ހދ. މަކުނުދޫ ޒުވާނަކު އެރަށު ވިލުތެރެއިން ވިހަ ގަދަ ކަނޑު ހަރުފައެއް ހިފައިފިއެވެ.
"ވަގުތު" މައުލޫމާތު ދެއްވަމުން މަކުނުދޫ ކައުސިލް މެންބަރަކު ވިދާޅުވީ އެ ހަރުފަ ހިފާފައި ވަނީ އެރަށު އަހުމަދު ތަހުސީމު ކަމަށާއި، ހަރުފަ ހިފާފައިވަނީ އެރަށު ވިލުތެރެއަށް އިއްޔެ ވެލިނަގަން ގޮސް އުޅުމުގެ ތެރޭގައި ކަމަށެވެ.
" ދޮޅު ފޫޓް ހުންނަ އެ ހަރުފަ ނެގީ ދާގަނޑެއް ޖަހައިގެން , ތަހުސީމު ހަރުފަ ރަށަށް ގެނައީ ގިނަ މީހުން ހަރުފަ ބަލައިލަން ބޭނުންވާނެތީ " އޭނާ ވިދާޅުވިއެވެ.
މަކުނުދޫ ކައުންސިލް މެންބަރު އިތުރަށް ވިދާޅުވީ ފުޅިއަކަށް ލައިގެން ގެނައި އެހަރުފަ ގޭގައި ހުރި ޓޭންކަކަށް ލައިގެން ގެންގުޅުމަށްފަހު މިއަދު ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ.
2016 ވަނަ އަހަރުވެސް މަކުނުދޫ ގޮނޑުދޮށުން ހަރުފައެއް ފެނިފައިވާއިރު މީގެ ކުރިންވެސް ރާއްޖޭގެ ބައެއް ރަށްރަށުގެ ފަޅުތެރެއާއި ވިލުތެރެއިން ފެންހަރުފަ ފެނިގެން ހިފުމަށްފަހު، ވަނީ ފުލުހުންނާ ހަވާލުކޮށްފައެވެ.
ތިޔަވާނީ ސަރުކާރާ ގުޅުންހުރި ހަރުފައަކަށް
ކިނބޫ ވެސް ފެންނާނެ.