ރާއްޖެއާއި ދެކޮޅަށް ފިޔަވަޅުއަޅަން އީޔޫ ކައުންސިލްގައި އެދެން އީޔޫ ޕާލެމެންޓުން ފާސްކޮށްފައިވާ ގަރާރު ދިވެހި ދާހިލީ ވުޒާރާއިން ކުއްވެރިކޮއްފިއެވެ.

އެގޮތުން އީޔޫގެ ގަރާރު ކުއްވެރިކޮށް ދިވެހި ދާހިލީ ވުޒާރާއިން ނެރުނު ބަޔާނުގައިވަނީ، ދިވެހިރާއްޖޭގައި ދީނީ މިނިވަންކަން ދިނުމަށް ގޮވާލައި އީޔޫ އިން މިމަހު 14 ވަނަ ދުވަހު ފާސް ކުރި ގަރާރު ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުން ބަލައިނުގަންނަ ކަމަށާއި, އީޔޫން އިން ފާސް ކުރި ގަރާރު އެންމެ ހަރުކަށި އިބާރާތުން ކުއްވެރި ކުރާ ކަމަށެވެ.

މި ގައުމުގައި އިސްލާމް ދީން ނޫން ދީނަކަށް ފުރުސަތު ދެވެން ނެތް ކަމަށް ދިވެހި ހާރިޖިޔާއިން ނެރުނު ބަޔާނުގައިވަނީ ފާހަގަ ކޮށްފައެވެ.

މި ބަޔާނުގައި އިތުރަށް ވަނީ މިހާރު އަމަލު ކުރެވެމުންދާ ގާނޫނު އަސާސީގައި ދިވެހި ދައުލަތުގެ ދީނަކީ އިސްލާމު ދީން ކަން ސާފުކޮށް ބަޔާން ކޮއްފައި ވާއިރު، އީޔޫ އިން ފާސްކުރި ގަރާރުގައި ރާއްޖެއާއި ގުޅޭގޮތުން ހަގީގަތާއި ހިލާފު ވާހަކަތަަށް ހިމަނައި ރާއްޖޭގައި ހައްދުފަހަނައަޅާފައިވާ މުސްލިމުން އުޅޭކަމަށް ސިފަކޮށް މިގައުމާއި ދޭތެރޭ ދުނިޔެ ދެކޭ ގޮތް ކިލަނބު ކުރުމަށް ވަރަށް ބޮޑަށް މައްސަކަތް ކޮއްފައިވާކަމަށެވެ.

އަދި ރާއްޖޭގައި ހައްދުފަހަނައަޅާފައިވާ މުސްލިމުން އުޅޭކަމަށް ސިފަކޮށް މިގައުމާއި ދޭތެރޭ ދުނިޔެ ދެކޭ ގޮތް ކިލަނބު ކުރުމަށް ބަޔަކު މި ކުރާ މައްސަކަތް ކުއްވެރިކޮށް އެކަން ހުއްޓާލުމަށް މިބަޔާނުގައިވަނީ ގޮވާލާފައެވެ.

މި ބަޔާނުގައި އިތުރަށް ވަނީ އިދިކޮޅު ފަރާތްތަކުން އިސްވެ ތިބެ މާލެއާއި ރަށްރަށުގައި ހިންގަމުންދާ ހަމަނުޖެހުންތަކާއި މުޒާހަރާ ތަކަކީ މިފަދަ ލާދީނީ ފަރާތް ތަކުގެ އެހީތެރިކަމާއިއެކު, މި ގައުމުގައި އޮތް އިސްލާމު ދީނާއި ކުރިއެރުމާއި ތަރައްގީއަށް ނަފުރަތު ކުރާ ބަޔަކު ކުރަމުންގެންދާ މައްސަކަތަކެއް ކަމަށް ބެލެވިފައިވާތީ މި ކަންތަތަކަށް ދިވެހި ރައްޔިތުން ސަމާލުވެ ރައްކާތެރިވެ, މިފަދަ އައިރު ގާނޫނީ އެއްވުން ތަކުގައި ބައިވެރި ނުވުމަށް ދިވެހި ރައްޔިތުންނަށް އިލްތިމާސް ކުރާ ކަމަށެވެ.

ހަތް ގައުމެއް ގުޅިގެން އީޔޫ ޕާލަމެންޓަށް ހުށަހެޅި މި ގަރާރުގައި ވަނީ ރާއްޖޭގެ ގާނޫނު އަސާސީގައި އިސްލާމްދީން ނޫން ދީނަކަށް ފުރުސަތު ނުލިބޭ ގޮތަށް އޮތް އޮތުން ނެގުމަށް ގޮވާލާފައެވެ. އަދި ރާއްޖޭގައި މަރުގެ އަދަބު ދިނުމަށް ނިންމާފައިވާތީ އެކަމާ ގުޅޭ ގާނޫނުތައް ބަދަލުކޮށް މަރުގެ އަދަބު ދިނުން ހުއްޓާލުމަށް ވެސް މި ގަރާރުގައި ގޮވާލާފައިވެއެވެ.

މީގެއިތުރުން މި ގަރާރުގައި ވަނީ ރާއްޖޭގައި މިހާރު އިއުލާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ޙާލަތު އުވާލުމާއި، ރައްޔިތުންގެ މަޖިލީހާއި ޝަރުޢީ ކޯޓުތަކަށް މިނިވަންކަމާއިއެކު މަސައްކަތްކުރެވޭނެ މާހައުލެއް ޤާއިމްކުރުމާއި، މީޑިއާގެ މިނިވަންކަން ދިނުމަށް ވެސް ހިމަނާފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އުފުރާލާ

    މަގުމަތިން ސަރުކާރު ވައްޓާލުމަކީ އެއީ ރައްޔިތުންގެ ހައްގެއް ނޫނޭ އެއީ ޚާއިނުންގެ ކަމެކޭ އެއީ ގައްދާރުންގެ ކަމެކޭ އެއީ ގައުމު ދެކެ ލޯބިނުވާ ބަތާހަރާމީން ދަ ހަރާމްކޯރޭ މެންގެ ކަމެކޭ. ޑޯންޓް ޔޫ ނޯ ދިސް ބެކް ބޯން މުގުރާ. ސްޕިންގް ހެޑް ބޭޑް ހެޑް އެން އެވްރީ ބޮޑީ އޮފް ދެމް ހޭޒް ގޯން ބޭޑް އެން މޭޑް އެން ކްރޭޒީ ޔޫ ނޯ އައި ރިއަލީ ހޭޓް ޓު ސީ ދިސް ޓައިޕް އޮފް ހަރާމްކޯރުން ދަ ބަތާހަރާމީން. އޯލް އައި ވޮނާ ސޭ ދެޓް ދޭ ޑޯންޓް ރިއަލީ ކެއަރ އެބައުޓް އަސް ދޭ ޑޯންޓް ރިއަލީ ކެއަރ އެބައުޓް އަސް އާއްހާއް އާއްހާއް އާއްހާއް އާއްހާއް. އުފުރާލާ އުފުރާލާ އުފުރާލާ މިރޭ މުޒާހަރާ ލީޑް ކުރަން ނިކުންނަން ތިބި އެންމެން އުފުރާލާ އުފުރާލާ އުފުރާލާ.

  2. މސ

    އީޔޫގެ ޤަރާރު ހަރުކަށި އިބާރާތުން ކުއްވެރި ކުރަމެވެ!

  3. ހުމުދު

    ތިޔައީ ދިވެހިރާއްޖެ އަށްއެޅި ފިޔަވަޅެއްނޫން ތިޔައީ މުސްލިމުންނާ އިސްލާމު ދީނައްއެޅި ފިޔަވަޅެއް ތިޔަ ގޮންޖަހަނީ ﷲ ގެ އަމުރުފުޅުތަކަށް ތިޔަ އީޔޫ ރިވެތި ގޮތުގަ ނެތި ކުރައްވާތަން ދުނިޔޭގަ ތިބިބަޔަކަށް ފެންނާނެ ކެނެރީ ނަސީދުގެ ނިމުން ހިތިވާނެކަން ޔަގީން ކާފަރުންނާ ގުޅިގެން އިސްލާމުންނަށް ދުއްތުރާ ކުރަނީ.......

  4. ޥެދުންސަލާން

    ގައްދާރުންނަކީ ގައްދާއިންތޯ؟ ކިޔޭނުކިޔޭއެއްޗެއް ދަސްކޮށްގެން ކޮމެންޓްކުރަމާތޯ؟

  5. ޥެދުންސަލާން

    ދަރޯނުއެދުރު ހިއްވަރުކުރޭ!

  6. ރަނގަޅު

    ކަލޭމެންނަށްކަމުދާވާހަކަަނޫނީނުޖަހާތި!އެއީނޫސްވެރިކަމަކީ ސާބަސް.

  7. ޙަސަން އަޙްމަދު ސަލީމް

    މި ގައުމުގައި އިސްލާމް ދީން ނޫން ދީނަކަށް ފުރުސަތު ދިނުމަށް ކެނެރީގެ ނަޝީދާއި އޭނަގެ ބައިގަނޑު ބުނަމުންދާތީ، އީޔޫ އިން ތެޅިބާލަނީ މިގައުމު ހަލާކުކޮށް މިގައުމުގައި ޣައުދީން ފެތުރުމަށްޓަކައި، އަދި އެ ކެރަފާ ގްރޫޕު ތިބީ އެ ކާފަރު އީޔޫ އާއި އެކު އަތުގުޅާލައިގެން އެމީހުން ކިޔާހާ އެއްޗަކަށް ރުހިގެން . މީ ޙަޤީޤަތަކީ.