އިލެކްޝަން ކޮމިޝަންގެ ދަފްތަރުގައި މިއަދު ރަޖިސްޓްރީ ކުރި، މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ ( އެމް.އެލް.އެސް.ޑީ.ޕީ ) އަކީ މުޅި ރާއްޖެ ބަދަލުކުރާނެ ޕާޓީ ކަމަށް އެ ޕާޓީގެ މަޞްޢޫލުވެރިޔާ ޢަބްދުﷲ ޙަސީން ވިދާޅުވެއްޖެއެވެ.

ޙަޞީން މިހެން ވިދާޅުވީ، ލެވެންޑަރ ރެސްޓޯރެންޓުގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. ލޭބަރ ޕާޓީ ވެގެންދާނީ ރާއްޖޭގެ ހުރިހާ މަސައްކަތްތެރިންގެވެސް ހައްޤު، އޭގެ އެންމެ ފުރިހަމަ ގޮތުގައި ޚިމާޔަތްކޮށްދޭނެ ޕާޓީއަކަށް ކަމަށާއި ރާއްޖޭގެ ހުރިހާ ޖަމްޢިއްޔާ ޖަމާޢަތްތަކަށްވެސް ޕާޓީ އާއި ގުޅުމުގެ ފުރުޞަތު އޮންނާނެކަމަށެވެ.

" މި ޕާޓީ ރާއްޖެ ބަދަލުކުރާނެ. މި ޕާޓީއާއި ގުޅުމުގެ ފުރުޞަތު ޓީޗަރުންނަށްވެސް، ނަރުހުންނަށްވެސް، ނޫސްވެރިންނަށްވެސް ވަނީ ހުޅުވާލެވިފަ. ނޫސްވެރިންވެސް ޖަމްޢިއްޔާއެއް ހައްދަވައިގެން ވަޑައިގަންނަވާ " ޙަސީން ވިދާޅުވިއެވެ.

ލޭބާރ ޕާޓީން އެންމެ ދެކެން ބޭނުންވާ ދުވަހަކީ ޓީޗަރެއްގެ ވަޒީފާ ގެއްލިގެން ، ރިސޯޓެއްގަ ހުންނަ މަސައްކަތު މީހާވެސް އަޑުއުފުލާ ދުވަސް ކަމަށާއި، އެ މަސައްކަތުގައި ލޭބާރ ޕާޓީ މެދުވެރިއަކަށް ވާނެ ކަމަށް ޙަސީން ފާހަގަކުރެއްވިއެވެ.

ލޭބަރ ޕާޓީގެ ޖަލްސާ ބޭއްވުމުގެ ހުއްދަ ދީފައިވަނީ މިދިޔަ އަހަރު ޑިސެމްބަރ 19 ވަނަ ދުވަހުއެވެ. އެގޮތުން 11 ޖެނުއަރީ 2019 ގައި ވަނީ 300 މީހުންނާއި އެކު ޖަލްސާ ބާއްވާފައެވެ. އަދި 3017 ޞައްޙަ ފޯމާއި އެކު ޕާޓީ ރަޖިސްޓްރީ ކުރަން ހުށަހަޅައި ، އެ ޕާޓީ މިއަދު ރަޖިސްޓްރީވުމާއި އެކު، މިހާރު ވަނީ 15 މެމްބަރުންގެ ކޮމެޓީއެއް އެކުލަވާލާފައެވެ. މި ކޮމެޓީއަކީ ޕާޓީގެ މަސްޢޫލިއްޔަތު ހަވާލުކުރެވިފައިވާ 15 މެމްބަރުންގެ މައްޗަށް އެކުލެވޭ ކޮމެޓީއެކެވެ.

