ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ހުންނެވީ ސަރުކާރާއެކު ސާބިތު ކަމާއެކުގައި ކަމަށް އެމަނިކުފާނުގެ ބައްޕާފުޅު، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

މައުމޫން މިހެން ވިދާޅުވެފައި ވަނީ "އަވަސް" އޮންލައިން "ފާރީސް ގެއްލިއްޖެ، ކޯލިޝަން ކަރުތާފެނަށް" މި ހެޑްލައިންގެ ދަށުން ލިޔެފައިވާ އާޓިކަލްއަށް ކުރެއްވި ރީޓްވީޓެއްގައެވެ.

މައުމޫން އެހެން ވިދާޅުވެފައިވާ އިރު، ފާރިޝް ސަރުކާރުގެ ކަންކަމުން ނުފެންނަ ކަމަށް އެތައް ބަޔަކު ދަނީ ބުނަމުންނެވެ. އަދި ކޯލިޝަން ތެރޭގައި މައްސަލަތަކެއް ފެތުރިފައިވާ ދަނޑިވަޅެއްގައި އެކަމަށް ރިއާޔަތްކޮށް ފާރިޝް އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.

މަޖިލީސް އިންތިހާބުގައި ވާދަކުރާ ގޮނޑިތައް ޕާޓީތަކަށް ބެހުމަށް ބޭއްވުނު މަޝްވަރާތަކުން އެކަމަށް ގޮތެއް ނުނިންމި އޮތް އިރު، ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމާއި، އެމްޑީޕީގެ ރައީސް، މުހައްމަދު ނަޝީދު މިހާރު އުޅެނީ ކޯޅުމެއްގެ ތެރޭގައެވެ. ގާސިމް ވިދާޅުވެފައި ވަނީ ކުރީގެ ރައީސް ޔާމީނާއެކު މަސައްކަތް ކުރަންވެސް އޭނާ ތައްޔާރަށް ހުރި ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް އައްޔަން ކުރައްވާފައިވާ މެމްބަރުގެ ގޮތުގައި މިހާރު ހުންނެވި ފާރިސް، ސަރުކާރު ހިންގާ ކޯލިޝަންގެ އެއްވެސް މައްސަލައަކަށް އެއްޗެއް ބުނެފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. ބެއްޔާ

  ފާރިޝްގެ ދުވަސް ދިޔައީ. މައުމޫނުގެ ހުވަފެންވާނީ ބިލާހަކަށް. ލޮލް

 2. އޮޅުންއަރާމީހާ

  އެހެރީ އަނގަފިއްތައިގެން އަނގައިން ނުބުނާކަންނު ފޮޓޯގަވެސް. މިހާރު ހީވަނީ ގޮތް ހުސްވެފަހުރީހެން

 3. ހުސޭނުބޭ

  ތިވާނީ ކަހައިލައިގެން ބަނޑުވަތަށް ވެއްޓުނީކަމަށް! އެހެންވެ މީހަކު އެއްޗެކޭ ނުބުންޏަސް ކާފަ އެ ވާހަކަ އެ ދައްކަނީ!

 4. ސާބިތު

  އަހަރުންވެސްމިތިބީ ސާބިތުވެ. ކެޔޮކޭވަރު މަދީދޯ!؟. ތިރީސް އަހަރުންވެސް ނުފުދުނުއުތަ؟.

 5. އެލެކްސް

  އަޅެފަހެ އަޖައިބެއްނުވާނެތަ. މިހާރު މި ބަކަމޫނު ސްޕޯކްސް ޕާސަން އަކަށް ވީ އުތަ

 6. ބުހުތާނު

  ފާރިޝް ހުންނެވީ ސާބިތުކަމާއި އެކު ހަދާނެގޮތް ހުސްވެފަ. ގުޅެންވީ އެމް.ޑީ.ޕީ ތޯ ޖޭ.ޕީ އާތޯ؟ އެމް.ޑީ.ޕީގެ ނަޝީދު ފެކްޝަންތޯ އިބޫ ފެކްޝަންތޯ؟ ޖޭ.ޕީ އާއި ގުޅޭ ތަނާ ޖޭ.ޕީ ޔާމިން އާއި ގުޅިއްޖެއްޔާ ދެންހަދާނީ ކިހިނެއްތޯ؟

 7. ލަބީބު

  ދުނިޔޭގެ ލަދަށްޓަކައިވެސް ހުންނަންޖެހޭނެތާދޯ؟ ދެބަހެއްވެލިޔަސް ނިމުނީތާ ދޯ؟