ވެމްޕަޔާ ޑައިރީސް ސީރީޒްއިން އާއްމުންގެ ބޮޑު މަގުބޫލުކަމެއް ހޯދި ބަތަލާ ނީނާ ޑޮބްރެވް މި ފަހަކުން އެފްރިކާއަށް ކުރި ދަތުރުގައި ސިންގާތަކެއްގެ ޝިކާރައަކަށްވެ މަރުނުވި ހަމަކިރިޔާ ކަަމަށް ރިޕޯޓްތައް ބުނަން ފަށައިފިއެވެ.

ކެނެޑާއަށް ނިސްބަތްވާ މި ތަރިއަކީ ވެމްޕަޔާ ޑައިރީސްގައި އެލީނާ ގިލްބާޓްއެވެ. ނީނާ ބުނީ، އެފްރިކާގެ ވައިލްޑް ސަފާރީ ޓުއާއަކަށް ރަހުމަތްތެރިންނާއެކު ގޮސް އުޅުމުގެ ތެރޭގައި އެކި ޖަނާރުތައް ފެނުނު ކަމަށެވެ.

އަދި އޭނާއަކީ އެފްރިކާއަށް އަބަދުވެސް ދާހިތްވެފައި އުޅޭ މީހެއްކަމަށާއި، އެ ދަތުރު ވަރަށް މަޖާ ކަމަށްވެސް ބުންޏެވެ. އަދި އެންމެ މަޖަލީ ސަފާރީ ދަތުރުކަމަށްވެސް ބުންޏެވެ.

"އެ ދަތުރުގައި އެތެއް ފެން ބޯން ހުރިތަން ދެކުނުނިން. ލިއޯޕޯޑްވެސް ދެކުނިން. އެންމެ ބިރުގަތީ ސިންގާތައް ދެކެ," އޭނާ ބުންޏެވެ.

އެގޮތުން ސިންގާތައް އެ މީހުން ކާލަން މަސައްކަތް ކުރިކަމަށް ނީނާ ވަނީ ބުނެފައެވެ. ނީނާ ބުނީ، އެމީހުންގެ ޓުވާ ގައިޑު އެ ސިންގާތައް ދުރުކުރީ ކަމަށްވެސް ބުންޏެވެ. އަދި އެ ސިންގާތައް ޓުއާ ގައިޑް ދެކެ ބިރުގަނެފައި ހުރިކަންވެސް ފާހަގަކުރިއެވެ.

ނީނާ ބުނިގޮތުގައި، އޭނާގެ ހަޔާތުގައި އެވަރުގެ ދުވަހެއް ނުދެކޭ ކަމަށެވެ. ނީނާ އެފްރިކާއިން އެނބުރި އައިސް އޭނާގެ 30 ވަނަ އުފަން ދުވަސްވެސް ވަނީ ފާހަގަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު