މިދިޔަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ކޯލިޝަނަކަށް ލިބުނު ކާމިޔާބީގެ ބޮޑު ބައެއް ހިއްސާކުރީ އެމްޑީޕީ އިންކަމަށާއި އެހެންކަމުން، ރައްޔިތުންގެ މަޖިލީހުގެ ބޮޑު ބައެއް ލިބެން ޖެހޭނީ އެމްޑީޕީ އަށްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޕްރައިމަރީ އަށް ފަހު ޕާޓީގެ ހަރުގޭގެ ކުރިމަތީގައި ހުންނަވައިގެން ރައީސް ވިދާޅުވީ ކޯލިޝަން ވެރިކަމަށް ގެނައުމަށް އެންމެ ބުރަކޮށް މަސައްކަތް ކުރެއްވީ އެމްޑީޕީގެ މެންބަރުންކަމަށެވެ.

"އަޅުގަނޑުމެންނަށް ރިޔާސީ އިންތިހާބުގައި ލިބުނު ކާމިޔާބީގެ ބޮޑުބައެއް ހިއްސާ ކުރީ އެމްޑީޕީއިން. މިކަމުގައި ބުރަކޮށް އުޅުއްވީ ތިބޭފުޅުން. އެހެން ކަމުން ރައްޔިތުން މަޖިލީހުގައި ސަރުކާރުންވެފައިވާ ވައުދުތައް ފުރިހަމަ ކުރުމަށް އެމްޑީޕީގެ ބޮޑު ބައެއް މަޖިލީހުގައި އޮންނަން އެބަ ޖެހޭ. ރައްޔިތުންނަށް ވީ ވައުދުތަކުގެ ބޮޑު ބައެއް ފުއްދޭނީ މަޖިލީހުގައި ސަރުކާރަށް ތާއީދު ކުރާ ހާއްސަކޮށް، އެމްޑީޕީގެ މެންބަރުންގެ ބޮޑު ބައެއް މަޖިލީހުގައި ތިބެގެން" ރައީސް ވިދާޅުވިއެވެ.

މީގެއިތުރުންވެސް، ރައީސް ވިދާޅުވީ ރައްޔިތުންގެ މަޖިލިސް އިންތިޚާބު ކާމިޔާބު ކުރުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭކަމަށާއި، މިއަދު އެކަންކަމަށް ކެރިގެން ކުރިމަތިލާކަމުގައެވެ. ހަމައެހެންމެ، މިއަދުގެ ޕްރައިމަރީ އަކީ ޑިމޮކްރަސީގެ ނަމޫނާ ހަރަކާތެއްކަމަށްވެސް ވިދާޅުވިއެވެ.

ކޯލިޝަން ވެރިކަމަށް ގެނައުމަށް އެންމެ ބުރަ މަސައްކަތެއް ކުރީ އެމްޑީޕީންކަމަށް ރައީސް ވިދާޅުވިއިރު، ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީން ވަނީ ކޯލިޝަނުން ވަކިވާން އުޅޭކަމުގެ އިޝާރާތެއް ކޮށްފައެވެ. އެގޮތުން، ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީއަށް ވެރިކަން ލިބުމުން ޖޭޕީ މަގުމައްޗަށް ނެރެ އެއްލާލާފައި ވާތީ ޖޭޕީ އާއި ގުޅިގެން މަޖިލީހަށް ކުރިމަތިލުމަށް ހުރިހާ ބަޔަކާއި ވާހަކަ ދައްކަން ޖޭޕީ ތައްޔާރު ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

32 ކޮމެންޓް

 1. ޝަޒީލް

  އިބޫ ހީފުޅުކުރައްވަނީ ވެރިކަމަކީ ޓުރޯފީއެއްކަމައްތޯ ހަމަ މަސައްކަތްކޮއްގެން ހޯދަން. ތިފަދަ ޚިޔާލުގައިހުރެ ވެރިކަމައް އަރާބަޔަކު ދެން ވިސްނާނީ ވެރިކަމަކީ ތިމަންނާމެންގެ ހައްގެކޭ ދެންގޮސް ހަމަ ބޭނުންކަމެއް ކުރަންވީޔޭ އެއްނުންތޯ. ވެރިކަމަކީ އެއީ އެއްވެސްގޮތަކައް ތިޔަ ނަޒަރުން ދެކިގެންވާނެ އެއްޗެއްނޫން.. މިއަދުގެ ޚުތުބާއަޑުއެއްސެވިނަމަ ވެރިކަމަކީ ކިހާވަރެއްގެ އަމާނާތެއްކަން ދޭހަވީސް.

 2. އަދިވެސް

  ޢިބޫއަށް ވަރަށް ސަލާމް. އަންނި އާއި ޔާމިނަށް ވީހެން ތިވީ!!!!

 3. ޙަސަން އަޙުމަދު

  ގާސިމަކަށް ނޭނގޭތަ! އަދިވެސް އެމް.ޑީ.ޕީ އެއް. އެޢީ ދީނެއް މިއްލަތެއް އޮތްކަމަށް ދެކޭ ބައެއްވެސް ނޫން. އެކިޔާ އައްނިޔަކު ދައްކާ ދީނާ ޚިލާފު ވާހަކަތަށްވެސް އަޅެ ނަޒަރު ހިންގާލަބަލަ!

 4. ލަބީބު

  އިންޝާއަﷲ ގިނަވެގެން ލިބޭނީ 20 ގޮނޑި!

 5. މުސީނާ

  ކޮބާ ކޮންތާކު މިޖެހުނީ.. ގާސިމްބެއައް އަބަދުވެސް ލިބޭނީ ފެންކައްކާ ބޮލީގެ އިއްޒަތް..

 6. ފެނޭތޭ

  މަޖިލިސް އިންތިޚާބުގައި އެމްޑީޕީން ބޮޑު ބައެއް ހޯދަން ޖެހޭ ކަމަށް ރައީސް އިބޫ ވިދާޅުވާނަމަ އެއިން އެގިގެން ދަނީ އެމްޑީޕީ އަކީ އެއީ ދެން ވަރަށް ބޮޑަށް ދަ ބަތާހަރާމީ ދަ ހަރާމްކޯރު އުސޫލުން ކަންކަން ކުރާ މީހުން ކަން މިހާރު އެގިގެން މިދަނީ ނޫންތޭ މަމެން އަަބަދުވެސް ބުނަމުން މިއަންނަނީ ކެނެރީގެ ނަޝީދަކީ އެއީ އެއްގޮތަކަށް ވެސް އިތުބާރު ކުރަން ހެޔޮވާ ވަރުގެ މީހެއް ނޫން ކަން އެމްޑީޕީއަށް މަޖްލީހުގެ އަގްލަބިއްޔަތު ލިބިއްޖެނަމަ އިންޑިއާ އަށް ރާއްޖެ ވިއްކާލާނެއޭ ތިޔާ ލަބިއްޓެ ގްރޫޕް އަކީ އެއީ އައްޑޫ ގައި ދަރުބާރުގެ އެޅިއިރު ސިފައިން ކުރި މަސައްކަތަށް ވެސް ބިލް ކޮށްގެން ފައިސާ ގަނޑު މަޅާލި ބަދަވިން ނޫންތޭ...

 7. ނުރައްކަލޭ

  މަޖްލީސް އިންތިޚާބުގައި އެމްޑީޕީ އަށް އަގްލަބިއްޔަތު ދީފިނަމަ މަމެންނަށް ޔަގީނޭ ރާއްޖޭގެ މިނިވަން ކަން ގެއްލިގެން ހިނގައިދާނެ ކަން ސަބަބަކީ އެއީ ކެނެރީގެ ނަޝީދު މަޖްލީހުގެ ރައީސް އަކަށް އައިސްގެން ރާއްޖޭގެ މައިދޮރާށި ކަމުގައިވާ ވެލާނާ އެއާރޕޯރޓް އިންޑިއާގެ ޖީއެމްއާރަށް ވިއްކާލާ ކަޓްކާނެ އުސޫލެއް ހިމަނައިގެން ގާނޫނެއް މަޖްލީހުން ފާސްކުރާނެއޭ މީ މަމެންނަށް ޔަގީން ކަށަވަރު ކަމެކޭ އިބޫގެ ވެރިކަމުގައި ހުރި އިތުބާރު ގެއްލުނީއޭ ރައީސް އޮފީހުގެ ޕޮލިސީ އަކީ ކޮބައިތޭ އެކުވެރިކަމާއި އެކު ކޯލިޝަން ސަރުކާރެއް ދެމެހެއްޓުމަށް ޓަކައި ތިޔާއީ ނުރައްކާތެރި ކަމެކޭ ކެނެރީގެ ނަޝީދު ބުނެގެން އިބޫ ތިޔާ ކުރަނީ އިންސާނީ ބާރު ނުފޯރާ ފަދަ ކަންކަން ހުންނާނެ ކަން އިބޫ އަށް އިނގެންވާނެއޭ މިފަހަރު ވެސް ރައީސް ޔާމީންގެ ވެރިކަން ވެސް ވެއްޓެން ޖެހުނު އެންމެ ބޮޑު ސަބަބަކީ މީއޭ އަމިއްލަ އެދުން އިސްކޮށް ވެފައިވާ އަހުދުނާމާ މުގުރާލުމުންނޭ މީ ނުރައްކާތެރި ކަމެކޭ ނުރައްކަލޭ ނުރައްކަލޭ ނުރައްކަލޭ...

 8. ވިސްނާށޭ

  މަޖްލީސް އިންތިޚާބުގައި ބޮޑު ބަޔެއް އެމްޑީޕީން ހޯދަން ޖެހޭނެ ކަމަށް އިބޫ ވިދާޅުވުން އެއީ ކޯލިޝަން ޕާރޓްނަރުން ކަމުގައިވާ ޖޭޕީ އާއި ރައީސް މައުމޫނާއި އަދި އަދާލަތާއި އެކު ވެފައިވާ އަހުދުނާމާ މުގުރާލުމޭ މި މުގުރާލުން ވާނީ އިބޫގެ ވެރިކަމުގައި ހުރި ބިއުޓިފުލް ކްރީމް ކޮޅު ދިޔައީ ކަމަށް އެހެން ވެއްޖެނަމަ އިންސާނީ ބާރު ނުފޯރާ ވަރަށް ގިނަ ކަންކަން ދިމާވާނެއޭ އިބޫގެ ވެރިކަމުގައި އިބޫގެ ވެރިކަން ވާނީ ވަރަށް ނާކާމިޔާބު ވެރިކަމަކަށޭ އެއިރުން ވިސްނާށޭ ހެޔޮނުވާނެއޭ ވިސްނާނާށޭ އިބޫ ދަ ރާއްޖެތެރޭ ފުރަތަމަ ރައީސް އަކު ރާއްޖޭގެ ވެރިކަމާއި ހަވާލުވުން އެއީ އެންމެންނަށް އިބްރަތަކަށް ވެފައިވާ ކަމެކޭ އިބޫގެ ވެރިކަމަކީ ސިޔާސީ ގޮތުން އަމިއްލަ އެދުން އެއް ފަރާތް ކޮށް ސުލްހަ މަސަލަސް ކަން އިސްކޮށް ވެފައިވާ އަހުދު ނާމާ އޮޅުވާލައިގެން މާނަ ނުކޮށް ތެދުވެރިކަމާއި އެކު ތަންފީޒު ކުރާނެ އަހުދު ނާމާ އަކަށް ހެދުން އެއީ މުހިއްމު ކަމެކޭ ކެނެރީގެ ނަޝީދުގެ ވެރިކަން ވެއްޓިއްޖެއޭ ކޯލިޝަން އެއްބަސްވުން އުވާލި ތަނުން ވިސްނާށޭ

 9. ޔަގީނޭ

  މަމެން ހީކުރިން ދަ ރާއްޖެތެރޭ ރައީސް އަކާއި އަދި ނައިބް ރައީސް އަކު ހޮވުމުން އުތީމު ތިންބެއިން ގޮތަށް އެކުވެރިކަން މަތީ ތިބެގެން ކޯލިޝަން ރޫޅާނުލާނެ އުސޫލުން އިބޫ ގެ ވެރިކަން އިބޫ އަމިއްލަ އަށް ކުރިއަށް ގެންދާނޭ ކަމަށް އެކަމަކު އެއެއް ނޫނޭ ފެނިގެން މިދަނީ ފެންނަނީ އިބޫ ކެނެރީގެ ނަޝީދުގެ ޕަޕެޓަކަށް ވެގެން އޭނާ ބުނާ ގޮތަށް ސަރުކާރު ހިންގަން މަސައްކަތް ކުރާ ތަނޭ އެއިން ނިކުންނާނެ މަތީޖާ އަކީ އިބޫގެ ވެރިކަން އެއީ ރޮޓެން ވެރިކަމަކަށް ވުމޭ ޔަގީނޭ..

