މި ހިނގާ ޖެނުއަރީ މަހުގެ 11 ވަނަ ދުވަހު ރާއްޖެއަށް ހަނީމޫންއަށް އައިސް އުޅެނިކޮށް މަރުވި ފިލިޕީންސްގެ ދެމަފިރިންގެ އޮޓޮޕްސީ ރިޕޯޓްތައް އާއްމުކޮށްފިއެވެ.

މި ދެމަފިރިން މަރުވެފައި ވަނީ ސްނޯކްލިންގއަށް ގޮސް އުޅުމުގެ ތެރޭގައި މި މަހުގެ 13 ވަނަ ދުވަހުއެވެ.

މި ރިޕޯޓާއި ގުޅޭގޮތުން ވާހަކަދައްކާފައި ވަނީ، ފިރިހެން މީހާ ލިއޯމާގެ ބައްޕައެވެ. އޭނާ ބުނީ، އޮޓޮޕްސީން ދައްކާގޮތުގައި، އޭނާގެ ދަރިފުޅު މަރުވީ ހިތްހުއްޓިގެން ކަމަށެވެ. އަދި އޭނާގެ އަންހެނުން އެރިކާ މަރުވީ ފިރިމީހަ ސަލާމަތް ކުރަންވެގެން އުޅެނިކޮށް ގެނބިގެން ކަމަށްވެސް ލިއޯމާގެ ބައްޕަ ބުންޏެވެ.

މި ދެމަފިރިން މަރުވެފައި ވަނީ، ކ.އަތޮޅު ދިއްފުށީ ކައިރިން މޫދަށް އެރި އުޅެނިކޮށެވެ. މި ދެ މީހުން ޗުއްޓީ ހޭދަކުރަމުން ދިޔައީ ދިއްފުށީ "ކްރައުން ބީޗް" ގެސްޓްހައުސްގައެވެ.

ދެމަފިރިން މަރުވީ ދިއްފުށްޓާއި މީރުފެންފުށި ދެމެދުގައި އޮންނަ ފަޅަށް އެރި އުޅެނިކޮށެވެ.

މިދެމަފިރިން ކައިވެނިކޮށްފައި ވަނީ މިދިޔަ ޑިސެންބަރު މަހުގެ 11 ވަނަ ދުވަހުއެވެ. ކައިވެނި ކުރުމަށްފަހު ރާއްޖެ އައީ ހަނީމޫން ހޭދަ ކުރުމަށެވެ.

އުމުރުން 29 އަހަރުގެ އެރިކާ އާއި 30 އަހަރުގެ ލިއޯމާއަކީ ދެ ނަރުހުންނެވެ.

މި ދެމަފިރިންގެ ހަށިގަނޑު މިހާރު ގައުމަށް ގެންގޮސްފައިވާއިރު، މި ދެމަފިިރިން ވަޅުލުމަށް ހަމަޖެހިފައި ވަނީ އަންނަ ހޮނިހިރު ދުވަހު ކަމަށް ރިޕޯޓްތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ރާޅު ބޯއީ

  އެޓޮޕްސީ ނެހެދިޔަސް ތިވަރު އަހަރެމެންނަށް އެނގޭ.

  • ޕާޓޭ ގެ ޑެޑީ

   ހަމަ އަސްލުތަ؟؟ ޔޫ ހާދަމޮޅޭދޯ؟

 2. ރާއްޖެ

  ރާއްޖެއަންނަ ފަތުރުވެރިން ކުއްލިގޮތަކަށް މަރުވާ
  މައްލަ ދިރާސާކުރެވި އެކަށީގެންވާ ހައްލުތަކެއް
  ހޯދުމަކީ ކޮންމެހެންވެސް ކުރަން ޖެހިއްޖެ ކަމކެވެ

 3. ސަޓޯ

  އާނ ހީވޭ ކަމެއް ހެން...ގެސްޓުންގެ ސޭފްޓީއެއް ހަމައެއް ލަމައެއް ނެތި އެއްވެސް ކަމެއް ބެލުމެއް ނެތި ގެސްޓްހައުސް ވިޔަފާރި ކުރަން ސަރުކާރުން ހުއްދަ ދޭތި އަދިވެސް.... އެމްޑީޕީ ސަރުކާރު ރާއްޖޭގަ ގެސްޓުހައުސް ހުޅުވަން ހުއްދަ ދިން އިރު ގިނަ ތަންތާ އަލިފާން ނިއްވާ ފުޅިގަނޑެއް ހުރިތޯވެސް ބަލާނުލާ....