އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހީމް އިސްމާއީލް (އިބްރާ) އިސްލާމް ދީނަށް ފާޑިކިޔާދައްކަމުންދާ ވާހަކަތަކާއި ދެކޮޅަށް ޒުވާނުން މިރޭ އެއްވުމުން އެސްއޯ ފުލުހުން ނިކުމެ މުޒާހަރާ ކުރަން އެއްވި މީހުން ފައްސާލައިފިއެވެ.
ގިނަ އަދަދެއްގެ ޒުވާނުން މިރޭ އެއްވީ މަންދު ކޮލެޖް ކުރިމައްޗަށެވެ. މަންދު ކޮލެޖަކީ އިބުރާ ހިންގަމުންދާ ކޮލެޖެކެވެ.
ބައެއް ޒުވާނުން އެ ސަރަހައްދަށް އެއްވެފައި ވަނީ ތަފާތު ޝުއޫރުތައް ލިޔެފައިވާ ގަނޑު ހިފައިގެންނެވެ.
އެ ކޮލެޖު ކުރިމައްޗަށް އެއްވި ޒުވާނުން ދަނީ އިބްރާ ހައްޔަރު ކުރުމަށް ގޮވާލާފައެވެ. ލާދީނީ މީހުން ހައްޔަރު ކުރުމަށާއި، ދީން ދިފާއުކުރުމަށް އިލްމުވެރިން ނުކުތުމަށްވެސް އެއްބަޔަކު ގޮވަމުން ދިޔައެވެ.
ނަމަވެސް ގިނަ އިރުތަކެއް ނުވެ އެސްއޯ ފުލުހުން ވަނީ މަންދު ކޮލެޖް ކައިރިއަށް ގޮސް އިބުރާ އާއި ދެކޮޅަށް އަޑު އުފުލަމުން ދިޔަ ޒުވާނުން އެސަރަހައްދުން ފޮނުވާލާފައެވެ.
މިރޭގެ އެއްވުމުގައި ސިޔާސީ އެއްވެސް ބޭފުޅަކު ނުފެނެއެވެ.
އިބުރާ ފަހަކަށް އައިސް ޓްވިޓާގައި ފާޅުކުރަމުންދާ ޚިޔާލުތަކުގެ ސަބަބުން އޭނާ އަށް ވަނީ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައެވެ. ނަމަވެސް އިބުރާ އާއި މެދު ސަރުކާރުން އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.
އަދިކިރިޔާ ތިޔަ ރަނގަޅުވަނީ
މުޒާހަރާ އަކަށް ވުރެ ބޮޑަށް ފެށަން ށޯ އަކާ ވައްތަރީ.
މިއީ އަހަރަމެން މިބުނާވާހަކަ ދީން ދެކެ ލޯބިވާ ވަރަށްގިނަ ނޫކަށިފުރާއިގެ ޒުވާނުން އެބަތިއްބޭ. މާތްވެގެންވާ އިސްލާމް ދީނުގެ ހައްގުގަ މިޒުވާނުން އަޑުއުފުލާނެ، ކެކޭނެ؛ އެއީ އެމީހުން ދީން ދެކެވާ ލޯބިން.
ނާ ރަނގަޅަށް.؟ ޒުވާނުން ދީން ދެކެ ވާ ލޯބިން ވިއްކަނީ ފަތް....
ޙަހަ.. އެއީ ކައެމެން ކަހަލަ ބައެއް ޒުވާނުން، ގިނަ ވާނީ ދީން ދިފާއު ކުރަން ނިކުންނަ މީހުން. އިބޫ ވެސް ފެއިލް ވާނީ މި ބައި ގަނޑު ދިފާއު ކުރަން ހަދައިގެން.
ދީނާއި ދެކޮޅު މީހުން ހިފާ ހައްޔަރުކުރަން ގޮވާލަން.
