ކުރީގެ ރައީސް މުހައްމަދު ނަޝީދާ ވާދަކުރުމަށް ފުރުސަތު ލިބުމަކީ ޝަރަފެއްކަމަށް އިއްޔެ ބޭއްވި އެމްޑީޕީ ޕްރައިމަރީން ނަޝީދާއި ވާދަ ކުރައްވައި ބޮޑު ތަފާތަކުން ބަލިވި، މއ ތަބައްގޭ އައިޝަތު އަލައިކާ އަދުނާން ވިދާޅުވެއްޖެއެވެ.

ރޭ އެމްޑީޕީ ހަރުގެ ސަރަހައްދުގައި ބޭއްވި ހަރަކާތެއްގައި ވާހަކަ ދައްކަވަމުން އަލައިކާ ވިދާޅުވީ ޕްރައިމަރީގައި ރައީސް ނަޝީދާ ވާދަކުރުމަށް ފުރުސަތު ލިބުމަކީ ޝަރަފެއް ކަމުގައެވެ. އަދި އެމްޑީޕީގެ ޕްރައިމަރީއަކީ ޑިމޮކްރަސީގެ ރީތި މިސާލެއްކަމަށް އަލައިކާ ވިދާޅުވިއެވެ.

"ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ރައީސް މުހައްމަދު ނަޝީދަށް ވާދަކެރެވެން ޖެހޭނެ ,ވަކި މަޤާމެއް އަދާކުރައްވާފައި ވުމަކީ ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން ރައީސް ނަޝީދަށް ލިބިގެންވާ ހައްގެއް ގެއްލިގެންދާންޖެހޭ ސަބަބެއް ނޫން" އަލައިކާ ވިދާޅުވިއެވެ.

މީގެ އިތުރުން އެންމެން ގުޅިގެން އެކީ ނުކުމެ ރައީސް ނަޝީދަށް ގޮނޑި ކާމިޔާބު ކޮށްދިނުމަށްވެސް އަލައިކާ ގޮވާލެއްވިއެވެ.

ޕްރައިމަރީގައި 267 ވޯޓު ނަޝީދު ހޯއްދެވިއިރު އެމަނިކުފާނާ ވާދަކުރެއްވި އަލައިކާއަށް ލިބިފައި ވަނީ 52 ވޯޓެވެ.

އަލައިކާއަކީ މިދިޔަ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ އެކްޓިވިސްޓުން ތަމްރީން ކުރުމުގައި ހަރަކާތްތެރިވި ބޭކަނބަލެކެވެ.

ނަޝީދު އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބު ކުރައްވާފައި ވާއިރު އެމަނިކުފާނު ވަނީ 1999 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި މާލޭގެ ދެ ގޮނޑީގެ ތެރެއިން އެއް ގޮނޑި ކާމިޔާބު ކުރައްވައިފަ އެވެ. އެ ފަހަރު މާލޭގެ ދެ ގޮނޑިއަށް އިންތިޚާބުވީ އިލްޔާސް އިބްރާހީމާއި ނަޝީދެވެ. ނަމަވެސް، ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުން ވަނީ ވައްކަމުގެ ކުށެއް ސާބިތުކޮށް 2001 ގައި ނަޝީދުގެ ގޮނޑި ގެއްލުވައިލި އެވެ.

ނަޝީދުގެ މައްޗަށް ވައްކަން ސާބިތުކުރީ ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ގެކޮޅު ކަމަށްވާ ވެލާނާގެ ތަޅާލި އިރު އެތަނުން އުކާލަން ބަހައްޓާފައި ހުރި ކުނި އެއްޗަކުން ކަރުދާސްތަކެއް ނެންގެވުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޢަލީ

    ހައްހައްހާ ޢެހެންވާނީ ތަނެއް އޮތިއްޔާ އަތް ބާނަންޔާ

  2. މުހައްމަދު

    ހޫން ތިޔޮތީ ހައްޖުދަތުރެއް ކުރެވިފަ އަދި އެއްބުރުގާއަޅައިގެން ލާދީނީ މީހުން ގައިގަ އޮޅުލާ ހުރިކޮށި ވިސްނުމުގެ މުޑުދާރުކަން އުތަ މަގުއޮޅިފައި ތިބޭމީހުންނަކީ ފަހުން ހިތާމަކުރަންޖެހޭނެ ބައެއްކަން މިއޮތީފެންނަން ހެހެހޭ

  3. މަހުދީ

    ނަސީދު މެންބޭނުންނުވޭ ކިޔަވައިގެންތިބި އަންހެން ކަނބަލުންނަށް ފުރުސަތު ދޭކަށް.

  4. ަސާބަސް

    ތިވަރުން ވާދަނުކޮށް ގޮނޑި ހަދިޔާކުރިނަމަ. ނޫނީ މަންޒަރު ރީތިކޮށްލަން ކޮށްލި ކަމެއްބާ..

  5. ސަޓޯ

    މއ ތަބައްގޭ އައިޝަތު އަލައިކާ އަދުނާން މިއީ އަނެއްކާ ކޮންތާކުން އައި ކާކު ؟؟؟؟