ސައިކަލަކުން ދިޔަ މީހަކު ކަހާލައިގެން ވެއްޓި ސީރިޔަސް އަނިޔާތަކެއް ވެއްޖެއެވެ. މިކަން ހިނގާފައިވަނީ މާފަންނުގައެވެ.

މި ޙާދިސާ ހިނގިތާ ފަނަރަ ވަރަކަށް މިނެޓް މިހާރު ވަނީ ވެފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ވެއްޓުނީ މަގުމަތިން ދިޔައިރު މަގަށް އެޅި ފައި ހުރި ތެލުގެ ސަބަބުންވެ.

އެކްސިޑެންޓްވީ ކަސްޓަމްސް ގައި މަސައްކަތް ކުރާ އަންހެން މުވައްޒަފެކެވެ.

އެކްސިޑެންޓްވި މީހާ ގެންދަނީ: ފޮޓޯ- ވަގުތު އިމޭޖަސް

އެހެންނަމަވެސް އެމްބިއުލާންސް އަންނަން 13 މިނެޓްވި ކަމަށް މަންޒަރު ދުށް ފަރާތްތަކުން ބުނެއެވެ.

އެކްސިޑެންޓް ހިނގީ އައިޖީއެމްއެޗާ މާ ދުރު ނޫން ހިސާބެއްގައި ހުންނަ ނާސަރީ ބުކް ޝޮޕް ކައިރި މަގެއްކަމުގަައިވިޔަސް، އެއީ ވަންވޭ މަގެއްކަމުން، އެމްބިއުލާންސް އައި މަގުން ނުވަދެވި އަނބުރާލާފައި ދާން ޖެހުމުން އިތުރު ވަގުތުތަކެއް ހޭދަވިއެވެ. އެގޮތުން، ހޮސްޕިޓަލާ ހަމައަށް މީހާ ގެންދަން 17 މިނެޓެއްހާއިރު ހޭދަވިއެވެ.

އެސަރަހަައްދުގައި ތިބި އާންމުން ބުނި ގޮތުގައި އެމީހާއަށް ލިބިފައިވާ އަނިޔާގެ ބޮަޑުކަމުން އެމްބިއުލާންސް ގައި ނޫން ގޮތަކަށް ހޮސްޕިޓަލަށް ގެންދަން ބޭނުން ނުވީއެވެ. އެހެންނަމަވެސް، އެމްބިއުލާންސް އައި އިރު އޭގައި ނަރުހަކުވެސް ނެތެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

  1. ވިސާމު

    ކޮބާ ތަ ސޯލިހުގެ ސޯލިހު ސަރުކާރު. ހަމަ ލަޑަޔާ ވާނީ ލަޑަޔާއަށް.

  2. އަނެއް

    ޖަޒީރާރާއްޖޭގެ ހާލަތަކީ ތީ އިބޫ އަށް ވޯޓު ދެވުނީތީ ހިތާމަކުރަން.

    • ޢަހަންމާ

      ޖަޒީރާ ގައި ވެހިކަލް ބެނުމެއް ނުކުރެޔޯ އަންނި ސޮރު ބުނީ. ގާޑިއާ މާރަގަޅޯ

  3. ބާރީ

    އިބޫ ސަރުކާރުގަ ހަމަ ކިނބުލަށް ދޭނީ.

  4. ޏަމްޏަމް

    ކޮބާ ގައުމީ އެމްބިއުލާންސް.

  5. ޖޮއްބެ

    ހެލްމެޓް އަޅާފަހުރީމާ ބޯފަޅައިގެނެއްނުދޭދޯ. ނަސީބެއްނު އެކަހަލަ މޮޅެތި ވަޒީރުން ތިބޭކަންވެސް. މީހާ އެއޮތީ ވަޅުލާހިސާބުގައި އެކަމަކު ބޮލުގައިނެތް ކޫރުމެއްވެސް.

  6. ގުބޯ

    ޖަޒީރާ އެމްބިޔުލަންސް ސަރވިސް

  7. Anonymous

    ކަލޭމެން ކަމެއްވަާއިރަށް ސިޔާސީ ތި ވެގަންނަނީ މާމޮޅުކަމެއް ކަމަށްތަ؟ ނާ ތަހުޒީބު ވިޔަސް ބޮޑވަރު

  8. އަހައްމާ

    ޑޮކްޓަރުންނާއި ނަރުހުން ނުލާ ފޮނުވީމަ މިޖެހެނީ ކޮންތާކު؟؟

  9. ީުނަންދިނީ

    ކަމެއް ވާއިރައް އިބޫ

  10. ނަފާ

    ޖަޒީރާ ވަންތަވާނީ މަގައްތެޔޮވެސް އެޅިފަ ހުރީމަ ނުން. މިވެރިކަން އައިފަހުން މީހަކަށް ބޮޑުގެއްލުމެއް ނޫނީ ބޮޑުކަ މެއް ނުވާދުވަހެއް ނުވޭ. ސުންޕާވެރިކަމެއް މިއޮތީ

  11. ސޭކު

    އެމްބިއުލާންސް އަށް ވަންވޭ ޓޫވޭ އިދޭތަ?

  12. ދޮންބެ

    ބެގް، ބޮރޯވް އޯ ސްޓީލް...

  13. ޙާލިދު

    ޖަޒީރާ ރާއްޖޭގައި އެމްބިއުލަންސް ވިތައުޓް ނަރސް އެންޑް ފަސްޓްއެއިޑް. މިއޮތީ އެންމެން ބޭނުން ވެގެން ގެނައި ކަންތައް ލައިގެންފަ

  14. ޙައި

    މަގުމައްޗައް ތެޔޮ އެޅިފަ ހުރުން އެއީ އިބޫ ކުރާނެ ކަމެއްތަ ޔާމީން މީ މާ ރަނގަޅު މީހެއްތަ

  15. ސޮއްބެ މާލެ

    ޖަޒީރާ ރާއްޖޭގައި އެއްވެސް އެމްބިއުލެންސް އެއް ނޯންނާނި.... ގެންގުޅޭނީ އަތްގާޑިޔަލާ ވީލްބަރޯ...

  16. ޙާގަރާ

    އައިޖީއެމް އެޗްގެ ވާހަކަ ރަނގަޅުވާނީ ނުދެއްކިއްޔާ.މީވ ވާހަކަ

  17. ؟؟؟؟

    ސައިކަލާ ކާރުހަދާ ގަރާޖުތަކުން މަގުމަތީގައި ބަހައްޓައިގެން ވެހިކަލްތައް ސަރވިސްކިރަމުން ގެންދޮޔުމުގެ ސަބަބުން އެފަދަ ތަނެއްގެ ސަރަޙައްދު ތެލުން ތަތްތެޅިފައިި އޮންނަނީ. އޭގެ ސަބބުން ހިނގާ މީހުންނށްވެސް ނުރައްކަލާ ކުރިމަތިލާމްޖެހިފަި އެބަހުރި. ވާރޭ ވެހޭ ދުވަސްވަރެއްވެެއްޖެއީއާ އެކަމުގެ ނުރައްކާ ބޮޑު. ކަމާބެހޭ ފަރާތްތަކުން ބަލަންޖެހޭ ކަމެއް މި ވެސް. ޢެފަރާތްތަކަށް މިފަދަ ތަންތަނާއިބެހޭ ގޮތުން ރިޕޯރޓްކުރުމުން އަޅާނުލުމަކީ މައްސަލައެއް.

  18. ޢިބުރަަތް

    ޖަޒީރާ ރާއްޖޭގައި އެމްބިއުލަންސް ވިތައުޓް ނަރސް އެންޑް ފަސްޓްއެއިޑް. މިއޮތީ އެންމެން ބޭނުން ވެގެން ގެނައި ކަންތައް ލައިގެންފަ

  19. ޖޯކަރު

    އެންބިއުލާންސް އަންނަ އިރުގަ އަބަދުވެސް އަންނަނީ ދުއްވަން އިންނަ މީހާ އާއި ދެން އިތުރު މީހެއް... އެއެވެސް ވަރަކަށް ފަސްޓް އެއިޑް ދޭނެ ނާސް އެއް ނާދޭ....މީ ވަރަށް ދެރަކަމެއް...

  20. ބާބީ

    ހެލްތު މިނިސްޓަރ ކޮބާ؟ ހުރެގެން ޖަހަނީ ޖަމަލު ފޮޑިތާ މީ ބޮޑު އަނގަފޮންޏެއް

  21. ކީކާ

    ކީއްވެ މިހާރަކަށްއައިސް މިފަދަ ކަންކަން ޢާއްމު ކުރުމުގެ ފުރުސަތުދެނީ އިސްލާމިކް މިނިސްޓަރ ބަހެއްވެސް ވިދާޅެއްނުވެއި