އަލްހަމްދުލިﷲ... ރާއްޖޭގައި ލާދީނީ ފިކުރަށް ޖާގަ ދެވިގެން ނުވާނެ. ސިއްރުން އެމީހަކު ކޮންމެގޮތަކަށް އުޅުނަސް ހެވޭ އެކަމް ފާޅުގައި ދީނަށް ޖޯކު ޖެހިޔަ ދޭކަށް އަހަރެމެން ބަލަން ނުތިބޭނަން
ސާބަސް ދިވެހިން ދިވެހި ލޭ
ދެން ހިމޭނަކުން ނުތިބޭނެ
އިބްރާ މިފަހަރު ޖެހޭނެ ތިކުރި ކަމުގެ އަގު އަދާކުރަން.
ﷲ ސުބްޙާނަހޫ ވަތަޢާލާ އިރާދަކުރެއްވިއްޔާ، އެ ޒުވާނުން މައިތިރި އެއް ނުވާނެ. މުއުމިނުން ނިކަމެއްޗެއް ނުވާނެ!
Ameen
ޢާމީން
އާމީން
ސާބަހޭ ކުދިންނޭ.. މަވެސް އެބަދަން!
ސާބަހޭ ކުދިން
ސަރުކާރުން މުޒާހަރާއަށް ނިކުންނަ މީހުން ހައްޔަރު ކުރާންޖެހޭ. ހަރުކަށި ފިޔަވަޅު އަޅާންޖެހޭ.. އިބުރާ ހައްޔަރު ކުރާކަށް ނުޖެހޭ..
ޔަގީން މީ ސަކިންދާ ކަން
މާމިގިލި ނަންޖަހައިގެން ރަށުގެ ނަންހަޑިކުރަން މި އުޅެނީ ކޮން ލާދީނީ އެއްޗެއްތަ
ކަލޭ ހޭބަލި ނުވޭ! އިބުރާގެ ދިފާއުގަ އެ ޒުވާނުންނާ ކުރިމަތި ލާން ދާން ވީނު. ތިކަހަލަ ލާދީނީ މީހުންނަކަށް ނުކެރޭނެ!
މި ސަރުކާރަކުން ނެތް އައިސް މޫނު މައްޗަށް ޕެޕަރ ސްޕްރޭ އެއް ނުކުރާނެކަން ޔަޤީން. އިރު އަރަންދެން މުޒާހިރާ ކުރަންވީ.
އާ އެއްކަމެއް ނުކުރާނެ. ލާދީނީ އިބުރާގެ ކޮލެޖްކުރިމަތީ މަޑުމަޑުން އިށީދެ ތިބި 3 ޒުވާނުން ދަމާހަލާ ސްޓަރ ފޯސް ފޮނުވައިގެން ގެންދިޔަ މަންޒަރު އެއޮތީ ސޯޝަލް މީޑިޔާގަ ފެންނަން. ޕެޕަރ ސްޕްތަެޖެހުމަށްވުރެން މާއަނިޔާވާނެ އެކުދިން ނަށް އެހެދިގޮތުން
ޖަޒީރާ ވަންތަކޮށް ތިކުދިންކޮޅުވެސް ނިޒާމުން ގެއްލުވާލާކަށް މާގިނައިރެއްނުވާނެ
ޖަޒީރާ = ލާދީނީ
ހައްޔަރުކުރޭ
އިބުރާއެކަނިތަ ކޮބާއަނެތްދެމީހުން
ޜަނގަޅު..
ސުންޕާސަރުކާރެއް، ފޭރިގަނެގެންއަރާއެހެރީ ހިތުން ސޯލިހު ތާހިރުގޮތަކަށް ނިމިގެންދާނީ
ތި ކޮލެޖް ބަންދުކުރުމަށް ގޮވާލަން
ސާ ބަސް ޒުވާނުންނަށް
އަޅުގަނޑުވެސް އިބުރާ ކުއްވެރި ކުރަން އެކަމަކު ތިހާ ދީނީ ޒުވާނުން ބަރާބަރައް ނަމާދު ނުކުރާކަން ފާހަގަ ކޮއްލަން ދީނީޖޯސަކީ ކޯއްޗެއްބާ
އިންޝާﷲ ހެޔޮ ދުޢާ ކުރަމާދެން
އިސްނަގާ ހިނގާދާން ފާޅުގާ ދަރިންނޭ
މުސްލިމެއްގެ ގޮތުގާ ފަހުރުވެރިވެލާން
މީ ދިވެހިންނޭ މީ ދިވެހިންނޭ ދިވެހިން ގޮށްމުށަކަށް ނުސިހޭނޭ .
