ހުޅުމާލޭ އެމްޕީއެލް ސަރަހައްދުގައި މިރޭ އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުން ވިދާޅުވެފައި ވަނީ މިރޭ 7:00ހާ އިރު، ހުޅުމާލޭ އެމްޕީއެލް ސަރަހައްދުގައި ޓްރަކްޓަރަކާއި ޓްރޯލީއެއް ޖެހި އެކްސިޑެންޓެއް ހިނގި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. ފުލުހުން އިތުރަށް ހާމަކޮށްފައި ވަނީ އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ.

މިދިޔަ މަދު ދުވަސްތަކެއްގެ ތެރޭގައި ކަންބޮޑުވާ މިންވަރަށް އެކްސިޑެންޓްތައް ހިނގާފައިވެއެވެ. ހާއްސަކޮށް މާލޭގެ އިތުރުން ބްރިޖާއި ހައިވޭގައިވެސް ބޮޑެތި އެކްސިޑެންޓްތަކެއް ވަނީ ހިނގާފައެވެ. އެކަންކަން ހުއްޓުވުމަށް ފުލުހުން ހާއްސަ އިލްތިމާސެއް ކޮށްފައިވާ އިރު، އެކްސިޑެންޓްތަކުގައި ގިނަ ބަޔަކަށް އަނިޔާވެސް ވެފައިވެއެވެ.

މިދިޔަ ހަފްތާ ތެރޭގައި މާލޭގެ މާރުކޭޓް ސަރަހައްދުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 17 އަހަރުގެ ފިރިހެން ކުއްޖަކު ވަނީ ނިޔާވެސް ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު