ސިވިލްކޯޓަށް ހުށައެޅިފައިވާ މައްސަލައަކާއި ގުޅިގެން އެކޯޓަށް ޙާޞިރުކުރަން ބޭނުންވެ ޙާޞިރު ކުރެވިފައި ނުވާ މީހަކު ބަނދުގައި ބަހައްޓައިގެން ޙާޞިރުކޮށްދިނުމަށް ސިވިލްކޯޓުން ފުލުހުންެ ކިބައިން އެދުމުން އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

މި އަމުރާއި ގުޅހިގެން ފުލުހުން ހޯދަމުން ދަނީ މއ. ކެލާގެއާގެ/ ޢުމުރުން 35 އަހަރުގެ ޢަބްދުﷲ މަހާތިރުއެވެ.

ފުލުހުން ޢަބްދުﷲ މަހާތިރު ހޯދުމުގެ މަސައްކަތް ފަށައިފައި ވަނީ ސިވިލްކޯޓުގައި ދަޢުވާކުރަމުންދާ ޙުކުމް ތަންފީޛްކުރުމުގެ މައްސަލައަކާ ގުޅިގެން އެކޯޓަށް ޙާޞިރުކުރެވިފައިނުވާތީ، ބަންދުގައި ބަހައްޓައިގެން ޖަނަވަރީމަހުގެ 21 ވަނަ ދުވަހު 10:00ށް ސިވިލްކޯޓަށް ޙާޞިރުކުރުމަށް ފުލުހުންގެ މައްޗަށްއެ ކޯޓުން ކޮށްފައިވާ ޙުކުމަކާއި ގުޅިގެންނެވެ.

މި މީހާ އާއިބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައި ވާނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ ނަންބަރު 9991442ށް ހިއްސާ ކުރެއްވުމަށް ފުލުހުން ވިދާޅުވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު