ފުލުހުންގެ ޔުނިފޯމްގައި ތިބި ބަޔަކު އަނެއްކާވެސް އިންޒާރު ދީ ވީޑިޔޯއެއް ނެރެފިއެވެ.

މީގެ ދެ ދުވަހެއް ކުރިންވެސް ފުލުހުންގެ ޔުނީފޯމްގައި ތިބި ބަޔަކު ސަރުކާރަށް އިންޒާރުދީ ވީޑިޔޯއެއް އާއްމުކޮށްފައި ވާއިރު ފަހުން އާންމު ކުރި ވީޑިއޯގައި ބުނަނީ މިއީ "ފަހުގެ މެސެޖް" ކަމަށެވެ.

މިފަހަރު ނެރުނު ވީޑިޔޯއިން ވެސް ފެންނަނީ ފުލުހުންގެ ޔުނިފޯމްގައި ތިބި ތިން މީހެކެވެ. އެ މީހުންގެ ތެރެއިން އެކަކު ވަނި މިއަދު އޮންނަށް މުޒާހަރާގައި ބައިވެރިވުމަށް ގޮވާލާފައެވެ.

"އަޅުގަނޑުމެން މި ދެނީ ފަހު މެސެޖް. އަޅުގަނޑުމެންނަކީ އޮޕަރޭޝަނަލް ޓީމް. އަޅުގަނޑުމެން މި ދަންނަވާލަނީ މާދަމާ ކުރަމުންދާ މުޒާހަރާގައި ވީހާވެސް ގިނަ ބޭފުޅުން ބައިވެރިވުމަށް. އަޅުގަނޑުމެން ވަކި ހިސާބަކުން ތިބޭފުޅުންނާއި ގުޅޭނަން. އަޅުގަނޑުމެން މި ދަނީ. އަޅުގަނޑުމެން އޮޕަރޭޝަނަލް ޓީމުން، މުޅި އެސްއޯ ޓީމާއެކު، މާތް ﷲ ގަންދީ ހުވާކޮށް ތިޔަބޭފުޅުންނާ އެކީގައި ބައިވެރިވާނަން،" ވީޑިއޯގައި ބުނެއެވެ.

https://twitter.com/AsluMoosaAnvar/status/974436445808201729

ފުލުހުންގެ ޔުނީފޯމްގައި ތިބި ބަޔަކު މިގޮތަށް ބުނި ނަމަވެސް، އެއީ ސީދާ ފުލުހުންކަން ކަށަވަރެއް ނުވެއެވެ. އަދި އެ ވީޑިއޯގައި އިންޒާރު ދިނީ، ފުލުހުންތޯ އެ މުއައްސަސާއިން ތަހުގީގު ކުރަމުން އަންނަކަމަށް ފުލުހުން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

32 ކޮމެންޓް

  1. ހެހެހ

    ހެހެހެހެހެހ މަވެސް ވީޑިއޯ އެއް ހަދާފާނަން ބޭބެގެ ޔުނީފޯމު ބޮރޯކޮށްގެން ނަޝީދު ޖަލައްލާން ގޮވާލާ އެމްޑީޕީ އުވާލަން!

  2. ހަމީދު

    ތިވީޑިއޯގައި ވާހަކަ ދައްކާ މީހާގެ އަޑާއި ސްޓެޕް އައްޔަގެ އަޑާއި ވައްތަރެއް ނޫންތަ؟ ތީ ފުލުހުންގެ ނަމުގަ ރީނދޫ ބައިގަނޑުން ނެރޭ ވީޑިއޯ ކޮޅުކޮޅު.

    • ސާބަސް

      އާނ ދޯ. ވަރަށް ވައްތަރު، ތިވާނީ އޭނައަށް! އޭނަ އަތުގަ ޔުނިފޯމް ހުރެވެސްދާނެ ދޯ!

  3. ޟހޗުޗޔޗ×ތޔޗިވިނިބޮނުބވޔޗތ×ޒޗބބ

    ޟނބބބވޗޗ××ޒަދފގގހހޖޖކކޮޮޔފފ

  4. އަހުމަދު އަލީ

    ބަލަގަ ފުލުހުންނަށް ގާނޫނާ ޚިލާފު އަމުރެއް ނުކުރެޔޭ. ފާޑުފާޑުގެ ފޮޓޯއާ ވީޑިއޯ ހަދައިގެން އެކްޓިސްޓުން ހެއްދިޔަކަސް ފުލުހުންނަށް ގުޑުމެއް ނާރާނެ.

  5. އަހުމަދު އަލީ

    ބަލަގަ ފުލުހުންނަށް ގާނޫނާ ޚިލާފު އަމުރެއް ނުކުރެޔޭ. ފާޑުފާޑުގެ ފޮޓޯއާ ވީޑިއޯ ހަދައިގެން އެކްޓިސްޓުން ހެއްދިޔަކަސް ފުލުހުންނަށް ގުޑުމެއް ނާރާނެ. ތި ވިޑިއޯ އިޝްތިހާރު ކުރާ މީހުން ކުރާ ކަމެއް ތީ.

  6. އަަހަންމާ

    މީ އަދީބު ލާރި ދޭ އެސްއޯ 2ތިން ފުލުހުންގެ ޤައުމެއް ނޫން.. މީ އަހަރަމެން ގެ ވެސް ޤައުމު ޤައުމު ހަލަބޮލި ކޮށް ސަރުކާރު ވައްޓަން ބަޤާވާތް ކޮށް ފިއްޔާ ﷲ ގަންދީ ބުނަން ބަޑީ ގެވަޒަނުގެ ބާރު ހުރިކަން ދައްކާލާނަން.

  7. ދުމައިން

    މީހަމަ ސީދަ ސަޓަންޓު. މީހުން ނުވެގެން ކުރާނެކަމެއްނެތި މާޔޫސްވެގެން ކުރާކަންތަށް. މިސާލަކަށް އެސްއޯ ގުޅުނީޔޯ!! ދެން އެ ސަރުކާރު ވެއްޓުނީތަ؟ އެސްއޯ ގުޅިގެން އެސްއޯ ފުލުހުން ﷲގަންދީހުވާކޮށްގެން ގައުމުގެ އަމާނަކަމެއް ނަގައެއްނުލާނެ! ތަންތަނުގަ ރޯކޮށް ގެއްލުންދީ މީހުންމަރައެއްނަހަދާނެ!! ދެން؟ ފުލުހުންނަށާ އާންމު ރައްޔިތުންނާ ވާހަކަދައްކާ ސުލްހަ މަސަލަސްކަމާ އަމާންކަން އިސްކުރަން ނޭގުނީ އެހެން ސަރުކާރަކަށް. މިސަރުކާރާ މިއަދުގެރައީސްއަށް އެ ގާބިލިއްޔަތުކަން ﷲ ވަނީ މިންވަރުކުރައްވާފަ. ﷲގެ ވާގިފުޅާ މިންވަރުފުޅުން މި އިސްލާމީ އުންމަތް އަމާންކަމާ ސުލްހަވެރިކަމުގަލައްވަވާ ސަލާމަތް ތަނެއްގެ ގޮތުގަ އެންމެ މުސްލިމު އަޅުތަކުންނަށް ލައްވަވާށި! އާމީން.

  8. ޜަސީދު

    މީ ފަހުގެ އިންޒާރު ބައިވެރި ނުވާތި

  9. މަހަށްދޭބަލަ

    މީ އިދިކޮޅު ކްރިޓިކްސް އިން ޖައްސާ ފޭކް ގޭމްސް ތަކޭ މީގެ ބޭނުމަކީ ފުލުހުންގެ އިދާރާ ތެރެ ހަލުވާލައިގެން ވެރިކަން ވައްޓާލުމޭ މިރާއްޖޭގެ ފުލުހުންނާއި ނޫން ރައްޔިތުން ވެރިކަން ހަވާލު ކުރީ ފުލުހުންނަށް ރާއްޖޭގެ ވެރިކަން ވައްޓަ އެއް ނުލެވޭނެއޭ އެއީ ވާނެ ކަމެއް ނޫނޭ. މަމެން މީ ދަ ހާކިމާ އަކީ. ފުލުހުންގެ ކޮމާރންޑަރ އިން ޗީފް އަކީ އެއީ މަމެން އެއީ ތަމެން އިދިކޮޅު ކްރިޓިކްސް އެއް ނޫނޭ. ތިޔާ މުޅި ވީޑިއޯ އަކީ އެއީ ސީދާ އެމްޑީޕީން ރަނޑު ފަންކާ ހިންގާ ޓީވީ ކްރޫން ތިބެގެން އެމެން ތައްޔާރުކޮށްފައިވާ ވީޑިއޯ އެކޭ. އެމެންގެ އެޑިޓަރޭ އެވާހަކަ ދައްކަނީ ތިޔާއީ މަމެން ނުދަންނަ އަޑެއް ނޫނޭ މަހަށް ދޭބަލަ ރަންރީނދޫ ޓްވިޓަރޭ މަހަށް މަހަށް މަހަށް ދޭބަލަ.

  10. ކުރާނަމޭ

    ތިޔާ ވީޑިއޯ އަކީ އެއީ ތަމެން އަމިއްލަ އަށް ނެރެގެން އުޅޭ ވީޑިއޯ އެއް ނޫންތޭ މިއަދުގެ މުޒާހަރާ އަށް ދާނެ މީހަކު ނުވުމުން އަދި ތިޔާ ފަދަ ފޭކް ވީޑިއޯސް ތައް ނެރެގެން ތަމެން ހީކުރަނީ ފުލުހުންގެ ސިކުނޑި ތަކަށް ބަަދަލު ގެނެވޭނެ ކަމަށް ނުވާނެއޭ ފުލުހުންގެ ޒިންމާ އެއް ނޫނޭ ގާނޫނާއި ޚިލާފުވޭތޯ ނުވޭތޯ ބެލުން އެމެންގެ ޒިންމާ އަކީ އެއީ ކޮމާންޑަރއިން ޗީފް ގެ އޯޑަރަށް ކިޔަމަންވުމޭ އެނިމުނީއޭ އިތުރު އެއްވެސް ޗޮއިސް އެއްވެސް އަދި އެކްސްކިއުޒެއް ވެސް އޮވެގެން ނުވާނެއޭ. މިއާއި ދެކޮޅު ހަދާ ހުރިހާ މީހުން މަމެން ވަޒީފާ އިން ވަކި ކުރާނަމޭ އެހެވޭ ޕޮލިހުންނަށް ވިނަމަވެސް އަދި ސިފައިންނަށް ވިނަމަވެސް ވަކި ކޮށްލާނަމޭ ވަގުތުން ވަޒީފާއިން އެބާރު އޮންނާނެއޭ މަމެން ޕިންކީން ނަށް މަމެން މީ ދަ ހާކިމާ އޭ އެއޮތީ ޕޮލިސް ކަމިޝަނަރު ކަމުން ތަމެން ގެންނަން އުޅުނު ޖުޑިޝަރީ ކޫޕް ތެރޭން ދޭތި ވަކި ކޮށްފައި، ދެން ވެސް ނިކުންނަ ބަޔަކު ވަޒީފާ އިން ވަކި ކުރާނަމޭ.

