ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީސް އިންތިހާބަށް ރ. އިނގުރައިދޫ ދާއިރާއަށް އަދާލަތު ޕާޓީއިން ވާދަކުރައްވާ ކެންޑިޑޭޓް ހޮވުމަށް ބޭއްވި ޕްރިމަރި، އަހްމަދު ހުސައިން ކާމިޔާބުކޮށްފިއެވެ.

އިންތިހާބުގައި އަހުމަދު ހުސައިން ވާދަކުރީ އަލީ ޝަރީފާއެވެ. އަހުމަދު ހުސައިން ޓިކެޓް ޔަގީން ކުރެއްވީ ޖުމްލަ 361 ވޯޓު ހޯދައިގެންނެވެ. އޭނާއާ ވާދަކުރި އަލީ ޝަރީފަށް ލިބެނީ 305 ވޯޓެވެ.

އަދާލަތު ޕާޓީންވެސް ރައްޔިތުންގެ މަޖިލީހުގެ ބައެއް ދާއިރާތަކަށް ވާދަކުރުމަށް މަސައްކަތް ކުރާ އިރު، އެ ޕާޓީން ޕްރައިމަރީ ބާއްވަން ޖެހޭ ދާއިރާ އަކީ ހަމައެކަނި އިނގުރައިދޫ ދާއިރާއެވެ.

އެ ދާއިރާގެ އިތުރުން އަދާލަތުން ވާދަކުރަނީ ކެލަ އާއި ވައިކަރަދު އާއި ހަނިމާދު އާއި ކާށިދު އާއި މަހިބަދު އާއި މުލަކާއި ނިލަންދު އާއި ގަމާއި ފުވައްމުލަކު ދެކުނާއި ފޭދު އާއި މާފަންނު ދެކުނު ދާއިރަށެވެ.

ރައްޔިތުންގެ މަޖިލީހުގައި މިހާރު އަދާލަތު ޕާޓީ ތަމްސީލް ކުރައްވަނީ މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމް އެކަންޏެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޕޮފުބާ

    ބޭހާއި ނުކުޅޭށެ