މާލޭ އިންޑަސްޓްރިއަލް ޒޯނުގައި މިއަދު އެކްސިޑެންޓެއް ހިނގާ، ޒުވާނަކަށް އަނިޔާވެއްޖެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި އެކްސިޑެންޓް ހިނގާފައިވަނީ އިންޑަސްޓްރިއަލް ޒޯން ސަރަޙައްދުގައި ޕާކުކޮށްފައި އޮތް ޓެކްސީއެއްގައި ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ސައިކަލެއް ޖެހިގެންނެވެ.

މި އެކްސިޑެންޓުގައި އަނިޔާވި ޒުވާނާއަށް އައިޖީއެމްއެޗްގައި ދަނީ މިހާރު ފަރުވާ ދެމުންނެވެ. އަދި އެކްސިޑެންޓް ވެފައިވަނީ އުމުރުން 21 އަހަރުގެ ޒުވާނެއްކަމަށްވެސް މައުލޫމާތު ލިބެއެވެ.

މިއަދު ހަވީރު ހިނގި މި އެކްސިޑެންޓުގެ ސަބަބުން ލިބިފައިވާ ގެއްލުމަށް ބަލާއިރު، ޓެކްސީގެ ކުރީކޮޅުން ބައެއް ވަނީ ހަލާކުވެފައެވެ. ހަމައެހެންމެ، ޒުވާނާ ދުއްވާފައި ދިޔަ ސައިކަލަށްވެސް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.

ފުލުހުން މިހާރު ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދޮންބެ

    ޒުވާނުން، "ޒުވާނުން" މީ ދެމާނައެއް ދޭހަވާ އެއްބަހެއް.