ރާއްޖޭގެ ދެކުނާއި މެދުތެރޭގެ އަތޮޅުތަކަށް ވިއްސާރަ ކުރާނެކަމަށް ލަފާ ކުރެވޭކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން ބުނެފިއެވެ.

މެޓް އޮފީހުން ނެރެފައިވާ މިއަދުގެ މޫސުމީ މައުލޫމާތުގައި ބަޔާން ކޮށްފައިވާ ގޮތުން، ދެކުނުގެ ބައެއް ރަށްތަކަށް ވިއްސާރަ ކުރާނެއެވެ. އަދި، އޭގެތެރެއިން ބައެއް ރަށްރަށަށް ގުގުރުމާއިއެކު ބޯކޮށް ވާރޭވެހޭނޭކަމަށްވެސް ބުނެފައިވެއެވެ. އިތުރަށް ބުނެފައިވަނީ މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނެކަމަށެވެ.

މީގެއިތުރުންވެސް، މެޓް އޮފީހުން ބުނެފައިވަނީ އުތުރުގެ އަތޮޅުތަކުގެ މޫސުން އާއްމުގޮތެއްގައި ރަނގަޅުވާނެކަމަށެވެ.

ވައި ޖެހޭނެގޮތަށް ބަލާއިރު، އުތުރާއި އިރުއުތުރުން މެދުތެރޭގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށް ބަޔާންކޮށްފައިވާއިރު އެހެން ހިސާބުތަކަށް ވައިޖެހޭނީ ގަޑިއަކު ފަސް މޭލާއި 10 މޭލު ބާރުމިނުގައިކަމަށްވެސްވެއެވެ.

ހަމައެހެންމެ، މެދުތެރޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެކަމަށް ބުނެފައިވާއިރު އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަް ގަދަވާނެކަމަށްވެސް ބުނެފައިވެއެވެ. ރާޅުގެ އުސްމިނަކީ ދެ ފޫޓާއި ހަތަރު ފޫޓުކަމަށްވެސް އެއޮފީހުން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު