ފިއުލް ސަޕްލައި މޯލްޑިވްސް، (އެފްއެސްއެމް)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މަޖިލީހުގެ ތިނަދޫ ދާއިރާގެ ކުރީ މެމްބަރު މުހައްމަދު ގަސަމް އައްޔަން ކުރައްވައިފިއެވެ.

އެފްއެސްއެމްގެ ބެލެނިވެރި ފަރާތް ކަމަށްވާ އެސްޓީއޯއިން މިއަދު ކޮށްފައިވާ ޓްވީޓުގައި ބުނެފައި ވަނީ އެފްއެސްއެމްގެ އެމްޑީގެ މަގާމަށް އައްޔަން ކުރެވުނު ގަސަމްއަށް މަރުހަބާ ދަންނަވާ ކަމަށެވެ.

މިދިޔަ ސަރުކާރުގެ ސަރުކާރުގެ ތެޔޮ ކުންފުނި އެފްއެސްއެމް މެދުވެރިކޮށް ގިނަ ޖަރީމާތަކެއް ހިންގިކަމުގެ ތުހުމަތުތައް ކޮށްފައިވެއެވެ. އޭގެ ތެރޭގައި އޭރުގެ ބައެއް މަޖިލިސް މެމްބަރުންނަށް ނުއަގުގައި، ވިޔަފާރި ކުރުމަށް އެފްއެސްއެމްއިން ތެޔޮ ދިންކަމުގެ ތުހުމަތުވެސް ކުރިން އެ ކުންފުނީގެ އެމްޑީ ކަމުގައި ހުރި ހުސައިން ދީދީގެ މައްޗަށް ވަނީ ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ހަދިމް

    މީ އަދި ވަގު ސަރުކާރަކީ

  2. ތިނަދޫ

    ޢަނެއްކާވެސް ހަމަ ތިނަދޫ މީހެއް. މިއީ އަރަތެއްތަ . ތިތަނުގެ އެމްޑީއަކަށް އަބަދުވެސް ބަހައްޓަންޖެހެނީ ތިނަދޫ މީހެއްހެން ހީވަނީ .

  3. ޖޮއްބެ

    ހޫނ....!!! ދުމަބައްޑާ ފެނަބައްޑާ ތޭރީޤަސަމްދޯ.

  4. ދިހަރޭ ޕްލާޒާ

    ކުންފުނިތަކުގެ އެމް.ޑީ އަކަށް ލާއިރު ތިނަދޫ ދިހަރޭ ޕްލާޒާ ކިޔާ ފިހާރައިގެ ސޭޓްކަންކުރީމަ ޝަރުޠު ހަމަޗީބާ! ތިތަކުންފުނީގެ ދުވަސްގޮސް ބަގުރޫޓްވީތި ހަހަ ?. ޕާޜީގަ ކިޔަވަެިގެން ތިބިމީހުން ހުސްޗީބާ މިކަހަލަ ނުކިވާތިބި މީހުނަށް ވަޒީ ބަހަން މިފެށީ!?. ހެޑްލެސް ކްރޭބްސް ???

  5. މާލީތެޔޮ

    ތިވީކޯންޗަކަށް، މިފަހަރު ތެޔޮކޮޅުއެކަންޏެއްނުން ތެޔޮޓެންކްތަށްވެސް ނުފެންނާނެ، ބާދަގަނޑަށް ނަމަވެސް ވިއްކާ ކައި ހުސްކޮށްލާނެ.

  6. އަސްތާ

    ތިތަނުގެ ދުވަސް ތިދެން ދިޔައީ.ބިތުފަންގި ނެގިޔަސް ދެން ކެޔޮ ކޭވަރު.ނޭގޭވަރުގެ މީހެއް

  7. އެފް.އެސް.އެމް

    ތިނަދޫ މީހުންނަކީ ވަރަށް ތެލާ ރަށްޓިހިބައެއް ، މީނަގެ މަސްލަހަތު ހުރި ތެޔޮކުންފުނިތައް ހުންނާނެ ދެން ޖަރީމާ ހިންގާނެވަރު ވިސްނާ

  8. ކަލޯމަރުމޯލަ1

    އެއްވެސް އިލްމެއްނެއް ޕާޓީ ޕަޕެޓެއް، މިއޮތީ އެބުނާހެޔޮވެރިކަން، އާކޮންމެކަމެއްވެސް ހެޔޮ ވެރިކަން ދޮތަ

  9. ޢހަހަހ

    ގދ. ތިނަދޫގައި ތެޔޮ ކުންފުންޏެއްް ހިނގާ މީހަކަށް މިފަދަ މަޤާމެއް ދިނުމުން ދެން ކަންވާނީ ކިހިނެއް. ތެޔޮ ބޯލާނެ ދޯ.

  10. ޓިނު ބިންތި އަދުރޭ

    ތިމީސް މީހުނައް ތަންތަން ހަވާލު ނުކޮއްފިއްޔާ މޑޕ އަކައް ތިނަދުއިން ތާއިދު ނުކުރާނެ... ބިރުދައްކާފައޭ ތިބެނީ