ޑިންގީއެއްގައި މަސްތުވާތަކެތި ހިފައިގެން ދަތުރު ކުރަމުން ދިޔަ ދެމީހަކު ކަނޑުމަތިން ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު ވިދާޅުވީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ރ.އުނގޫފާރު ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި، މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެމީހުން ހައްޔަރު ކުރީ ރ.ހުޅުދުއްފާރަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށާއި ހައްޔަރުކޮށްފައި ވަނީ 18 އަހަރުގެ ދެ މީހަކު ކަމަށް ފުލުހުން ވިދާޅުވިއެވެ.
"މިއަދު 8:53 ހާއިރު ހިންގި މިއޮޕަރޭޝަންގައި، ރ. އަތޮޅުގެ ފަޅުރަށެއް ކައިރިން ޑިންގީއެއްގައި ދަތުރުކުރަމުން ދިޔަ މި ދެމީހުން ފުލުހުގެ ބެލުމުގެ ދަށަށް ގެނެސް ބަލައިފާސްކުރި ކުރުމުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ޖޫސްޕެޓީ ކޮތަޅަކާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ދަޅެއް ފެނިފައިވެއެވެ." ފުލުހުން ވިދާޅުވިއެވެ.
މި މައްސަލަ ރ. އުނގޫފާރު ޕޮލިސް ސްޓޭޝަނުން ދަނީ ތަޙުޤީޤު ކުރަމުން ކަމަށް ފުލުހުން ވިދާޅުވިއެވެ.
މިވެރިކަމުގައި މަސްތުވާތަކެތީގެ ވިޔަފާރިވެސް ހެޓަކަށް ފުޅާވީ.
އެއީ ގައުމީ ބުއިން. އިއްޒަތްތެރިންގެ ވިޔަފާރިއާ ކުޅެން ނޫޅޭ.
ތިކަހަަގެ ކިތަންމެ މަސްތުވާ އެތަށްކިލޯއެއްގެ ތަކެތި އަތުލެވޭނެ ލ.އަތޮޅު މައިބާދޫން ފެރީތަކާ މައިބާދުއަށްޖައްސާ ލޯންޗުތަކުން މާބައިދޫއަކީ ބޮޑެތި ޑީލރުން ތިބި ވިއްކާ ބޮއެ ކުޑްކުދިންނަށްބަހާ ހަދަމުންދާ ރަށެއް މިކަމށް އެއްވެސް ހައްލެއް ނުލިބުނު ކައުންސިލް ނިދާފަ ފުލުހުން ލޯމަރާގެން