ލާމު އަތޮޅުގައި ބޭއްވުމަށް ހަމަޖެހިފައިވާ ދުވުމުގައި އެއްވެސް ބާވަތެއްގެ ޑްރިންކެއް، ބްރޭންޑެއް އަދި ކުންފުންޔެއްވެސް ރައީސް އިބްރާހިމް ސޯލިހު ޕްރޮމޯޓް ނުކުރައްވާނޭ ކަމަށް މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯރްޓްސް މިނިސްޓަރ އަހްމަދު މަޙްލޫފު ވިދާޅުވެއްޖެއެވެ.

އަހްމަދު މަހްލޫފު މިހެން ވިދާޅުވެފައި ވަނީ މިއަދު އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައެވެ.

ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ)އިން އިންތިޒާމް ކޮށްގެން ލ. އަތޮޅު ގަން ފޮނަދޫ ލިންކް ރޯޑުގައި ބާއްވާ "ކޮކާ ކޯލާ ރަން އިން ލާމު" ގައި މިފަހަރު ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުވެސް ބައިވެރިވާ ގޮތައް ވަނީ ހަމަޖެހިފައެވެ.

ހޮނިހިރުދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި ދުވުމުގައި ބައިވެރިވުމަށް ރައީސް ލ. އަތޮޅަށް ވަޑައިގަންނަ ވާނީ ހުކުރު ދުވަހުއެވެ.

ސަރުކާރުގެ ފުރަތަމަ ދެދުވަހު ބޭއްވުނު ދުޅަހެޔޮހަށިހެޔޮ ޢީދުގައިވެސް ރައީސް އިބްރާހިމް ސޯލިހް ފާހަގަ ކުރެވިފައި ވަނީ ވަރަށް ހަރަކާތްތެރި ބޭފުޅެއްގެ ގޮތުގައެވެ. ހާއްސަކޮށް ވޮލީއާއި ފުޓުބޯޅަފަދަ ކުޅިވަރުތަކުަގައި ރައީސް ފާހަގަކޮށްލެވުނެވެ.

ޓީއެފްޖީ އިން ބާއްވާ މި ދުވުމަކީ ރާއްޖޭގައި ވަރަށް ތަރުހީބު ބޮޑު އިވެންޓެކެވެ. މާލޭގެ އިތުރުން ލ. ގަމުގަ އާއި އައްޑު އަތޮޅުގައިވެސް މި ދުވުން ބޭއްވުމަށް ހަމަޖެހިފައިވާއިރު މިދިޔައަހަރުވެސް ޓީއެފްޖީ އިން ލ. އަތޮޅުގައި ބޭއްވި ދުވުމުގައި ގާތްގަޑަކަށް 800 ހާހެއްހާ ދުވުންތެރިން ބައިވެރިވެފައި ވެއެވެ. އަދި ލ. ގެ ދުވުމަކީ ލާމު ލިންކްރޯޑުގެ ހިތްގައިމުކަން ވަރަށް ބޮޑަށް ދައްކުވައިދޭ ދުވުމެކެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ޤސމ

  ދިވެހި ބަހުގަ ވަކި ކުންފުންޏެއްގެ ވަކި ބްރޭންޑެއްގެ ވަކި ވައްތަރެއްގެ ބުއިމެއް ހިއްޕަވައިގެން ހުރުމޭ ބުނުމުގެ މާނައަކީ ޕްރޮމޯޓު ކުރުމަށް ޕޯސްޓަރު ހިފައިގެން ހުރުމެއް ނޫންދޯ. ލާމު ދުވުމުގައި ރައީސް ވަކި ބުއިމެއް ހިއްޕަވައިގެން ހުންނާނެ ކަމަށް ބެލެވޭ.

 2. Anonymous

  ކޮކާކޯލާ ރަން ކީމަ ބްރޭންޑެއްނޫންތޭ އެއީ؟ ޓޯޓަލް ފިޓްނސްވެސް އެ ކުރެވެނީ ޕުރޮމޯޓެއްނޫންތޭ

 3. ދފ

  އެމަނިކުފާނު ބައިވެރިވަނީ " ކޮކާ ކޯލާ ރަން އިން ލާމު"
  ކޮކާކޯލާ އިސްތިހާރެއްވެސް ނުފެންނާނެ އެސަރަހައްދުން.
  ކޮކާކޯލާގެ އިސްވެރިންވެސް އެތަނުން ނުފެންނާނެ.

  ވީމާ މިއީ ބަޓަރފްލައި ރަން އިން ލާމް

 4. ހަވާ

  އާއްމުންގެ ހިޔާލުތަކުން ވިސްނިއްޖެ. އޮޅުވާލިވޯޓް ސަރުކާރު. ފޮޓޯ އިސްތިހާރު ކުރުން މިބޭގެ ކަމަކީ