ދިވެހި ފުލުހުންގެ ޔުނީފޯމްގައި ހަރަކާތްތެރި ވަމުން ދަނީ ގޭންގް މެންބަރުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު ދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފުލުހުންގެ ޔުނީފޯމްގައި ގޭންގްތަކުގެ 45 ކުދިން ނެރެއްޖެ ކަމަށާއި މިކަމުގައި އިސްކޮށް ހުންނެވީ ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް ހުސައިން ވަހީދު ކަމަށެވެ.

"ފުލުހުންގެ ޔުނީފޯމްގައި ގޭންގްތަކުގެ 45 ކުދިން ނެރެއްޖެ. މިކަމުގައި އިސްކޮށް ހުންނެވީ ކުރީގެ ސީޕީ ހުސައިން ވަހީދު. އެމްއެންޑީއެފް އަދި ފުލުހުން ރައްޔިތުންގެ ދިފާޢުގައި ނިކުމެވަޑައިގަންނަވާ." ރައީސް ނަޝީދު ވިދާޅުވިއެވެ.

ގޭންގްތަކަށް ނިސްބަތްވާ 45 ކުދިން ފުލުހުންގެ ޔުނީފޯމް ލައިގެން ނިކުމެއްޖެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އިރު އެމަނިކުފާނު ވަނީ މީގެ ކުރިން ވެސް އެތައް ފަހަރެއްގެ މަތިން މިފަދަ ސާބިތު ނުހިފޭ ވާހަކަފުޅު ދައްކަވާފައެވެ.

(ތަފްސީލް އަންނަނީ)

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ކެޔޮޅު

    ޢަންނި މަހަށްދޭ

  2. ދޮންދޫނި

    އަޅެ މީނައަކާހެދި ކިހާދެރަކަމެއްތަ..... ވެރިކަން ތިހާ ބޭނުންވަންޏާ ފިލާ ނުހުރެ އަންނަންވީނުން..... ބިރުން ނުކެރެ އަންނާކަށްވެސް.....

  3. ކައުސަރު

    ދޮގުހެދުމާއި ފިތުނަފަސާދަ އުފެއްދުމުގައި ހައްދު ފަހަނައަޅާފަ.

  4. އާދަނު

    އަދި އިތުރު ކޮށްލާ! މި މަނިކުފާނަކީ ދޮގު ހެދުމުގެ ރެކޯޑް އޮންނަ ބޭފުޅެކޭ. ޢެގޮތުން މައިބަދަ އޮޕަރޭޝަން ކުރަން ކަމަށް ބުނެ އިނގިރޭސިވިލާތައްގޮސް ގޮނޑިދުއްވަން އުޅުނުކ ވާހަކައަކީވެސް ވަރަށް މުހިންމު ކަމެއް.

    • ބަތޮލް

      އަދި އެ ވެސް ރަމަޟާން މަހުގެ 27 ވިލޭރޭ މީނާ އުޅުނީ ގޮނޑި ދުއްވާ މަޖާކޮށް ނެށުމުގައި

  5. އަލީ

    އެއްކަލަ ސޮރު މޮޔަ ގޮވަންފެށީ

  6. ޭުެެެއީޔޫ

    އަންނި ބޭކާރު ވާހަކަ ނުދައްކާ

  7. ފައިޒް

    އެއީ ގޭންގް މެމްބަރުންނެއް ނޫން ކެނެރީގެ ގަންޖާ ފޯސް މެމްބަރުން.

  8. ޢާދިލު

    މި އަންނިއަކީ ދެން މި ގައުމަށް ބޮޑު އާފާތަކަށް ވެއްޖެއްނު

  9. ވީނަސް

    ތިޔަ ނަޝީދު ތީ މިގައުމަށް ޖެހިފައޮތް ބޮޑު މުސީބާތެންނު.

  10. ރަންގޭ

    ނަޝީދު ކިޔާބަލަ އަނެއްލަވަ. ހޭހުއްޓާ ހޭހުއްޓާ ހޭހުއްޓާ. އޭރުން ސަޅިވާނެ

  11. ޝުކުރު

    ތަޅާލާނެ ކުދިންކޮޅެއް ބޭނުން

  12. ހުސެން

    މަތިންބައިންޖެހިގެން ނޫޅޭ. ރޭވުންކާމިޔާބުނުމީމަ ދެން މޮޅުވާހަކަނުދައްކާ. ގޭނގްހުއްޓުވަން ކަލޭ މާލެ އާދެބަލަ.

  13. ޛސހަޖ

    އަންނި ގެ އަންހެނުންގެ ހެދުންލައިގެން ފަރަންޖީއެއް މުޒާހަރާޔަށް ނުކުމެއްޖެ