކުމެވަޑައިގެންނެވުމަށްފަހު އެނބުރި ގެކޮޅަށްގޮސް، ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް ޔާމީން ވިދާޅުވެފައި ވަނީ ބުރަދަނެއް ހުރި އެއްވެސް މައްސަލައެއްގެ ތުހުމަތު އެމަނިކުފާނުގެ މައްޗަށް ނުކުރާކަމުގައެވެ.
އެދުވަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޔާމީން ވިދާޅުވީ އޭސީސީގެ ބާރު ފޯރާ އެކައުންޓުގައި ހުރި ފައިސާގެ ތެރެއިން ބައެއް ފައިސާއަކީ އެމްއެމްޕީއާރްސީން އެސްއޯއެފް ނެގި ފައިސާކަމަށް ތުހުމަތު ކުރާ ކަމުގައެވެ. އެކަމުގައި ތުހުމަތު ކުރެވިދާނެކަމަށާއި އެހެންނަމަވެސް، އެކަން ސާބިތު ކުރެވިފައި ނެތްކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ސޭކް އިމްރާން ކަލޭ ހަނދާން ބަހައްޓާތި. އަހަރުމެން ކަލޭ މަތިން ހަނދާން ނުނެތޭ. ކަލޭގެ ނުލަފާކަން ނިކަން ވިސްނާ.
ހާލެއްގަ ޖައްސާނަމޭހިތާ އެބަ ތެޅޭ ބަޔަކު... ހިއްވަރު ގަދަ ކުރައްވާ... ކެއްތެރިކަން ދެއްވާށި..
ތީ އެއްގޮތަކައްވެސް ދޫކޮށްފަ ބަހައްޓަން ޖެހޭވަރު މީހެއްނޫން! ހައްޔަރުގަ ހުރަގޭގަ އަނދަގޮނޑިޖަހާފަ ބާއްވަންވީ! ވަގުންގެ ސަޒާއަކީ ހަމަ ޖަލު!!
ނަޝީދު އަކީ ހުކުން ކޮށްފައި ވާ ވަގެއް. އެހެރީދޫކޮށްފަ.
އެއީ ވަގެއް ކަން ސާބިތެއް ނުކުރެވެއެއްނު އަދިވެސް. ވަގެއް ކަން މިހާތަނަށް ސާބިތު ކުރެވިފަ ހުރީ ކެނެރީ މައިބަދަ އެއްނު. އޭނާއަށް ތި 'ސަޒާ' ދޭން ފެނޭ.
ވަގަކީ އަންނި. އޭނައަށް އޮތީ ވައްކަންކުރިކަމުގެ ހުކުމް އިއްވާފަ. އޭނަ ހުރަގޭގަ ބާއްވަން ގޮވާބަލަ. ރައީސް ޔާމީނަށް ކުރެވެނީ ތުހުމަތެެއް. އަސްލު ވަގަކީ އަންނި. ދެންހުރީ ވޯޓު ވަގު ސޯލިހު
ރައީސް ޔާމީނާ ކުޅެން ނުހަދާ ދެމޯ ދުއްވާލަފާނަން އިމްރާނާ!!!!
އިމުރާނަށް އަސަރު ކުރަނީ ކުއްވެރިން ގެކިބައިން އާމްރައްޔިތުން ސަލާމަތް ކިރެވޭތީ.
މިޔޮށްފަދަ ޒަމާނުގައި ހަ ގަޑިއިރަށްފަހު ރައީސް ޔާމީން ފުލުހުންގެ އިދާރާއިން
ނުކުމެވަޑައިގެންފި. ހޭއަހާލަން 06 ގަޑިއިރު . ވީެލިމާ މިމީހުންގެ ސްޕީޑަކީ ފިނިހަކު
ދުވެލި .