ﷲ އަކުބަރު
ދަރިންނޭ ތީ މިސަރުކާރުގެ ތަސައްވަރެއް
4 ޝައިޚަކުވެސް ބައިވެރިވެގެން ހިންގާ
ނަހަލާލު ވެރިކަމެއްގެ އަޑީ ފޮރުވިފައި ހުރި
ސިއްރުތަށް ތިހާމަ ވަނީ
ކެރޭ ނުލަފާ ނުކުޅެދޭ މީހަކު ކަމުގައިވާ އިބުރާ
ލައްވައި ތިކުޅިގަނޑު ފެއްޓީ އޭނާ ބަންދެއްވެސް
ނުކުރާނެ ޖަލަކަށް ވެސް ނުލާނެ.
އެއްބަޔަކު ޑިމޮކްރަސީ ދިފާއު ކުރަން. އަހަރެމެން ދީން
ދިފާއު ކުރަން. މި ފަހަރު އެނގިދާނެތާ...
މާތްވި އިސްލާމްދީނާއި ޤައުމަށްޓަކައި ހިނގާށެދާން މިޖާނުދޭން....ސާބަހޭ...
ޕޮލިސް ސެކިއުލަރ ހަމީދުބެ ހޮޑުލެވިދާނެ.
އިސްލާމްދީނާއި ދެކޮޅުމީހުންގެ ހިމާޔަތުގައި މިސަރުކާރަށްކިހާދުވަހަކު ގަދަފައި ވިއްދާފައި ހުރެވޭނެބާ
ސާނަހޭޒުވާނުން އިބުތާހައްޔަރުކުރަންދެން ޕޮލިހުންނަށް ބަާބޮޑުކުރާތި
ވަރަށް ހިތްވަރަުގަދަ ދަރިންކޮޅެއް
އިބްރާއާމެދު ސަރުކާރުން ހަރުކަށި ފިޔަވަޅު ނައަޅަނީސް އެއްވެސް ކުއްޖަކު ގެއަށް ވަދެގެން ނުވާނެ.
ދީނީ އެއްބައިވަންތަކަން ހިމާޔަތް ނުކުރެވޭނަމަ
ސަރުކާރު އިސްތިއުފާ ދޭންޖެހެއެވެ
ކޮރު ސައިތާނު ހައްޔަރުކުރޭ. އިތުރަށް އޭނާ ކޮރު ކުރައްވާފާދޭވެ! ރަސޫލާއާ އާއިޝަތުގެފާނާ އުމަރުގެފާނަން ފުރައްސާ ކުރާނީ ފައްކާ ޔަހޫދީއެއް. ޔާރައްބު
މިކުދީން މިރޭ ޢިޝާ ނަމާދުން ފައިބައިގެން ތޯ މުޒާހަރާ ކުރީ!! ވަރަށް ދީންވެރި ކުދީން ކޮޅެއް ހެން ހީވޭ!!!!!
ސޮރީ އިބުރާ ނެތޭ ހައްޔަރު ކުރެވޭކަށް އޭނަ ކެމްޕޭނަށް ވަރަށް ލާރި ދިނޭ. ވީ ނީޑް ހިމް އިން މަޖިލިސް ކެމްޕޭން ޓޫ ??
އައްސަރިބަހުން ސާބަސް ތިޔަހުރިހާ ޒުވާނުންނަށް. ތިޔައީ ބަޠޮލުން. ކުރިޔަށް ކުރިޔަށް ބާރަށް. މުރުތައްދު އިބުރާ ހައްޔަރު ކުރަންދެން ކުރިޔަށް ގެންދަންވާނެ. ހުއްޓާނުލާތި ގަންޖާ ޕަޕެޓްފޯސް އަޔަސް ބިރުން ފަތަށް ނުޖެހޭތި.