  11. ެއޭއިއޭއި

    ތަމެން ކިތަންމެ ވަރަކަށް ފޭކް ވީޑިއޯސް ތަކެއް ނެރުނަސް ތިޔާ ވީޑިއޯސް ތަކުން ކެއްކޭނެ ޑޮންޑޮނެއް ނުހުންނާނެއޭ. ފުލުހުން ނަކީ އެއީ ސަރުކާރުގެ ނޯކަރުން. އެމެން ތަބާވާން ޖެހޭނީ ކޮމާންޑަރ އިންޗީފް ބުނާ ގޮތަށް. ތަބާ ނުވާން ހުރި މީހަކު ދާން ޖެހޭނީ ވަޒީފާ ދޫކޮށްލާފައި ގެއަށް. ފުލުހުންގެ ހުވައާއި ޚިލާފަށް ފުލުހަކު އަމަލު ކޮށްފިނަމަ ވަގުތުން އެފަަދަ ފުލުހަކު ވަޒީފާއިން ވަކި ކުރާނަމޭ އެއީ އޭ އެކަން އޮންނަން ޖެހޭނެ ގޮތަކީ. މަމެން މިގޮތަށް މިކަން ކުރާނަމޭ ފުލުހުންނަށް އެއްގޮތެއް ވެސް ނެހެދޭނެއޭ ނެހެދޭނެއޭ ނެހެދޭނެއޭ އޭއި އޭއި އޭއި..

  12. ޡޒ

    ހާދަހާލެއްގަ އެބައުޅެޔޭ ބަޔަކު،،ހަމަ ހިނިއަންނަނީ

  13. ލޮލް

    ކޮން އޮޕަރޭޝަނަލް ޓީމެއް ހަހަހަހަހަ!

  14. އަހުމަދު

    ތިޔާފިޑިބައެއް ތިޔަހެންބުނެލާބަހަކަންޖެހިލުމެންނުވާނެ

  15. ހަސީނާ

    މީއެއްކަލަ އައިސިސް ވީޑިޔޯ ކުޅުނު 3 ކުދިން ތަ؟ މި ކުދިން މަގޭދަރިފުޅުގެ ބާތްޑޭ ޕާޓީއައް ސްޕައިޑަ މޭން ކޮސްޓިއުމް ގަ އައިސް ދީފާނެބާ؟

  16. ޢައިޝާ

    ސާބަހޭ އެމްޑީޕީ އާލާތް ގަނޑަށް...ރައީސް ޔާމީނެއް ނުސިހޭނެ ޖަހާހާ ބެރަކަށް...ދެން މަހަށް ދޭބަލަ!!

  17. ވިސްނާމީހާ

    ހައްހައް މަވެސް ދަންނަމީހުން އުޅޭ ޕޮލިސްގަ އެމީހުންބުނީ އޮޕަރޭޝަނަލް ޓީމެއް ނޯވޭ ޕޮލިސް ތެރޭގައި ހައްހައް

  18. މިސްކް

    އެމްޑީޕީގެ އިބާރާތްތަކާ ރާގު އޯޑިއޯގައިވަނީ. ﷲގެ އިސްމުފުޅުވެސް އެމީހަކު ކީ ނަޝީދު ކިޔާގޮތަށް އައްލޯހު.

  19. ކޮޕް

    ތީ ފިނޑި ރަނޑު ބައެއް. ސިފަވަންތަ ކަމެއް ނެތްތާ ފުލުސްވަންތަކަމެއްވެސް ނެތް ރަނޑު ތިނެތި. ފުލުހުންގެ މުއައްސަސާގެ މަޢުލޫމާތުގެ މިންވަރެއްވެސް ނެތް، ގާފިލް ވެފަ ތިބި ބައެއް. އޮޕަރޭޝަން ޓީމޯ. ހަހހަހަހަހަހހަ.

  20. ބޭބެ މުލި

    ހަހަހާ ތީބޮޑު ފޭކެއް ތީރީނދުލީ ގޭމެއް

  21. ައދ

    އިފިކޮޅު ޣައްދާރުން ޖަހާމަޅިފަތީ ދިވެހިރައްޔިތުންނާއި މުއައްސަސާތައް ނުޖެހުމަށް
    ގޮވާލަން މުޒާހަރާގަެި ބައިވެރިވާނެ ބަޔަކު ނުވި
    އިދިކޮޅުފަރާތްތަކުން އެހީ އަތުލުމަށްފަހު މުޒާހަރާގައި ބައިވެރިނުވުމަޑް ގޮވާލަން.

