ރާއްޖޭގައި އިންކަމް ޓެކްސް ތައާރަފްކޮށް، ޓެކްސް ނެގުމަށް ބިލެއް މަޖިލީހަށް ހުށަހަޅަން އެމްޑީޕީ އިން ނިންމައިފިއެވެ.
19 ވަނަ ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީގެ ފަރާތުން ހުށަހަޅާ ކަންކަމުގެ ތެރޭގައި "ފަރުދުންގެ އާމްދަނީ ޓެކްސް" ނަގަން ވަނީ ހިމަނާފައެވެ.
އެމްޑީޕީން ހުށައަޅާ ބިލުގެ ޑްރާފްޓުގައި ވާ ގޮތުން މަހަކަށް 60،000 އާއި 100،000 ރުފިޔާއާ ދެމެދު އާމްދަނީ ލިބޭ މީހުންގެ އަތުން 3.5 ޕަސަންޓުގެ ރޭޓުގައި ޓެކްސް ނަގާނެ އެވެ.
100،000 އައި 150،000 ދެމެދު އާމްދަނީ އެއް ލިބޭ މީހުންގެ އަތުން 6.5 ޕަސަންޓުގެ ރޭޓުގައި އިންކަމް ޓެކްސް ދައްކަން ޖެހޭނެ އިރު 150،000 އާއި 200،000 ރުފިޔާއާ ދެމެދު އާމްދަނީއެއް ލިބޭ ފަރާތްތައް 10 ޕަސަަންޓުގައި ޓެކްސް ދައްކަން ޖެހޭނެ އެވެ. އެއަށްވުރެ މަތިން އާމްދަނީ ލިބޭ ފަރާތްތައް 15 ޕަސަންޓުގައި ޓެކްސް ދައްކަން ޖެހޭނެ ގޮތަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅާނެއެވެ.
ފަރުދުންގެ އާމްދަނީ ޓެކްސް ނަގާނީ ރާއްޖޭގައި ވަޒަންވެރިވެފައިވާ މީހެއް ނުވަތަ ބޭރު މީހެއް ވިޔަސް ރާއްޖޭގައި އުފައްދާ އާމްދަނީ ލިބޭ ކޮންމެ މީހެއްގެ އަތުންނެވެ.
60،000 އަށް ވުރެ މަތިން އާމްދަނީ ލިބޭ މިހުން އަތުން އިންކަމް ޓެކްސް ނެގުމަކީ މިއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ.
ކޮމެޓީ ހަދާފަ ތިލާރިގަދު ދެން ބަހާލާ
ތެކުސްނަގާފަ ލޯނުނަގާފަ ގައުމުދަރުވާފަ
ރަތްޔެތުން ބަޑަށްޖައްސާފަ ފަންޅިއަޅާފަ
ހުޅުޕާޓީގެ ލާދީނީމުއްލާއިން ހިޖުރަކުރާނީ
ޓެރެރިސްޓުން ހިމާޔަތްދޭ އިގިރޭސިންކާރިއަށް
ހޫން ހުން މީ ދޯ ސޭޓު އަންހެނުންގެ ފިރިމީހާ މި ރުންކުރުވެ ބޮޑާ ހާކާ ކަމަކީ. މާލަސްވެސް ވެއްޖެ ތިޔެއް ނަގަން.
ތީ ރަނގަޅު ކަމެއް. ލާދީނީ ބަޔަކުވެސް ރަނގަޅު ކަމެއްގެ ވާހަކަ ބުނެފިޔާ ހަމަވާނީ ރަނގަޅު ކަމަކަށް. އެކަމު މަށަށް ފެންނަނީ 30000 އިން މަތީގެ މުސާރަ ލިބޭ މީހުންގެ އަތުން ނަގާގޮތަށް ހަދަން.
މަޖްލީސް މެމްބަރުން އަތުން އެހެންވީމަ %3.5 ދޯނަގާނީ. 3.5 ގައި ހުރިހާ އެންމެންގެ އަތުން ނެގުން އޯކޭ.