މި ފަހަކަށް އައިސް ރާއްޖޭގައި ހިނގާފައިވާ ގިނަ އަދަދެއްގެ މަރުތަކާއި ހިތާމަވެރި ޙާދިސާތަކާ ގުޅިގެން އުފެދިފައިވާ ކަންބޮޑުވުންތައް، މިނިސްޓްރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް، އަލްފާޟިލް ޝިދާތާ ޝަރީފް، ހޯމް މިނިސްޓަރ އައްޝައިޚް އިމްރާން އަބްދުﷲ އާ ބައްދަލުކުރައްވާ ހިއްސާކުރައްވައިފިއެވެ.
މި ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ ހޯމް މިނިސްޓްރީގައެވެ.
މި ބައްދަލުވުމުގައި، މިނިސްޓަރ ޝިދާތާ ވިދާޅުވީ ފާއިތުވެ ދިޔަ މުއްދަތުގެ ތެރޭގައި މި ބާވަތުގެ ގިނަ ހާދިސާތައް ހިނގައިފައިވާ ކަމަށާއި، މި ފަދަ ބައެއް ހާދިސާތަކުގައި އަންހެނުންނާއި ކުޑަކުދިން އަދި އުމުރުން ދުވަސްވީ މީހުން ހިމެނޭ ކަމަށެވެ.
ހަމައެހެންމެ، ޚާއްޞަ ރައްކައުތެރިކަމާއި އަޅައިލުން ބޭނުންވާ ފަރާތްތަކުގެ ޙައްޤުތައް ހިމާޔަތްކޮށް، ރައްކައުތެރިކަން ފޯރުކޮށްދިނުމަކީ މިނިސްޓްރީގެ މެންޑޭޓުގައި ހިމެނޭ އެންމެ އިސް އެއް ވާޖިބު ކަމުގައިވާތީ، މި ފަދަ މައްސަލަތައް ތަޙުޤީޤުކޮށް އިންސާފު ލިބިގެން ދިޔުމަކީ މިނިސްޓްރީގެ ވެސް މަޞްލަޙަތުގައި ހިމެނޭ ކަމެއް ކަން ޖެންޑަރ މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ގޭންގު ކުށްތަކުން ކުޑަކުދިން ރައްކާތެރި ކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތަކާ ގުޅިގެންވެސް ދެ މިނިސްޓަރުން މަޝްވަރާ ކުރެއްވިކަމަށް ޖެންޑަރ މިނިސްޓްރީން ވިދާޅުވިއެވެ.
ޖެންޑަރ މިނިސްޓްރީގެ ކަންބޮޑުވުންތަކަށް ރިޢާޔަތްކުރައްވައި، ފުރިހަމަ އެހީތެރިކަމާއި އެއްބާރުލެއްވުން ދެއްވާނެ ކަމަށާއި އަދި ކުރިމަގުގައި، މި ފަދަ ހާދިސާތައް މަދުކުރުމަށް ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާ ގުޅޭ ގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.
އިމްރާން ތިއޯދޯ މަލްކަލްމަތުގެ ފާން ތަންދޮރެނޭގެން ބީތާ އާލާތުންނައް މިނިސްޓަރ ކަން ދިނީމަ ވާގޮށް މިފެން ނަނީ
ފުރަތަމަ ރޯމާ ދުވާލު ކެމެރާ ތަކުގެ ކުރިމަތީ މާރާމާރީ ހިންގާމީހުން ހައްޔަރުކޮއް އިންސާފް ހޯދައިދީ. ޖަޒީރާ އިންސާފް އަރާހަމަނުކުރާނެ ޕާރޓީ މީހެއް ވެއްޖެޔާ
ތިމާ ފޭހުނު އިލޮށި ތިމާ ލޮލަށް ހެރޭނެއޭ ބުނަނީ ސަމަސާއަކަށްނޫން. ގޮތްނޭނގޭ މަރު ބަލާ ކޮމެޓީ ހަދައިގެން ބަލަންޖެހޭނެ ކަންތައް މީ ހައްތަހާވެސް. ކޮމެޓިން ކުރާނެ މަސައްކަތް މޮޅަށް ދެނެވޮޑިގެންފަރާތުން އެވެރިންނަށް ދައްކަވަނީ.
ދެފޫޓަށް ދަތްޕިލާ ނެރިގެން މަވަން އުޅޭނޭކަމެއްނެތެވެ. ޑްރަގު ތިޔާގިވެގެން މި އުޅެނީ! އެވާހަކަ ނުދައްކަން މަތިއަޅަންތަ ތިޔަ އުޅެނީ؟
ބަލަގަ ސިދާތާ! އަހަރެމެންވެސް ކުއްލި މަރުތަކާ ބެހޭގޮތުން ބައްދަލުކޮށްފީމު! ...... ކޮފީ މޭޒެއް ކައިރިން! އެކަމަކު އަހަރެމެންނަށް ކުރެވޭނެ ކަމެއް ނެތީތީވެ މި ތިބީ ހިމޭނުން!
ރާއްޖޭގަ ދިވެހިންގެ އާބާދީ މަދުކޮށް ފަރަންޖީންގެނައުން މީ ރިޔާސީ ވައުދެއް ކަމަށް ވެދާނެ “15 ދުވަސް 450 އަށް ވުރެ ގިނަ ބިދޭސީން” ވަރަށް ސަޅި ވައުދެއް
ނަސީބެއް ޓްރާންސްޕޯޓް މިނިސްޓަރ ޖުމްހޫރީ ޕާޓީގެ ލީޑަރާ ބައްދަލު ނުކުރިކަން.....