 10. ހެޔޮނުވާނެއޭ

  މަމެން ދެކޭ ގޮތުގައި އެމްޑީޕީން ނުޖެހޭނެއޭ ވެރިކަމުގައި ތިބެމެ ވައުދު ފުއްދުމަށޭ ކިޔާ މަޖްލީހުގެ މެޖޯރިޓީ ހޯދައިގެން ނޫނީ އެކަން ވާން ނެތޭ ކިޔާ އޮޅުވާލައިގެން ރައްޔިތުންނަށް ބިރު ދައްކައިގެން މަޖްލީސް ކާމިޔާބު ކުރަން އެއީ އެއްގޮތަކަށް ވެސް އެކަން ކޮށްގެންވާނެ ގޮތެއް ނޫނޭ އެގޮތަށް ނޫނޭ ތަމެން ކޯލިޝަންގެ އެއްބަސްވުން އޮތީ ރައީސް ޔާމީން ރައްޔިތުން ހޮވާފައިވާ ނައިބް ރައީސް އަކު އެއްލާލަން އުޅުމުން އެއިރު ވެސް މަމެން ބުނިން ތިޔާއީ ބޮޑު ގޯހެކޭ އެކަން ނުކުރާން އެކަން ކުރި ދުވަހުން ފެށިގެން ޕީޕީއެމްގެ ވެރިކަން ވަނީ ވޯޓް އިން ވެއްޓިފައޭ އެކަން މަމެންނަށް އެގުނޭ އެއިރު ވެސް މިހާރުވެސް...

 11. ޢަލީމް

  މަޖިލިސް އިންތިޚާބު އެމްޑީޕީ އަށް ލިބުމުން އަސްލު އިބުރާހީމް ތިބޭފުޅުންނަށް ފެނިގެންދާނެ. މިހާ ހިސާބަށް އެއްވެސްކަމެއް އަދި ނުކުރެވޭ،އެފެށި ވައުދު އުވާލަން.....

 12. ދިންވޯޓެކޭ

  ރައީސް އިބޫ ވެރިކަމަށް އައުމުގެ ބިންގަލަކީ އެއީ ކޯލިޝަންގެ ޕާރޓްނަރުން ކަމުގައިވާ ޖޭޕީ އަދި ރައީސް މައުމޫނުގެ ގްރޫޕް އަދި އަދާލަތު ޕާރޓީ އާއި އެކު ވެފައިވާ އެއްބަސްވުމާއި އެއްގޮތްވާގޮތުގެ މަތިން ކަންކަން ކުރާނެ ކަމުގެ ޔަގީން ކަން ރައްޔިތުންނަށް އާންމު ތަންތާނގައި ތަކުރާރު ކޮށް އިބޫ ވިދާޅުވެ އެޔަގީން ކަން ރައްޔިތުންނަށް ދިނުމުން ކޯލިޝަން ޕާރޓްނަރުންނާއި ގުޅިގެން ރައީސް ޔާމީން ކަން ކުރި ގޮތަށް ކަން ނުކުރާނެ ކަމުގެ ޔަގީން ކަން ދިނުމުން ރައްޔިތުން

 13. ޓިނު ބިންތި އަދުރޭ

  ދެން އެންމެން އައްޖަހާ....

 14. ޟާކިރު

  ޜައީސު މީހާވެސް މިހިރީ އަވާގަ ޖެހިނިމިފަ ދެއްކިހާ ވާހަކަ ކުރިހާ ހުވަޔާ އަހުދު ފިލާގޮސް ނިމިއްޖެ މޑޕ ބޮލުރޮދި ކެނޑިފަ ބަލަހަނމަ ނޭނގެނީތަ ތިއިންތިހާބުގެ ކުރިންވެސް ގާސިމު ބޭނުންގޮތެއް ހެދިދާނެކަން މެނބަރުން ތިބިގޮތް (މޑޕ19)(ޕޕމ26)(ޖޕ22)(އޕ1)އެހެންވީމަމިބުނީ އިބުރޭ ވެސް ގެޔައް ފޮނުވާ ލެވިދާނެޔޭ

 15. ނެތީމޭ

  ރިޔާސީ އިންތިޚާބުގައި އެމްޑީޕީން ނުޖެހޭނެއޭ އަގްލަބިއްޔަތު ހޯދަން ވައުދު ފުއްދުމަށް ޓަކައި މިސާލަކަށް މާލެ ސަރަހައްދުން ގޯތި ބޭނުންވާ ކޮންމެ މީހަކަށް ގޯއްޗެއް ހުޅުމާލޭން ދޭނެ ކަމަށް އިއުލާން ކޮށް މިހާރު ފްލެޓްސް ތަކަށް އެދި ހައުސިންގް މިނިސްޓްރީ އަށް ފޯރމް ލާފައިވާ ކޮންމެ މީހަކަށް ހުޅުމާލެ 2 އިން 2 ހާސް އަކަފޫޓްގެ ގޯއްޗެއް ސަރުކާރުން ދޭނެ ކަން އިއުލާން ކޮށް އެކަން ކުރަންވީ މަޖްލީހުގެ މެމްބަރުން އެއަށް އެއްވެސް ހުރަހެއް ނާޅާނެ މަޖްލީސް މަރުހަަބާއޭ ކިޔާނީ އެއިރުން މިސާލަކަށް 2 ހާސް އަކަފޫޓްގެ 25 ހާސް ގޯތި އެއް ފަހަރާ ސަރުކާރުން ހުޅުމާލޭން ދީފިނަމަ އެއީ ކުރިއަށް އޮތް 100 އަހަރަށް ކޮންސްޓްރަކްޝަން އިންޑަސްޓްރީ އަށް އަންނާނެ ބޫސްޓެކޭ މިކަން ނުކުރަން ސަރުކާރުން އުޅެނީ އެއީ ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އަނޭ މެން ދަ ގަމާރުވެފައި ދަބީތާ ވެފައި އެއްހިއްސު މަދު އުސޫލުން ވިސްނާތީއޭ މަމެން ބުނަން ނެތީމޭ..