ކޮމެޓީގައި ހިމެނިވަޑައިގަންނަވާ 15 ބޭފުޅުން؛

  1. ޢަބްދުﷲ ޙަސީން ، ދަފްތަރު 4059 / މާލެ
  2. މަޢުރޫފު ޒާކިރު، ދާއިރާ / ބ.ކެންދޫ
  3. ޢަބްދުލްމަޖީދު ޢަބްދުލްކަރީމް ، ދަފްތަރު 4046 / މާލެ
  4. އަޙްމަދު ޝިހާމް ، ރެޑްހައުސް / ސ.މީދޫ
  5. އާލާ އިބްރާޙިމް ރަޝީދު ، ލޫޒަން / ސ.ހިތަދޫ
  6. އިބްރާޙިމް މުޖުތަބާ ، އެވަރގްރީން / ބ.ތުޅާދޫ
  7. ޒިޔާދު ރަޝާދު ، އޯޝަންވޭކް / ޅ.ހިންނަވަރު
  8. މުޙައްމަދު ފުރުޤާން ، ދަފްތަރު 5937 / މާލެ
  9. މުޙައްމަދު ޞާދިޤު ، ބުލޫރެސްޓް / ހއ.ދިއްދޫ
  10. އައިމިނަތު ޝާހީ ، ހ.ހީލިއަމް / މާލެ
  11. ހިންނަ ޚާލިދު ، ހ،ވަޅުފެހި / މާލެ
  12. ޢަލީ އަކްރަމް ، ދަފްތަރު 1674 / މާލެ
  13. އާދަމް ޝިފާޢު ، ވެސްޓިން / ށ.މިލަންދޫ
  14. ޝަ،މްޝީރު ރިލްވާން ، ޕްލާވަރ މީޑް / ސ.މީދޫ
  15. ޢަލީ ނާޒިމް ، އުރަހަ / އދ.މާމިގިލި

ނޫސްވެރިންނާއި ވާހަކަދައްކަވަމުން ޙަސީން އިތުރަށް ވިދާޅުވީ ، މަސައްކަތްތެރިންގެ ޖަމްޢިއްޔާތައް ތަމްޞީލް ކުރާ ފަރާތްތަކަށް ލޭބާރ ޕާޓީގެ ކައުންސިލް މެމްބަރަކަށް ވުމުގެ ފުރުޞަތު އޮންނާނެ ކަމަށާއި މީގެ އެންމެ ބޮޑު ބޭނުމަކީ މަސައްކަތްތެރިން ބާރުވެރި ކުރުން ކަމުގައެވެ. އަދި ކުއިރަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޙާބުގައިވެސް އެ ޕާޓީގެ ކެންޑިޑޭޓުން ވާދަކުރައްވާނެ ކަމަށް ޙަސީން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. Miadhu

    އެހެންތަ ކަލޭގެ ބަސްގަބޫލުކުރާ ކިތައްމީހުން ރާއްޖޭގައިތިބީ

  2. ކަކަކަ

    ހެހެހެ އާނ ބަދަލު ކޮށްލާތި އިނގޭ.

  3. މުހައްމަދު

    ޗީޗީ ދަރަނިބޯ ކަލޭގެ ދައްކާ މުޑުދާރުވާހަކަ ފުރަތަމަ މީހުންނަށް ދަރާފައިވާ ދަރަނިތަށް އަދާކޮށްބަލަ ކިތައްކޮޓަރިޔަށް ކުލިނުދައްކާ ފިލީ ބަލަގަ ބޮޑުރިޔާސީ ކޮމިޝަނެއް ބޮޑުމުސާރަދީފަ ބެހެއްޓީމާ ކޮންކަމެއް ކުރެވުނީ އެވަރުގެ މީހަކަށް ކޮންއެއްޗެއް ބަދަލުކުރެވޭނީ މަކަރާހީލަތުން ފުރިފަ އެއްކަމެއް ނުކުރާނެ ތިޔޮތީވާ ޕާޓީއެއް އުފެއްދިފަ މަސައްކަތެއްނުކޮށް ލާރިގަނޑެއްލިބޭނެ ގޮތެއްހޯދާލީ ހީލަތުގެ މުދީރު ހެހެހޭ

  4. މުހައްމަދު

    ލޭބާ ޕާޓީ މުޅި ރާއްޖެ ބަދަލުކުރާނެ
    އެކަމަކު ތިޔަޕާޓީޔަށް ވަންނާނެ ދިވެހި ރައްޔިތަކު ނުވާނެ.

  5. ހުސޭނުބޭ

    ހުމާމު ދޫކޮށްލާފައި ސިޔާސީ ޕާޓިއެއް އުފެއްދެވީތޯ! ތިއީ ލޭބޯ ޕާޓީއަކަށް ނުވެއްޖިއްޔާ ކިތަންމެހައިވެސް ރަގަޅު!

  6. ލަޠީފް

    ހިނިއަންނަނީ!

  7. އަހްމަދު

    މުޅިރާޢްޖެ އެހެން ދީނަކަށް ބަދަލުކުރާ ވާހަކަތޯ؟ ތަންކޮޅެއްކުރިން މީހަކު އުޅުން އަނެއް ދިވެހިރާއްޖެއަށްވެސް ބަދަލުކުރަން. އެކަމެއްނުވި.

  8. ނުރަބޯ

    ދަރަނިތައް އަދާކުރަން ދައުލަތުން ޕާޓީއަށް ދޭ ލާރިގަނޑު މަޅާނުލައިފިއްޔާ ވެދާނެ.