މާލޭ ގެއެއްގެ ފާރުން ބައެއް މީހެއްގެ ގައިމައްޗަށް ވެއްޓި އަނިޔާވެއްޖެއެވެ.
ޗާންދަނީ މަގު ރެޑްބީ ފިހާރަ ކައިރީގައި ހުރި ގެއެއްގެ ފާރުން ބައެއް މީހެއްގެ ގައިމައްޗަށް ވެއްޓުނު ކަމުގެ ރިޕޯޓު ފުލުހަށް ލިބިފައި ވަނީ މިރޭ 7:00 ހާއިރު ކަމަށް އެ އިދާރާއިން ވިދާޅުވެއެވެ. އަދި އެ ހާދިސާގައި އަނިޔާވި މީހާ މިހާރު އައިޖީއެމްއެޗްގައި ފަރުވާ ދެމުންދާ އިރު، ހާލު ސީރިއަސް ނޫން ކަމަށްވެސް ފުލުހުން ވިދާޅުވެފައިވެއެވެ.
ފުލުހުން ވިދާޅުވީ ހާދިސާގައި އަނިޔާވެފައި ވަނީ 19 އަހަރުގެ ފިރިހެނަކަށް ކަމަށާއި، ފާރުން ވެއްޓުނު ބައި ގޮސް ޖެހުނީ އޭނާގެ އަތުގައި ކަމަށެވެ. އަދި ފަރުވާތަކަށްފަހު މިހާރު އޭނާ އައިޖީއެމްއެޗުން ދޫކޮށްލާފައިވާ ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.
މީހެއްގެ އިތުރުން ފާރު ވެއްޓި ޖެހުނު ސައިކަލަކަށް ގެއްލުން ވެފައިވެއެވެ. ވެއްޓުނު ފާރަކީ އެގޭގެ ދެވަނަ ބުރީގެ ބެލްކަނީގައި ހުރި ފާރެކެވެ. ފުލުހުން މިހާރު ވަނީ ފާރުގެ ބާކީބައިވެސް ނަގާފައެވެ.
މިއީ ބަލާވެރި ކަމެއް
މިއަހަރު ލަފާކުރެވޭ މާލޭގެ ހުރިހާ ބާގެތައް ވެއްޓޭނެކަމަށް. މީ ދީލަތި ސަރުކާރު. ކަންމަތީ ގެތައް އަވަހަށް ހަދާދީ
ތިވާނީ ޖިންނީގެ ކަމަކަށް
މަލެއައް ކަންތައްގަނޑެއް ލައިގެން އުޅޭހެން އެބަ ހީވާން ފަޝައިފި.. މާލެ ފަޅު ނުވަނީސް ރުގްޔާ ކިޔަވާފަ ފެން އަޅަންވީ މަގުތަކަށާއި ބުރިޖުމައްޗައް..މިއީ ޝައިތާނީ ބަލާތަކެއް..
މާލޭގެ ބޮޑު ސާވޭއެއް ކޮއްފައި ބުނީ ހައްލު ކުރަން ޖެހޭ އިމާރާތެއް ސައިޓެއް ނެތޭ. ލޮލް
ބާވެ ވެއްޓެން ކައިރިވެފައިވާ ފާރުތަކާއި އިމާރާތްތަ ވަރަށް ގިނަ.
ގަދަ އިނގޭ ޕޮލިސް
ބަލަން ހުރޭ... ދެން ވެއްޓޭނީ މި ލާދީނީ ސަރުކާރު