ޤައުމީ ޚިދުމަތުގައި އެކި ދާއިރާއިން އަންހެނުން ކުރާ މަސައްކަތްތަކާއި، މުޖުތަމަޢު ބިނާ ކުރުމަށް އަންހެނުން އަދާކުރާ ދައުރުގެ އަގު ޤައުމީ ފެންވަރެއްގައި ވަޒަންކޮށް، ދިވެހިރާއްޖޭގެ ޤައުމީ ތަރައްޤީއަށާއި އަންހެނުންގެ ކުރިއެރުމަށް އަގުހުރި ޚިދުމަތްތައް ކޮށްދީފައިވާ ފަރާތްތަކަށް، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއިން ދޭ ރެހެންދި އެވޯޑަށް ފިރިހެން ބޭފުޅުންނަށް ވެސް ކުރިމަތިލެވޭ ގޮތް ހަދައިފިއެވެ.

ރެހެންދި އެވޯޑަށް ކުރިމަތިލާން ޖަނަވަރީ މަހުގެ 31 ވަނަ ދުވަހު ކުރި އިއުލާން ބާތިލް ކުރުމަށް ފަހު މިއަދު އަލުން ކުރި އިއުލާނުގައި ވަނީ އާއްމު ފަރުދުންގެ ތެރެއިން ފިރިހެން ބޭފުޅުންނަށް ވެސް ކުރިމަތިލެވޭނެ ކެޓަގަރީއެއް އިތުރު ކޮށްފައެވެ.

އަންހެނުންގެ ތަރައްޤީއާއި، އަންހެނުން ބާރުވެރިކުރުވުމާއި ޖެންޑަރ މެއިންސްޓްރީމް ކުރުމުގެ ދާއިރާގައި 10 އަހަރަށްވުރެ މަދުނޫން މުއްދަތަކަށް މަސައްކަތް ކޮށްފައިވާ ފިރިހެން ބޭފުޅުންނަށް މިހާރު ރެހެންދި އެވޯޑަށް ކުރިމަތިލެވޭނެއެވެ.

މީގެ އިތުރުން ދެ ދާއިރާއަކުން ހަތް ފަރާތަކަށް އެވޯޑް ދިނުމަށް ހަމަޖެހިފައިވެއެވެ.

އެވޯޑް ދޭނެ ފުރަތަމަ ކެޓަގަރީ އަކީ އާއްމު ފަރުދުންނަށް ކުރިމަތިލެވޭ ގެޓަގަރީއެވެ. މިކެޓަގަތީގެ ދަށުން ސިޔާސީ ދާއިރާ، އިޤްތިޞާދީ ދާއިރާ، އިޖްތިމާޢީ ދާއިރާ، އަދާކުރާ ވަޒީފާގެ ގޮތުން އޮފީހަށް ނުވަތަ ދާއިރާއަށް ކޮށްދީފައިވާ ޚިދުމަތް (އެކްސެޕްޝަނަލް އިންސްޓިޓިއުޝަނަލް ސަރވިސް) އަންހެނުން ޢާންމުކޮށް ކޮށްނޫޅޭ މަސައްކަތްތައް ނުވަތަ "ނޮން-ޓްރެޑިޝަނަލް ރޯލްސް"ގެ ދާއިރާ އިން އެވޯޑް ދޭނެއެވެ.

މީގެ އިތުރުން ވަޒީދޭ ފަރާތްތައް ނުވަތަ އިދާރާތައް ނުވަތަ މުއައްސަސާތަކަށް ހާއްސަ ކޮށްފައިވާ ގެޓަގަރީގެ ދަށުން ވަޒީފާދޭ ފަރާތްތަކުގެ ތެރެއިން އަންހެނުންގެ ތަރައްޤީއާއި، އަންހެނުން ބާރުވެރިކުރުވުމާއި ޖެންޑަރ މެއިންސްޓްރީމް ކުރުމުގެ ދާއިރާ އަދި ވަޒިފާދޭ އިދާރާތަކާއި މުއައްސަސާތަކަށްވެސް ކުރިމަތިލެވޭނެ ގޮތައް ވެސް އެވޯޑް ދޭނެއެވެ.

އެވޯޑަށް ކުރިމަތިލާން ޖެހޭނީ މި މަހުގެ 14 ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިންނެވެ.

އެވޯޑާއި ބެހޭ އިތުރު މައުލޫމާތުތައް ޖެންޑާ މިނިސްޓްރީ އިން ވަނީ ގެޒެޓް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. އަސްތާ

  ދެން ފިރިހެނުން ފިރިހެނުންނާ އިނުން އޯކޭ ކޮއްލާ! އިންޑިއާ ފަސްޓް ޕޮލިސީ ހަބޭސް. އެހެންނޫންތޯ

 2. ސަނީޒް

  ފިރިހެނުންނައް ދޭން ޖެހޭނީ ދަންޑަހެލު އެވޯޑު.. އަންހެނުންނައް ދޭންވީ އެނދިމަރިޔަނބު އެވޯޑު.. ޑިކްޓޭޓާސް އަށް ދޭންވީ ހައްޖާޖް ބިން ޔޫސުފް އެވޯޑު.. ކަރަޕްޓު މީހުންނައް .މިސާލަކައް އަދީބު އައް ދޭންވީ ގާރޫން އެވޯޑު.. އެހެންވީމާ ކޮންމެ ބަޔަކައްވެސް ދޭންވާނީ އެބަޔަކާއި އެންމެ ގުޅޭ އެވޯޑެއް.

 3. އަހްމަދު

  ފިރިހެނުންނަށް ދޭން ޖެހޭނީ ރާޖާ އެވޯޑް.

 4. ހުސޭނުބޭ

  ފިރިހެނުންނަށް ރެހެންދި އެވޯޑް ދެންޏާ އެންމެ އަންހެންދުޅައިގެ ފިރިހެނަކަށް އެވޯޑްދޭނެކަން ގައިމު!

 5. ޚިޔާލެއް

  ނެތް ސަލާމަތެއް... ކުރާ މަސައްކަތް ފާހަގަ ކުރުމަށް އެވޯރޑެއް ދޭން ކަނޑައެޅުމުން ވެސް އެވީ ގޯސް... އެކަކު އަނެކަކަށް އެއްޗެހި ގޮވާ ދެރަކޮށް، ސަމާސަ ކުރުކުމުގެ ބަދަލުގައި ހިތްވަރު ދިނުމުގެ ބަސްތައް ބުނުން އާދަކުރަން ވެއްޖެ ކަންނޭގެ... ފިރިހެނުންގެ މަސައްކަތްތައް ވެސް އަގުވަޒަން ކުރަންވެެއްޖެ...ޚާއްސަކޮށް ފިރިހެނުން، ފިރިހެނުންނާ ދިމާލަށް ބުރަ ބަސްނުބުނެ...