ފިހާޅޮހި އައިލެންޑް ރިސޯޓްގައި ޗުއްޓީ ހޭދަކުރަމުން ދިޔަ ފިރިހެނަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

މަރުވެފައި އޮއްވާ ފެނުނީ އިޓަލީ ފިރިހެނެކެވެ.

"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޗުއްޓީ ހޭދަކުރުމަށް އަނބިމީހާ އާއި އެކު ފިހާޅޮހި ރިސޯޓަށް އައި ފިރިހެނަކު މަރުވެފައި އޮއްވާ ފެނުނީ އޭނާގެ ކޮޓަރިންނެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ވަގުތު" އަށް ވިދާޅުވީ ފިހާޅޮހި ރިސޯޓްގައި ފަތުރުވެރިޔަކު މަރުވެގެން މިއަދު ހެނދުނު 09:20 ގައި ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

މިއީ ފާއިތުވި 13 ދުވަސް ތެރޭގައި ރާއްޖޭގައި ކުއްލިއަކަށް މަރުވި 18 ވަނަ މީހާއެވެ.

ފަހަކަށް އައިސް ކުއްލި މަރުތައް ރާއްޖޭގައި އާދަޔާއި ހިލާފަށް އިތުރުވެފައި ވާތީ ގިނަ ބަޔަކު ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ހަލީމް

    ހުސްނުއްސުއޫދުގެ ކޮމިޝަނުގެ މަސައްކަތަށް އިތުރުވި ބޮޅެއްތަ؟ ކޮމިޝަން ހަދައިގެން މަރުތައް ތަހުގީގް ކުރަން ފެއްޓިފަހުން ހާދަ މަރެކޭ.

  2. މޯދީ

    ކިހާ ދެރަކަމެއް...މި ވެރިކަމެއް އައި ފަހުން ޤައުމަށް

    ކުރިމަތި ވަމުން އަންނަ ބަދު ނަސީބެއްގެ ބޮޑުކަމާ އެވެ.

    ޤައުމު ހަލާކު ނުވަނީސް މި މީހުންގެ ކިބައިން ޤައުމު

    ސަލާމަތް ކުރަމާ

  3. ޙެސެއޮން

    ޜަގަޅު މަންޒިލެއް މީ އައިސް މަރުވަން. ތހުގީގު ތަކުގެ ފެންވަރު ނެތީމާ މިތަނަށް އައިސް މި މަރުވަނީ.

  4. ފިހާޅޮހީ ސޮރު

    ޓުއަރިޒަމް މިނިސްޓްރީގެ ގަވައިދަށް ނުވެސް ފެތޭ ރިސޯޓެއްތީ. ގަވައިދާ ހިލާފަށް ހިންގާ ރިސޯޓެއްތީ. ކޮންމެ އަހަރެއް ނިމިގެންދާ އިރު ތި ރިސޯޓުން ކިތައް ފަތުރުވެރިން މަރުވޭ ތޯ.. އަދިވެސް ނަރުދަމާ ނިޒާމުވެސް ނެތް ރިސޯޓެއް ތީ.. މިސަރުކާރުގެ ވައުދު ތެރޭ ހިމަނާ މި ރިސޯޓުގެ ނަރުދަމާ އަޅާދޭން.

  5. ގަބުޅި

    ތިޔައީ ކުއްލިމަރުތައް ބަލާލެއް އިންސާފުކަމުން ވާގޮތެއް.

  6. ކުއްލި މަރު

    އެމީހެއްގެ އަޖަލު ހަމަވުމުން އެމީހެއްގެ މަރު ﷲ ހިއްޕަވާނެކަން ނޭނގެނީތޯ؟ ދުނިޔޭގެ ބައެއް ތަންތާގަ ދުވާލަކު އެތައްސަކޭކަ މީހުން މަރުވާކަން އިނގޭތ؟މީހަކު މަރުވާ އިރު ފާޑުފާޑުގެ ސުރުހީ ތި ލިޔަނީ

  7. ކަލޯބެ

    މީ މިވެރިކަމުގެ ސުންޕާކަން. މީ މަރު ވެރިކަން.

  8. ފަތުރުވެރިޔާ

    ތިޔަހުރީ ރާއްޖޭގެ ފަތުރުވެރިކަން ފުޑާލަން ބަޔަކު މެކުހައްޖަހާފައި
    ސަމާލުވޭ ދިވެހިންނޭ

  9. ޙަސަން

    ޔާﷲ މިއަޅާމެން ފުރިހަމަ ހިދާޔަތުގެ މަތީގއި ލަހައްޓަވައި މިފަދަ ކުއްލި މަރުތަކުންނާއި ބޮޑެތި ބަލިތަކުން ރައްކާތެރިކުރައްވާންދޭވެ.

  10. ހަސަނު

    މަރުވި މީހާގެ ޓޮކްސިކޮލޮޖީ ރިޕޯޓް އެންމެކުޑަމިނުން ހެދުމައް ގޮވާލަން.

  11. ކާފު

    މަރުތައް ތަހުގީގު ކުރާ ކޮމެޓީ އުފެއްދިފަހުން މިކަން ގިނަވީ

  12. ލަކީ

    ޕްރޮޕަގަންޑާ އެއްކަމަށް ލަފާ ކުރެވެނީ. އޭނާ ރަގަޅަށް ޕޯސްޓްމާޓަމް ކުރެވެން ޖެހޭނެ. ތިބޭނޭ ބިދޭސީ މުއައްޒަފުން ރާއްޖޭގެ ޓޫރިޒަމް އަށް ގެއްލުންދޭނެ. ލަންކާ އިންޑިޔާ ފިލިޕީންސް މުއައްޒަފުން ވަރަށް ޗެކް ކުރެވެން ޖެހޭނެ. އަދި ވަފާތެރި ދިވެހިންނަށް ބޮޑުމުސާރަ ދީފަ ވަޒީފާ ތަކަށް ޓްރޭން ކުރަންވީ.

  13. ގަމު ކުއްޖާ

    ދެންބުނޭ އެއްގަމު ކަރަންޓު ވޮލްޓޭޖް ހައި ކަމުންނޭ

  14. ހަސަން

    ގޮތްނޭންގޭ މިފަަދަ މަރުތައް ރަނގަޅަށް ތަހުގީގު ކުރުމަށްފަހު މެނުވީ މަރުވި ޓްއަރިސްޓުގެ ހަށިގަނޑު ރާއްޖެއިން ބޭރަށް ނުފޮނުވުމަށް ގޮވާލަން. މިހުރިހާ މަރަކީ އެކްސިޑެންޓެއްކަމަށް ގަބޫލުކުރަން ދަތި. މިކަންތަހުގީގު ނުކުރާނަމަ ރާއްޖޭގެ ޓޫރިޒަމަށް އޭގެ ނޭދެވޭ އަސަރު ކުރުން އެކަށީގެންވޭ.

  15. ޝިފާ

    ސޫދޫ ކުރުދޮށީގަ ދޯ؟ ތިހަދާ ނުހަދާ އަންގާލަށްޗޭ