 16. ހަމަ

  ސާބަހޭ ގާސިމް އެމްޑީޕީއަށް ދޫނުދޭތި

 17. ފެބްރުއަރީ 7

  އެމް.ޑީ.ޕީ އިން މާ ފުއްޕާފަަ މިއުޅެނީ ކުރިއަށް އޮތީ ފެބްރުއަރީ 7. ސޭޓާއި ޔާމީން އަދި ދެންތިބި އެންމެން ގުޅިގެން އެމް.ޑީ.ޕީ ސައިޒުކުރަން ޖެހޭ. ނޫންނަމަ މިޤައުމު އިންޑިއާއަށް ވިއްކާލުންވެސް މާދުރެއްނޫން...

 18. ބުލް

  ރާގު އެބަ ބަދަލުވޭ

 19. ދަވޭ

  ރާއްޖޭގެ ރިސޯރޓްސް ތަކުގައި މަތީ ފަންތިއާއި އަދި މެދުފަންތީގެ ވަޒީފާ ތައް ދިވެހިންނަށް ނުދީ ބޭރުމީހުންނަށް ދެނީ އެއީ ގާނޫނު ނެތިގެން ނޫނޭ އެކަން ނުވަނީ އެކަންވާނެއޭ ރައީސް އޮފީހުގެ ޕޮލިސީ ޑިޕާރޓްމެންޓް ގައި ރަސްމީ މަސައްކަތުގައިި ދުވާލަކު 18 ގަޑިއިރު މަސައްކަތް ކުރާނެ ޕޮލިސީ ސެކްރެޓަރީން ނެތުމުންނޭ އެގޮތުން ބަލާއިރު ރިސޯރޓްސް ތަކުގެ މުސާރައަށް މަހަކު 300 ޑޮލަރަށް ވުރެން ބޮޑު ނަމަ ވާރކް ވިސާ ނުދީ ބިޒްނެސް ވިސާ ދޭނެ ޕޮލިސީ އެއް އެކުލަވާލަންވީއޭ..

 20. ދޮންބެ

  ނުކިޔަވާ ރައީސް ރިބަން ޖަދަން ކަތުރު ހިފާގެން ސޫޓުލާފަ ހުރޭ އިތުރު ކަމެއް ކަލެޔަލައް ނުވާނެ

 21. ފަޤީރު ކަލޯ!

  100 ދުވަސް ހަމަނުވަނީސް މީނާގެ ހިތުގެ ޚިޔާނާތް އެ ހާމަވާންފެށީ! ކޯލިޝަނުން އެއްބަސްވެފައިވާ ގޮތާ ޚިލާފަށް 87 ދާއިރާއަށް ވާދަކުރުމަށް އަންނި ނިންމުމުން މީނާބުނީ ތީއަހަރެން ތާއީދު ކުރާކަމެއްނޫނެވެ. ތިމަންނައަށް ފެންނަނީ ގިނަވެގެން 50 ދާއިރާއަށް ކުރިމަތިލާށެވެ. މިނޫންގޮތަކަށް ރައީސުލްޖުމުހޫރިއްތާގެ ޙައިސިއްޔަތުން ތާއީދެއް ނުކުރާނަމެވެ. އެދުވަހުބުނި މިބަސް އެއީ ޚިޔާނާތުގެ ބަހެއްކަން ހަމައެއަނގައިން އެހާމަވަނީއެވެ. ޔާﷲ ދޮގާއިޚިޔާނާތުން ފުރިގެންވާ ނުބައިމީހުންގެކިބައިން މިޤައުގެ ތަޚުތު ސަލާމަތްކޮށްދެއްވާނދޭވެ! އާމީން!

