މާލޭގެ މެދުޒިޔާރަތްމަގު ޗާންދަލިޔާ ބުކްޝޮޕް ކައިރިން ސައިކަލެއްގައި ދިޔަ މީހެއްގެ ޖީބުން މަގުމައްޗަށް އެޅިފައިހުރި ފައިސާތަކެއްގެ ވެރި ފަރާތް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ، އެ ފައިސާތައް މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށެވެ. އަދި އެ ފައިދާ ތަކަކީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހުގެ ވަގުތެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ފައިސާތަކެއް ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުންގެ އަތުގައި ހުރީ ކިހާ އަދަދެއްގެ ފައިސާތަކެއް ކަން ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ފުލުހުން ވިދާޅުވީ، އެ ފައިސާތަކުގެ ވެރިފަރާތުން، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ޑިއުޓީ ނަމްބަރު 9631696 އަށް ގުޅުއްވައި، ވެރިފަރާތްކަން އިނގޭ ލިޔުމަކާއެކު ޝަހީދު ޙުސައިން އާދަމް ބިލްޑިންގއަށް ހާޒިރުވެ، ފައިސާއާ ހަވާލުވެލުމަށް އެދޭ ކަމަށެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފުލުހުން ވަނީ ޝުކުރު ދަންނަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު