ރ. މާކުރަތު ކައުންސިލްގެ އިދާރާ އާއި، އެރަށު ޞިއްޙި މަރުކަޒާއި މެޖިސްޓްރޭޓް ކޯޓް ފަޅާލި މައްސަލައިގައި ހަތަރު މީހަކު ކޯޓު ޢަމުރެއްގެ ދަށުން ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ވިދާޅުވެފައި ވަނީ އެ މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ 21 އަހަރުގެ ދެމީހަކާއި، 19 އަހަރުގެ މީހެއްގެ އިތުރުން 62 އަހަރުގެ މީހެއް ކަމަށެވެ.
"ވަގުތު" އަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެރަށުގެ ކައުންސިލްގެ އިދާރާއާއި، މަރުކަޒާއި މެގިސްޓްރޭޓް ކޯޓް ވަނީ ފަޅާލާފައެވެ. އެހެން ނަމަވެސް އެތަނުން ފައިސާ ގެއްލިފައިވާކަމުގެ ޞައްޙަ މަޢުލޫމާތު ލިބިފައި ނުވާ ކަމަށް "ވަގުތު" އަށް މަޢުލޫމާތު ލިބެއެވެ.
އެ ތިން އިދާރާ އަކީވެސް ޑިއުޓީ އުސޫލުން ސެކިއުރިޓީ ބަލަހައްޓަ ތިން އިދާރާއެވެ. އަދި ވައްކަން ކުރި ވަގުތު ސެކިއުރިޓީ އިންނަށް އެނގިފައިނުވާ ކަމަށާއި އެ ތިން ތަންވެސް ފަޅާލައިފައި ވަނީ އެ ތަންތަނުގެ ކުޑަދޮރު ހަލާކުކޮށްލައިގެން ކަމަށްވެސް "ވަގުތު" އަށް މަޢުލޫމާތު ލިބެއެވެ.
ސެކިއުރިޓީ ބެލެހެއްޓުންގޮތް ރަނގަޅީދޯ
62 އެބަ ރަނގަޅުވޭ !
62 ގެ މީހާ އެއީ ސެކިއުރިޓީ ގާޑް. އޭނަ ހައްޔަރު ކުރީ ފަރުވާކުޑަކަމުން ނުބެލެއްޓުނީމާ. ފަހަރެއްގައި އޭނާގެ ބައިވެރިވުމެއްވެސް އޮވެދާނެތާ ފަހަރުގައި
ހާސްނުވޭ މީ ތިޖޫރީ ސަރުކާރު ވައްކަމެއްނުކުރާނެ ހުރިހާ ތިޖޫރީތަށް ބޯލާނީ ނަސީދުގެ ވެރިކަމުގައި ބާރަށުންވެސް ތިން ތިޖޫރީ ބޯލި ތިޖޫރީ ހުރިތާ ވަޅުގަނޑުވެސްނެތް ކީއްކުރަން ވަށްކަންކުރަނީ ...