  22. މޯޑު

    ވީޑިއޯގަ ކިޔަންވާ ތަކެތި ބުނެދޭންޖެހެނީވެސް އެހެނމީހެއްތަ. ތިމާއަމިއްލަޔައް އެވަރުވެސް ނުވާބައެއްމީ. ދެން އިތުރަށްކޮން ކަމެއްކުރެވޭނީ
    ﷲގެ އިރާދަފުޅާއެކު ތިޔަބައިގަނޑަކަށް މިޤައުމު ހަލާކެއް ނުކުރެވޭނެ

  23. ހުސޭނުބެ

    ހޭބަލިވެފަ އިން މީހެއްގެ އަޑާ ވައްތަރު.

  24. ލޯލޯ

    ދެން އެހެން ރަޢީސަކު ހުވާ ކުރާ ގަޑި މަށަށްވެސް އަންގާލައްޗޭ ލޮލް

  25. ހަދީޖާރ

    ތިޔަ ވީޑިއޯ ޕޯސްޓްމޯޓަމް ހަދާބަލަ..

  26. އަފީ

    ރައްޔިތުންނޭ! ވިސްނާ! ވިސްނާ! ވިސްނާ ފިކުރުކުރޭ! ތިބުނާ ދުވަހު ތިބުނާ ފުލުހުން ތިބުނާ ބަޔަކާ ނުގުޅި ނުވަތަ ގުޅިއްޖެ ނަމަ ރައްޔިތުންނަށް މި ވީޑިއޯގެ އަސްލު އެގިގެންދާނެ! ބަޔަކު ހަދާފައިވާ އެއްޗަކަށް ވިސްނުމަކީ ބޭކަރުކަމެއް! ނަސީދު ސަރުކާރާ ދެކޮޅަށް ފުލުހުން ސިފައިން ނުކުތީ މޫނު ނުފޮރުވާ ފާޅުކަން ބޮޑުކޮށް! މިައދު ކީއްވެތޯ ފުލުހުން މޫނު ފޮރުވާ ވީޑިއޯ އެއް ކަމަށް ބުނެ ނެރެންވީ! އަންނަނީ ހިނި!

  27. ލޮލް

    ކޮންމެ ވީޑިއޯ އެއްގަ ވެސް ތިބެނީ ރޭންކް ނުޖަހާ. ތި ޔުނިފޯމް ވަގަށް ނަގައިގެން އުޅޭ ބައެއް ހަދާ އެއްޗެއް. ފުލުހުންނެއް ނޫން

  28. ލޮލް

    ތިޔަ ވީޑިޔޯގައި ހުރީ އެމްޑީޕީ ގެ ބަހުރުވަ އެހެންވީމާ ތީ ފޭކުކަން ވަރަށް ސާފް. ލޮލް

  29. ކަރުންމަތީގެ ޑޮކްޓަރު

    މިއީ ސީދާ އެމްޑީޕީގެ މުއްލާއިން އުފައްދާފައިވާ ވީޑިއޯއެއް. ގޮތް ހުސްވީމަ އެމީހުން ކުރިންވެސް ޖަހާ ސަކަރާތެއްމީ. މި މީހުން ރައްޔިތުންނަށް އަނގަން ބޭނުނަވަނީ. ސިފައިންނާއި ފުލުހުންވެސް ތިބީ އިދިކޮޅށޭ. މޣުތަކަށް ނިކުންނާށޭ. މިއީ އަޅެފަހެ ދަމު ހިނގާ ބައެއްތަ؟

  30. ކަރުންމަތީގެ ޑޮކްޓަރު

    ދަންނަވާލުމެއް. މިހާރު ނޫހޭ މިކިޔާ ބައިގަނޑު ބޮއިކޮޓްކުރި ވާހަކަ ދަންނަވާލަން.

  31. ޑޮންޑޮންފުޅި

    މީހުން ނެރެން ކުރާހާ މަސައްކަތް. ތިކަހަލަ ކިތައް ފިލްމު ކުޅޭނެބާ؟ 24 ގަޑި އިރު ހަމައިގައި ނުތިބޭ މީހުންވެސް ތިގަބޫލު ނުކުރާނެ. ހެހެހެ