އަދި ތިހެން އެސްއޯ ފުލުހުން އަޔަސް ޖެހިލުމެއް ނުވާނެ މީ ދިވެހި ލޭ ހިނގާ ދަރިން.. ދެންވާނެ ކޮންމެ ރޭކު އެއްވާން. މި އިބުރާގެ ކަންތައް ހަމޭކަށް އަޅުވަންޖެހޭ އެބަ.
ފޮޓޯތަކުން ފެންނަޒުވާނުންނަކީ އަދި ދީނީ ޖަމީއާތައް ހަދައިގެން ދީނީ ހޭލުންތެރިކަމުގެ މަސައްކަތުގައި އުޅޭ ކުދިންކަމަކައް ނުފެނޭ.. ބޮޑައް ލަފާ ކުރެވެނީ ބައިބަލާ ކުޅެން ނުވަތަ ސުޕޯޓުސް ގުރޫޕްހަދައިގެން އުޅޭ ކުދީންނާއި. އެކަމަކު އެކުދީން ކޮންމެ ނިޔަތެއްގައި ކުރިޔަސް މިފެންނަނީ ބޭނުންވާ ކަން. ހިތާމައަކީ ދީނީ ޝިއާރުމަތީ ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތުގައި އުޅޭ ކުދީންކޮޅައް ރަސޫލާއައް ނަސްރުދޭން ނިކުއްނަން ޖެހޭ ގިނަމީހުން ނުފެންނަކަން. ރާއްޖޭގައި މި ދީނީ ނަސޭހަތްދޭން އުޅޭ ޝޭހުންގެ އެކަކުވެސް ނުފެނޭ.. އަދި ހިތައް އަރާ މިމީހުން ރަސޫލާއައް ފުރައްސާރަ ކުރިމީހަކާއި ދެކޮޅައް އިހުތިޖާޖައް ނިކުންނަތަން ނުފެނިގެން މިއުޅެނީ އެބައި މީހުން އަމިއްލައައް ދަރުސްތަކުގައި ރަސޫލާއައް ނަސްރުދިނުމާއި ގުޅޭގޮތުން ދެއްކި ވާހަކަތައް އަމިއްލައަައް ގަބޫލު ނުކުރަނީ ބާއޭވެސް.
صلى الله عليه وسلم
ދީނާ ދެކޮޅަށް ވާހަކަ ދައްކާ ބޮޑަކީ އައްނި. ތި މުޒާހިރާ ޔާގޫތޫގޭ ދޮށަށް ގެންދަން ފެނޭ.
ވަރަށް ހިތްވަރު ގަދަ ކުދިންކޮޅެއް!! މިއީ ހަގީގީ ބަތޮލުން.
ޒުވާނުން؟ ހާދަ ބޯދިގުހެން ހީވެޔޭ
ސާބަހޭ ޒުވާނުން.. މިކަމުގާ ޒުވާނުން ނާ ދެކޮޅައް ނިކުންނަ ކޮައްމެ މީހަކީ އަހަރެމެން ގެ ދުސްމަނެ...
ލާދީނީ މީހުނައް މިބިމުން ޖާގައެއް ނުދޭނަން
އިބުރާ ހައްޔަރުކޮށް އޭނަގެ އެމަލުތައް މިވަގުތުންވަގުތައް ހުއްޓުވާދިނުމަށް ދިވެހި ފުލުހުންގެ ކިބައިންއެދެން!
އަދިވެސް ދާތި. ކޮން ފުލުހެއްތަ؟ ފުރަތަމައިނުން މީސްކޮޅު މަދުވާނެ. ހިތްވަރު ކޮށްލާ. ބައިވރސް ދާނީ ގިނަވަމުން. އިލްމުވެރިންވެސް ނިކުންނާނެ. މަށަކީ ސިވިލް ސަރވިސް ވަޒީފާގަ އުޅޭ މީހެއް ވީމަ ވަޒީފާއިން ކަނޑާލަފާނެތީ އަދި މި ހުންނަނީ. މަވެސް އަދި ނުކުންނާނަން. އަހަރުމެން މަޑުން ތިބޭނެ ކަމަށްތަ ކޯބުރާ ހީކުރީ.
