ގއ.ކަނޑުހުޅުދޫ އިން މިއަދު ހަވީރު ތިން އަހަރުގެ ދަރިފުޅާއި އެކު ފިލައިގެން ދިޔަ ފިރިހެން މީހާ އޭނާގެ އަނބިމީހާއަށް ރައްދުކުރުމަށް ލިޔެފައިވާ ނޯޓެއް ކައުންސިލުން މީޑިއާ އާއި ހިއްސާކޮށްފިއެވެ.

ނޯޓްގައި ފިރިހެން މީހާ އޭނާގެ އަނބިމީހާގެ ކިބައިން މާފަށް އެދުމަށް ފަހު ބުނެފައި ވަނީ "ދެން އަހަރެން މޮޔައެއް ނުހެއްދޭނެ" ކަމަށެވެ.

އޭނާގެ ނޯޓްގައި ވަނީ އޭނާގެ ދަތުރުގެ ތަފްސީލް ކަމަށް ބުނެ ގަޑިތަކެއް ވެސް ޖަހާފައެވެ. ކޫއްޑޫ ޖެހުމަށް ފަހު ގަޑިއަކަށް 06:30 އަދި މާލެ ޖެހުމަށް ފަހު ގަޑިއަކަށް 09:45 ޖަހާފައި ވެއެވެ. އެއީ ކޮން ދުވަހު ކޮންތަނަކަށް ދަތުރުކުރާ ގަޑިތަކެއް ކަމެއް ނޯޓުން ސާފެއް ނުވެއެވެ. ނަމަވެސް ނޯޓްގައި އިތުރަށް ބުނެފައި ވަނީ ދެހަފްތާ ފަހުން މެލޭޝިއާއަށް ފުރާނެ ކަމަށެވެ.

ފިރިމީހާގެ ނޯޓް
ފިރިމީހާގެ ނޯޓް

ކައުންސިލް މެންބަރަކު މިއަދު ވިދާޅުވީ ދަރިފުޅު ގޮވައިގެން ބައްޕަ ފިލާފައިވަނީ މިއަދު ހަވީރު 05:00 އާއި 05:30 ދޭތެރޭގައިކަމަށެވެ. މި ކުއްޖާއަކީ ކަނޑުހުޅުދޫ އަންހެނަކަށާއި ފުވައްމުލަކު ފިރިހެނަކަށް ލިބިފައިވާ ކުއްޖެކެވެ.

އެންމެ ފަހުން ކުއްޖާއާއި ބައްޕަ ފެނިފައިވަނީ ރަށުގެ ޖެޓީ ކައިރިންކަމަށާއި، ލޯންޗެއްގައި ކޮންމެވެސް ތަނަކަށް ދިއުމަށް ފުރި މަންޒަރުވެސް ބައެއް ފަރާތްތަކަށް ފެނިފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުންވެސް، ކައުންސިލް މެންބަރު ވިދާޅުވީ ކުއްޖާގެ މަންމައާއި ބައްޕަގެ މެދުގައި މައްސަލަތަކެއް ޖެހިފައިވާކަމަށެވެ. ފުވައްމުލަކުގައި އުޅެފައި މައްސަލަތަކެއް ޖެހިގެން ކަނޑުހުޅުދޫ އަށް އައިސް އުޅޭތާ ހަފްތާއެއް ވެފައިވާކަމަށާއި މިއަދު ކޯޓަށްވެސް ދެމަފިރިން ދިޔަކަމަށް މައުލޫމާތު ލިބޭކަމަށް ވިދާޅުވިއެވެ.

ފުލުހުން ގެންދަނީ ދަރިފުޅު ގޮވައިގެން ބައްޕަ ފިލި ކަމަށް ބުނާ މައްސަލަ ތަޙްޤީޤު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ހުސޭނު

  ނައިބު ރައީސްގެ ތިމާގެ މީހެއްވީމަ، ފުލުހުންނައްވުރެ ތި ފިރިހެންމީހާ ބާރުގަދަ. ބާރައް އަތްޖަހާ

 2. عبدالله

  ޚަޟާނަތުގެ މުއްދަތު 7 އަހަރަށް ދެމިއޮންނަ ޙާލަތުގައި އެމުއްދަތަށް ބަލައި ޢަމަލުކުރަންވާނެއެވެ. އެހެންނަމަވެސް ޚަޟާނަތުގެ މުއްދަތު ބަލައި އެމުއްދަތަށް ޢަމަލުކުރުން ހުއްޓާލަންޖެހޭ ފަދަ ޝަރުޢީ އަދި ޤާނޫނީ ޢުޒުރެއް ކުރިމަތިވެއްޖެނަމަ، ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ޢަމަލުކުރެވޭނީ، ކުއްޖާގެ މަޞްލަޙަތަށްބަލައި ކުއްޖާއަށް އެންމެ ރަނގަޅު ގޮތަކަށެވެ. މީގެ މިސާލަކީ، ވ.ރަކީދޫގައި އަނިޔާވެރި ގޮތަކަށް މަރާލާފައިވާ ކުޑަ ފިރިހެން ކުއްޖާގެ މަރުގެ ޙާދިސާގައި ފެށުނީއްސުރެ ނިޔަލަށް ކަންހިނގާފައިވާ ގޮތެވެ.

 3. އެޑަން

  ދަރިފުޅު ގޮވައިގެން ބައްޕަ ފިލިކަމަށް ކިހިނެތް ނިންމާނީ. ދަރިފުޅު ގޮވައިގެން މަންމައެކޭ އެއްފަދައިން ތަންތަނަށްގޮސް ހެދުމުގެ އިޙްތިޔާރު ބައްޕައަށްވެސް އޮންނަންޖެހޭނެ، ވާނުވާ ނޭނގިގެން ބައެއް މީހުންނަށް ހީވަނީ ބައްޕައަކީ ހަައެކަނި އާއިލާއަށް ޚަރަދުކުރަން ހުންނަ މީހެކޭ.

  • ނީ

   އެގެންވާނެ މަންމައަށް

 4. ފިރިމީހާ

  އަންހެން ބޭޅުންނަކީ ދަރިން ބެލުމުގައި ވަރަށްބުރަ މަސައްކަތް ކުރައްވަވާ ޢިއްޒަތްތެރިބައެއް. "މައިންނަށް ކެއްތެރިކަންދެއްވާށި."
  ދަރިންނަކީ ﷲތަޢާލާ އަޅުގަނޑުމެންނާ ޙަވާލު ކުރެއްވެވި ވަރަށްބޮޑު އަމާނާތެއް. އެއަށްރައްކާތެރިވުންވާޖިބް. އެއީ އެ ބެލެހެއްޓި ގޮތާއިމެދު ސުވާލުކުރެވޭނެތީ.

  އެހެންވީމަ ދަރިންތަރުބިއްޔަތުކުރުމުގައި ވަރަށްސަމާލުވާންޖެހޭ. އެދަރިން ދުނިޔޭގައި ލަހައްޓަވާއިފިނަމަ ތިމަންނަ ބަލިވާދުވަހު ބަލަން ތިބޭނީ އެދަރިކަން ދަންނަންޖެހޭ.
  އެހެންވީމަ ދީނީ ހެޔޮ އޮށްޓަރުހުރި މުޑުވަކެއް ކަމުގަ ހަދާ. އެދަރިން އެނބުރި ރުޖޫޢަ ކުރެވޭނީ ﷲގެ ހަޒުރަތަށް. ދަރިންގެ އަޖަލު ދެނެވޮޑިގެން ވަނީވެސް އެ އިލާހް. އެދަރިން ހެޔޮގޮތުގައި ތަރުބިއްޔަތު ކުރެވިއްޖެނަމަ އެދަރިން ވެގެންދާނީ އަހަރުމެންގެ މައްޗަށް ހެޔޮދުޢާ ކުރުންމަތީ ދެމިތިބޭނޭ ބަޔަކަށް.

  މީހާ މަރުވިޔަސް އޭނަގެ ދަރިންގެ ހެޔޮ ދުޢާގެސަބަބުން އޭނަގެ ފާފަ ފޮހެވިގެންދާނެ.
  އެހެންވީމަ އެދަރިންނަކީ އެފަދަ ދަރިންގެގޮތުގަ ތަރުބިއްޔަތު ކުރެވޭތޯ މަސައްކަތް ކުރޭ،!
  ޒުވާންކަމުގެ ފައިދާ ހެޔޮގޮތުގައި ލިބިގަނޭ، އޭގެމާނައަކީ ދަތް ހުރިދުވަ ކާށި ކާށެކޭނޫން.

 5. އީން

  ޖަޒީރާރާއްޖެއަށް ދޫކޮށް އެދިޔައީ