 22. Miadhu

  ކޮބާ ވެރިކަމަށްޓަކައި ޖާނާއިމާލުން ހޭދަކުރި 4 ލީޑަރުންނަށް ރީތި މެސެޖެއް ލިބިއްޖެނު އިހުލާސްތެރި ސޯލިހު ދުޢާ ބާއްވާލެއްވި ފަދަބޭފުޅެއްކަމަށްބުނި ރައީސަކު ވެރިކަމަށް ގެނެވިފަ ތިތިބީ 3 ލީޑަރުން ދެން އަތްޖަހާ

 23. Miadhu

  ގާސިމު ެޔޮނުވާނެ މިއިންތިހާބުގެކުރިން އިބޫ ވެރިކަމުން ދުރުކުރޭ ފުރުސަތުގެ ބޭނުންކުރޭ އާދޭސް އާދޭސް އާދޭސް އާދޭސް

 24. ކަށަވަރޭ

  މަޖްލީސް އިންތިޚާބުގައި އެމްޑީޕީ އަށް ބޮޑު އަގްލަބިއްޔަތު ނެތް ނަމަވެސް އެމެން ބޭނުންވާ ވައުދު ފުއްދޭނެ ކަން އެއީ މަމެންނަށް ޔަގީންވެ ކަށަވަރުވާނެ ކަމެކޭ އެމްޑީޕީގެ މެނިފެސްޓޯގައި ނޮން ޕްރެކްޓިކަލް ކަންކަން ވަރަށް ގިނައޭ އެކަން ކަން ނުކުރެވޭނެއޭ މަޖްލީސް އެެއްކޮށް ލިބުނު ނަމަވެސް އެކަމަކު މާލެ ސަރަހައްދުން ގޯތި ދެވިދާނެއޭ 4 ލައްކަ މީހުންނަށް ރައީސް އޮފީހުގެ ޕޮލިސީ ޑިޕާރޓްމެންޓް އިން އެކުލަވާލާ ރެގިއުލޭޝަން އެއް ވަޒީރުންގެ މަޖްލީހުން ފާސްކޮށްގެން ޔަގީނޭ މިކަންވާނެ ކަން މިކަން ކުރަން ރައީސް އިބޫ ބޭނުން ނަމަ ޔަގީން ކަށަވަރު މިކަން ވާނެ ކަން..

 25. އަހްމަދު

  ކޮބާގާސިމްބެއައްރޭގަ އިބޫވިދާޅުވިވާހަކަފުޅުގެމާނަ އެގިވަޑައިގަންނަވައިފިބާ ކޯލިޝަނެއްގެތެރެއިން ވަކިޕާޓީއަކައް ބާރުތައްލިބޭގޮތައްވެރިމީހާ ވާހަކަދެއްކުމަކީ ޑިމޮކްރަސީގެއެންމެރީތި މިސާލުކަމަށްވާނަމަ އެމްޑީޕީއާވަކިން ދެންތިބިހުރިހާމީހުން ގުޅގެން ކޯލިޝަނެއްހަދާރައްޔިތުންނައް ހެޔޮވެރިކަމެއްކޮށްދެވޭތޯ މަސައްކަތްފަށަންވީވަގުތުޖެހުނީކަމަށްބައްލަވާ އެމަގުންކަންކަންނުކޮށް އެޅިހާބަތަކަށް ރިހަވެގެންތިބެއްޖެނަމަ އެމްޑީޕީއައްބާރެއްލިބޭހިާބުން ހުރިހާމީހުން ސަރުކާރުތެރެން ބޭރުކޮށްލާނެކަމީ ދުވާލުގެއިރުފަދައިން ޔަގީންކަމެއް

 26. ދަންނާތި

  ޕާރޓީ އަށް ވުރެން ގައުމު އިސްނުވީމާ ނޫންތޭ ރައީސް އިބޫ އެމްޑީޕީ އަށް މަޖްލީހުގެ މެޖޯރިޓީ ލިބެން ޖެހޭނެ ކަމަށް ބުނާނީ އެއީ ވަރަށް ބޮޑަށް ޕާރޓީ އިސް ކޮށް ގައުމު އިސް ނުކުރާ ކަން އަންގައިދޭ އަލިގަދަ ދަލީލު ތަކޭ މަމެން އަދިވެސް އުއްމީދު ކުރަމޭ އިބޫ އަކީ އެއީ ކެނެރީގެ ނަޝީދުގެ ޕަޕެޓަކަށް ނުވާނެ ކަމަށް ކެނެރީގެ ނަޝީދު ދައްކާވާހަކަ އެއް ނޫން އިބޫ ދައްކަން ޖެހޭނީ އިބޫ އަކީ އެއީ އެންމެހާ ރައްޔިތުންގެ ރައީސް އޭ އެކަން ދަންނަން ޖެހޭނެއޭ ޚުދު އިބޫ ވެސް

