ޤާނޫނީ ސަރުކާރު ވައްޓާލަން އުޅުނުކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އެކި ބޭފުޅުންގެ ނަމުގައި ފްލެޓްތަކާއި އެޕާޓްމަންޓްތައް ގަނެފައިވާކަމުގެ ހެކި ލިބިފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ، އެ މައްސަލާގައި ހައްޔަރުކޮށްފައިވާ ފަނޑިޔާރު އަލީ ހަމީދުއަށް ލިބުނު ރިޝްވަތުގެ ފައިސާ ބޭނުންކޮށްގެން ފްލެޓެއް ގަނެފައިވާކަމުގެ ހެކި ލިބިފައިވާކަަމަށެވެ.

"މި މައްސަލާގެ އިތުރަށް ބަލާބެލުމުން އަޅުގަނޑުމެންނަށް ގަބޫލުކުރެވެނީ އަދި ޔަގީންކުރެވެނީ މި މައްސަލާގެ ހިމެނޭ ފަރާތްތަކުން ރާއްޖެއިންނާއި ރާއްޖެއިން ބޭރުންވެސް ފްލެޓްތަކެއް ގަނެ މިކަންކަމުގެ ތެރޭގައި އުޅެފައިވާކަމުގެ ޑޮކިޔުމެންޓް އެވިޑެންސް އަޅުގަނޑުމެންނަށް ޔަގީންކަމާއެކު ލިބިފައިވޭ". ޝިފާން ވިދާޅުވިއެވެ.

ފްލެޓް ގަތް މީހުންގެ ތެރެއިން ފުލުހުން މިރޭ ނަން ހާމަކޮށްފައި ވަނީ ހަމައެކަނި ފަނޑިޔާރު އަލީ ހަމީދުގެ ނަމެވެ. ނަމަވެސް މިކަމުގެ ތެރޭގައި އެ މައްސަލާގެ ހިމެނޭ އިތުރު ބަޔަކުވެސް ފްލެޓް ގަނެފައިވާކަމުގެ ޔަގީންކަން ފުލުހުން ދެއެވެ.

އެ މައްސަލައާ ގުޅިގެން މިހާރުވެސް ފުލުހުންގެ ބެލުމުގެ ދަށުގައި އަށް މީހަކު އެބަތިއްބެވެ. އަދި އެކަކު ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ހައްވަ

    ކާނަލް ލަންޑަނުން ގަތް ފްލެޓް މީގައި ނުހިމެނޭތޯ

  2. މާން

    ފަނޑިޔާރުންގެ މައްސަލަ މީގެ 5 އަހަރު ކުރިން އޭސީސީ އަށް ދިޔަ. އެއީ ކޮރަޕްޝަންގެ ފެށުން. އޭރު ނުހުއްޓުވި. މައްސަލައިގައުޅުން އެންމެން ވޒީފާއިން ވަކިކޮށް އެހެން ތާކުން ވަޒީފާ ލިބުނަވެސްނުދޭ. މީގެން މިލިބުނު އިބްރަތަކީ 50 ލާރި ނުހައްގުން ނަގައިފިނަަމަވެސް ނުވަތަ ދޮކިއުމެންޓް ހުރިނަަ ފަނޑިޔާރުން ވަޒީފާއިން ވަކިކުރަން.

  3. ފިލި

    މާތް ﷲ ގެ ނިޔާގެ އިންތިޒާރުކުރަން.

  4. އަބްދުބެ

    ފަސްމާމުލު ފުޅު ފަސް ވަގުފުޅުންގެ ސިއްރު ބަގާވާތްފުޅު ބޭޒާރުފުޅު ވެއްޖެފުޅު. އަސްލު ބޮންތަކުގެ ބައްޕަ މިއޮތީ މިގައުމުގައި ރަޝިޔާ ،އެމެރިކާ އިރާން ގެ ބޮންތަށް ނުވާނެ މިބޮމާ ބަލާފަ އިސްތައްޓަކަށް ވެސް.

  5. ަްާައަބްދުއްރަހީމް

    ވީޓީ ރާޓީ ވީ އިން ދަނީ ޕްރޮޕެގެންޑާ ފަތުރަމުން. މިއީ އެމީހުން ގެންނަން އުޅުނު ބަޤާވަތް ހުއްޓުވީމަ އަދި މީގެ އިތުރުން މިހާރު އެނގިގެން މިދަނީ އަންނިގެ އަސްލު ސިފަ އދި އިދިކޮޅު ކޯލިޝަން އަދި ބަޤާވާތުގެވއަހުލުވެރިންގެވެސް އަސްލު. ވިސްނާ ފިކުރު ކޮަށްބަ މިބައިމީހުންގެ ނުބައިކަން

  6. މާނީ

    ޢަބުދުއްރަހީމް ވެސް ފުލެޓް ގަނެފަ ކޮންތާކުން ނެރުނު ލާރިއެއް ބާ؟ އެކަމަކު އަބްދުއްރަހީމް ގެ ވާހަކައެއްވެސް ނުދައްކާ ޕޮލިހކަށްވެސް ނުގެންދޭ އަބްދުއްރަހީމް އަންހެނުނެއްވެސް ނުގެންދޭ ކޮބާ ބާ އިންސާފު

    • ހައްލު

      އިންސާފް މިއޮތީ މަގޭ އަތުގަ. ބަލާ އާދޭ

  7. ޢަބްދުލްޙަމީދު

    ކާނަލް ނަޝީދަކީ ރިސޯޓް އޯނަރެއްކަން ނޭނގެންޏާ އަނގަ މަޑުންލައިގެން ތިބެބަލަ! އަދުރޭ ފްލެޓްގަތީ އޭނާގެ ދޯނި ވިއްކާލާފަ.