ސަރުކާރު ވައްޓާލާނެ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން މިރޭ ބޮޑު އެއްވުމެއް ބާއްވަން ތައްޔާރުވަމުންދާއިރު މިރޭ އެފަރާތްތައް ވެއްޓޭނީ އަގަވަތަށް ކަމަށް އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.

މިރޭ އަލްހާން ކުރެެއްވި ޓުވީޓެެއްގައި ވިދާޅުވީ "މަގުމަތީގައި އާންމުނަށް އުދާގޫ ކުރުން ނޫން ކަމެއް އިދިކޮޅު ސިޔާސީ ވެރިނަށް ނޭގުމަކީ ދެރަވަރު ކަމެއް. މިރޭ ވެއްޓޭނީ އަގަވަތަށް" ކަމަށެވެ.

"ހުއްޓުވާ"ގެ ނަމުގައި މިރޭ އިދިކޮޅު ފަރާތްތަކުން ކުރަން ރާވާފައިވާ މުޒާހަރާގައި ބައިވެރިވުމަށް އެތައް ހާސް ބަޔަކު މާލެ އަރާފައިވާކަމަށާއި މިރޭ ސަރުކާރު ހުއްޓުވާނެކަމަށް އިދިކޮޅު އިއްތިހާދުން ވަނީ ބުނެފައެވެ.

މިއަދު ކުނޫޒުގައި އިދިކޮޅު ފަރާތްތަކުން ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެެއްގައި ވާހަކަ ދައްކަވަމުން މަޑުއްވަރީ ދާއިރާގެ ކުރީގެ މެންބަރު އަމީތު ވިދާޅުވީ މިރޭ ގެޔަށް ވަންނާނީ ހުއްޓުވާފައި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ކެެރެޓް

    އަލްހަމްދުއްލިﷲ އަލްހާނު ސަރުކާރާއި ގުޅެން ވަރަށްބޮޑަށް ޕީޕީއެމް މީހުން ބޭނުންވޭ

  2. މަރުހަބާ

    އަލްހާނު މަރުހަބާ... ޕޕމއަށް... މިއީ ގުޅެންވީ ވަގުތު... ވެލްކަމް ކިޔުމަށް މިތިބީ ދޮރުކުރިމަތީގަ...

  3. ޖަމީ

    ވާއޮ ސަޅި އަޅްހާން

  4. ޝާނީ

    މީނަ މީ ދެން ކާކުތާ؟

  5. ސއފ

    .ކަލޭ ނަސީބެތްނުންއަގަވަތަށް ނުވެއްޓޭކަން

  6. މ

    ޢަސްލުވެސް އިރާދަ ކުރެއްވިއްޔާ ވެއްޓޭނީ އަނގަ ވަތައް...

    • ހައްވަ

      ޢަލްހަމްދުﷲ

  7. ާސުމްސު

    ކލޯ ކޮންތާކު އުޅެފަ ތިއައީ

  8. އަލީ

    އަމީތު އަކީ މިދެން ކާކު ! ގެޔަށް ގޮަސް އަންހެނުން ކައިރީގަ އޮވެބަލަ. މީނަ ހިތުން މިދެން މާ ވަރުގަދަ މީހެއް.ފުއްޕާ ހަމެއްހެން ވައި އެޅިގެން މިއުޅެނީ. އެއްފަހަރު ކުނޫޒް ތެރޭގަ އަނެއް ފަހަރު އެމްޑީ ޕީ ހަރުގެ ތެރޭގަ މި ގޮލާ މޮޔަވީތަ. ހެހެ

  9. ޙަފްޞާ / މާލެ

    ގަދަ އަލްޙާނު! ތިބުނުއްވީ ތެދެއް އިރާދަކުރެއްވިއްޔާ! ރަށްރަށުން އެކަކުވެސް ނާދޭ! މލެއިންވެސް ނުކުތީ ހަތަރުސަތޭކައެއްހާމީހުން!

  10. ްޤާސިމު

    ޤާސިމު ކަލެ އަންވުރެ މީނަވެސް ރަގަޅު