 27. ޖޮއްބެ

  ވެރިކަމަށް އައުމަށް އެންމެބުރަ މަސައްކަތްކުރީ އެމްޑީޕީ އިން ކަމަށް ސޯލިޙު ބުނިނަމަ އެއަށްވުރެ ބޮޑުދޮގެއް ސޯލިޙަކަށް ނުހެދޭނެއެވެ. އެހެނީ ވެރިކަން ހޯދުމަށްޓަކައި ރައީސް ޔާމީންގެ ގާނޫނީ ސަރުކާރު ވައްޓާލަން ގައުމުގެ އެކިކަންކޮޅުތަކުގައި ހަމަނުޖެހުން ހިންގާ މުޒާހިރާކޮށް އެކަންނުވުމުން ރާއްޖެ ފަގީރުކޮށް ބަނޑަށް ޖެއްސުމަށްޓަކައި ރާއްޖެއިންބޭރުގައި ކެންޕޭނު ތައް ޖެއްސިއެވެ. އެގޮތުން ސަރުކާރާބެހޭގޮތުން ދޮގު ބުހުތާން ވާހަކަ ބޭރުގެ މީޑިއާތަކަށްދީ ބައިނަލް އަގުވާމީ ޖަމިއްޔާ ޖަމާޢަތްތަކުން ރާއްޖެއަށް ލިބޭ އެހީ ތަކަށް ހުރަސްއަޅާ، ރާއްޖޭގެ ފަތުރުވެރިކަން ހަލާކު ކޮށްލުމަށްޓަކައި ކެނޑިނޭޅި މަސައްކަތްކުރަމުން ދިޔަ އެވެ. މިގޮތުން ކުރެވުނު އެއްވެސް މަސައްކަތެއް ކަމުފޮޅާގޮތެއް ނުވުމުން އުއްމީދުގެއްލި މާޔޫސްވެ ބިމަށް ތުންގަނޑުހެރި ބަސް ހުއްޓިފައި ތިއްބާ ކިރިޔާ ވެސް އުއްމީދެއް ލިބުނީ ބުރުމާގާސިމު މުސްކުޅިބެ ގޮވައިގެން އެމްޑީޕީގެ ފަހަތަށް އެރުމުންނެވެ. އެހިސާބުން ރ.މަޖްލިހުން މެންބަރުން ގަނެގެން ސަރުކާރު ވައްޓާލަން މަސައްކަތްފެށިއެވެ. މިގޮތުން ދެފަރެއްގެ މަތިން ކުރިމަސައްކަތްތަކުގައި ސަރުކާރަށް ނިސްބަތްވާ މެންބަރުންގެ ތެރެއިން ދިހަބާރަ މެންބަރުން ވިކި ބަޣާވާތުގައި ބައިވެރިވިއެވެ. މިކަން ކަން ހިނގަމުން ދިޔައިރު އަނެއްކޮޅުން ރީނދޫ ބައިގަނޑު ބުރުމާގާސިމުގެ ކުނޫޒެވެ ކިޔާ ގެއަށް އެއްކޮށްގެން އަޑުގަދަކުރާ ބަހައްޓައިގެން ސަރުކާރާ ބެހޭގޮތުން ރޯބުހުތާން ވާހަކަ ފަތުރަމުން ދިޔައެވެ. އެއިރު ކުނޫޒުއޮތީ ރީނދޫމީހުނަށް ހިތަކަށް ދީފައެވެ. ޚަރަދުތަށް ބެލެހެއްޓީ ގާސިމެވެ. މެންބަރުން ގަނެގެން ކުރިމަސައްކަތް ސަރުކާރުން އެޅިފިޔަވަޅުގެ ސަބަބުން ނާކާމިޔާބު ވުމުން ދެން ގަނެލީ ކޯޓުތަކެވެ. މިގޮތުން ސުޕްރީމްކޯޓުން ނެރުނު އާދަޔާޚިލާފު އަމުރުން ސަރުކާރު ސަލާމަތްވީ ހަމަކިރިޔާއެވެ. އެކަމުގެ ޒިއްމާ މީޑިއާތަކުގެ ކުރިމަތީގައި ގާސިމުއޮތީ ނަގާފައެވެ. ދެން އައީ އެންމެ ފަހު އެތިފަހަރެވެ. އެއީ އީސީ ގަނެގެން އީސީ ލައްވާ ކުރުވި ބޮޑުވައްކަމެވެ. ދިވެހި ރައްޔިތުން ގެ ތެރެއިން 96،000 މީހުންގެ ޙައްގުތައް ފައިދަށުލާ އީސީން އެހިންގި ބޮޑުޖަރީމާގައި ގައުމުފޭރިގަތެވެ. އެހިނދު ސަރުކާރުން އިންސާފުހޯދަން ދާންހުރި ހުރިހާ ދިމާލެއްވެސް އޮތީ ގާސިމު ގަނެފައެވެ. ސަރުކާރު ޖެހުނީ ބަލިނުވެ ބަލިގަބޫލުކުރާށެވެ. ރީނދޫމީހުންނަށް ވެރިކަންދިނީ ދިވެހިރައްޔިތުންނެއް ނޫނެވެ. އަދިކިއެއްތަ ބުރުމާ ގާސިމެވެ. ވީމާ މިއަދު ސޯލިހުމެން އަނގަފުޅާ ކޮށްފައި ހުރިހާ މަސައްކަތެއްކުރީ ތިމަންމެނޭ ބުނީމާ އެއީ ހެދޭބޮޑުދޮގެކެވެ. ރޯމާދުވާލުގެ އަލިކަމުގައި ވައްކަންކުރުން ފަދަ ކަމެކެވެ.