އަދިވެސް ދާތި. ކޮން ފުލުހެއްތަ؟ ފުރަތަމައިނުން މީސްކޮޅު މަދުވާނެ. ހިތްވަރު ކޮށްލާ. ބައިވެސް ދާނީ ގިނަވަމުން. އިލްމުވެރިންވެސް ނިކުންނާނެ. މަށަކީ ސިވިލް ސަރވިސް ވަޒީފާގަ އުޅޭ މީހެއް ވީމަ ވަޒީފާއިން ކަނޑާލަފާނެތީ އަދި މި ހުންނަނީ. މަވެސް އަދި ނުކުންނާނަން. އަހަރުމެން މަޑުން ތިބޭނެ ކަމަށްތަ ކޯބުރާ ހީކުރީ.
ފާފަ ކުރުމަކީ ގާނޫނީ އަދަބު ދޭންޖެހޭ ކަމެއް، ދީފަވެސް އެބަހުރި. މިހާރަކަށް އައިސް ގާނޫނީ އަދަބު ނުދީގެން މިއުޅެނީ ކީއްވެބާ؟
ފުލުހުންވެސް ލާދީނީ ވީތަ ކިހާދެރަކަމެއް ކަލޭމެންނަކީ އިސްލާމްދީނާ ގައުމަށް ހިޔާނާތްތެރިނުވުމަށް ހުވާކޮށްފައި ތިބި ބައެއް ދެން ކީއްވެ ލާދީނަށް ހިތްވަރުދެނީ .
ކޮބާތަ ނުވިހާގޮތް ހަދާ އަންނި މީވެސް ގައުމުން ފައްސާލަން ޖެހޭ މީހެއް
ސަރުކާރުން މިކަން ހައްލު ނުކޮއްފިނަމަ ދެންތިބީ އަހަރުން.. ވަރަށް ވާހަކަމީ ވިސްނާތި!
އިބްރާގެ އަންހެނުން ނަށް އިނގޭނެ އިބްރާގެ ނުލަފާކަން އެތައްދުވަހަކު އެމަންޖެ އަށް ބަވާ ފުކަކަށް ހަދާލާފައި ގެއިން ބޭރުކުރި.
ތިއީ ބޯގޯސް ގޮލައެއް
ޢިލިޔާސް ވިދާޅުވަނީ ރައީސް އެއީ ރަސޫލާގެ ސަލަވާތް ލިބޭފަދަ ވެރިއެކޭ. އެމްޑީޕީ ވެރިކަން ފެށޭއިރަށް މި ލާދީނީ ވެރިން މިކުލިފަށާ. ޜައީސް މިކަމަށް ހުރަސް އަޅުއްވާތަނެއް އަދި ބަހެއް ވިދާޅުވާތަނެއް ނުފެނޭ. މީގެ ބަދުނާމު މި ލިބެނަީ އަހަރެމެން މެނަބަރުންނަށް.
ޑޮން! ބުނަން، އެމީހުން ފަތްވިއްކިޔަސް (އެކަން ކުރާނަމަ އެކަންވެސް ރަނގަޅެއްނޫން) އެމީހުން އެހެންމީހުން ކުރިމަތީ ދީނަށް ފުރައްސާރައެއް ނުކުރޭނު. ތިވެސް ލާދީނީ މީހެއްދޯ؟ ލާދީނީ މީހުންނަށް ހަލާކުހުރި
ތިތާ ނެއް ހަމަހޭ ހުރި ޒުވާނެއް. ދީނަށް ކޮންލޯތްބެއް ކުރަނީ!
ތިހެން ބުނާކަށް ނުވާނެ. ވަﷲ އަޢުލަމް
ކޮބާ އެމްޑީޕީގެ މުޒާހަރާއަށް އެއްވާ 20000 މީހުން. ދީނުގެ ދިފާޢުގަ ނިކުންނަން ވީމަ ނުދެވުނުދޯ. ޔާމީނު ސަރުކާރު އޮތް އިރު ދުވާލު ދެއިރަށް ނިކުންނަން ވިއަސް އެމްޑީޕީ މީހުން ހޭވައްލާ ތައްޔާރު