ގާނޫނު އަސާސީ އާއި ހިލާފު އެއްވެސް ކަމެއް ދިވެހި ސަރުކާރުން ނުކުރާނެ ކަމަށް ރައީސް އޮފީހުގެ ލީގަލް އެފެއާޒު މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ.

މިރޭ ޕީޕީއެމް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އާޒިމާ ވިދާޅުވީ ގާނޫނު ހިލާފު އެއްވެސް ކަމެއް ހިނގާނަމަ އެކަން ހުއްޓުވާނެ ކަމަށާއި އެކަން އެއްވުމުގެ ބައިވެރިންނާއި ރާވާ މީހުންނަށް އެނގެން ޖެހޭނެ ކަމަށެވެ.

އާޒިމާ ވިދާޅުވީ ސްޕްރީމް ކޯޓުން ދެންވެސް ޤާނޫނާއި ހިލާފު އަމުރެއް ކޮށްފިނަމަ އެ އަމުރު ތަންފީޒެއް ނުކުރާނެ ކަމަށެވެ.

"ސުޕްރީމް ކޯޓުން ގާނޫނާ ހިލާފު އަމުރެއް ނެރެފިނަމަ އެ އަމުރެއް ތަންފީޒު ނުކުރާނެ ސަރުކާރުން ވާހަކަ ނުދައްކާ އޮންނަނީ ސަރުކާރުން ޖެހިލުންވާތީ ކަމަށް ހީކޮށް ނުވާނެ" އާޒިމާ ވިދާޅުވިއެވެ.

އިދިކޮޅު ފަރާތް ތަކުން މިހާރު ކުރަމުންދާ މުޒާހަރާތަކާއި އެއްވުން ތަކަށް އިޝާރަތް ކޮށް އާޒިމާ ވިދާޅުވީ އިދިކޮޅު ފަރާތް ތަކުން މިހާރު އެ ކުރަމުން ގެންދާ ކަންތަަށް ތަކަކީ ގާނޫނީ އޮނިގަނޑުގެ ތެރެއިން ފުރުސަތު ދެވެން ނެތް ކަންކަން ކަމަށެވެ.

އާޒިމާގެ ވާހަކަފުޅުގައި ރާއްޖޭގެ ސިޔާސީ މަސްޜަހުގައި ޖެހިގެން އުޅޭ މައްސަލައަށް ވީ އެންމެ އަވަހަކަށް ހައްލެއް ގެނައުމަކީ ސަރުކާރުގެ އަމާޒުކަމަށް ވިދާޅުވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޢަހާނަމަ

    ޢަސާސެއް ނޫނީ ގާނޫނެއް އެބަ އޮތްބާ

  2. ފުލުސް

    ޝިފާން އެބައުޅޭ ވަރަށް މިސްވެގެން އެކަމަކީވެސް ހަމަ ޤަވާއިދުން ޤާނޫނީ އިމުގެ ތެރެއިން ހިނގާކަންކަން ދެއްތޯ ފެންނުވަރާ

  3. ޝިޔާ

    ވަރައަވަހަ ކުރީގަށް ޕޮލިސް އަދި ސިފައިގެން ކެޑިފަށް ތިބި މީހުން ވަރަށް އަވަހަ ދިވެހި ފުލުހުންނާ އެކު މޑޕ ނިމާލަން ނިކުނާނެ.

  4. ނާޒު

    އާސިމާ އަށް ގާނޫނު ފެންނަނީ އެހެން މީހުން ނަށް ނުފެންނަށް ގޮތައް ދޯ ވާތްތެރީ