 28. ބުނެދީ

  އެމްޑީޕީން ރައްޔިތުންނަށާ ގައުމަށް ފައިދާކޮށްދޭން އުޅޭ ކޮންކަމެއްގަބާ ޖޭޕީން ދެކޮޅު ހަދާނީ؟ އެމްޑީޕީގެ އަޑީގަ އޮންނަ ނާންގާ އެޖެންޑާއަށް ނޫނީއްޔާ ރައްޔިތުންނަށް ފާގަތިކަން ގެނެސްދޭނެ ކޮންމެ ކަމެއްގަ ޖޭޕީންވެސް މަޖްލިހުގަ އެމްޑީޕީއާ އެއްކޮޅަށް ވޯޓްދޭނެ. އެމްޑީޕީއަށް މެޖޯރިޓީ ހޯދަން އުޅޭ އަސްލު ސަބަބު އޮޅުންފިލުވަނުދީ ކޯލިޝަންގެ ބައިވެރިންނަކީ ބޭނުމެއްނެތް ބައެއްކަން ދައްކަން ތިޔަ މަސައްކަތްކުރަނީ. ސަރުކާރުގެ ކޮންކަމެއް ނުވާނެތީތަ އެމްޑީޕީއަށް މެޖޯރިޓީދޭންޖެހެނީ؟ ވެރިކަމަށް އެރީ ކޯލިޝަނާއެކުވީމަ ސަރުކާރު މަގާމުތައް ޖޭޕީއަށްވެސް ބެހި ގޮތަށް މަޖްލިސް ގޮނޑިތަށްވެސް ޖޭޕީއަށް ކަނޑައެޅުނު ގޮތަށް ލިބޭނެ ގޮތް ހެދުމުގައި އޮތް އަސްލު މައްސަލައަކީ ކޮބާ؟

 29. ބައްބަ

  އެމްޑީޕީގެ ގޮތް އެންމެބޮޑަށް އެނގިލައްވާނީ އިބޫއަށް ތިގޮތަށް ވާހަކަދެއްކިޔަސް ތި އިބޫ މާދަމާ ބޭރުކުރާނެކަން ހަމަޔަގީން މަޖިލީހުގެ މެޖޯރިޓީ ހޯދަނީ އެބޭނުމުގައި އަވަހަށް ފޮށި ތަންމަތި ރެޑީކުރޭ ރަށައް ދާން........ .

 30. ހަސަނުލް

  މަދު ވެގެން 50 ގޮޑި ހައްގު

 31. ކިންގްފިޝަރ

  އެމްޑީޕީ އިން ކުރީ ކޮންކަންތައްތަކެއްކަން ހާމަކޮށްދީބަލަ. އެއިރުންތާ އިނގޭނީ. ހީވަނީ އެކަންތައްތައް ހާމަކޮށްފިއްޔާވެސް މައްސަލައަކަށް ވާނެހެން. އަމިއްލައަށް ފައިގަ ކަތިވަޅިން ތަޅަން ތިޔަފެށީ.

 32. އަހްމަދު

  ގާސިމްގެ ޖޭޕީއަށް ސަރުކ؛ަަރުގެ ހުރިހާ މަގާމެއް ދިނީމަވެސް ހިތްފުރޭވަރެއްނުވޭ. ކޯލިސަނުން ވަކިވެގެން ގާސިމަށްވާނީ ކޮންފައިދާއެއް.