ބާރަށް ލަވަޖަހައި، ބެރުޖަހާ އޮޑިއަށް ފުންމައިގެން ނާރާނެ ކަމަށާއި، ޤަބޫލުނުކުރާ ސިޔާސީ ފިކުރެއްގެ ތެރެއިން ފެނިވަޑައިނުގަންނާނެ ކަމަށް އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

މިވަގުތު ސިޔާސީ ޕޯޑިއަމްތަކުން ފެންނަމުން ނުދާ އުމަރު ނަސީރު "ވަގުތަށް" ދެއްވި ހާއްޞަ އިންޓަވިއުއެއްގައި ވިދާޅުވީ، ކިތަންމެ ދުވަހަކު މަޑުކޮށްލައިގެން ހުންނަވަން ޖެހިވަޑައިގަތް ނަމަވެސް، ޤަބޫލުނުކުރާ ސިޔާސީ ފިކުރެއްގެ ތެރެއިން އެއްވެސް ހާލެއްގައި ފެނިވަޑައި ނުގަންނަވާނެ ކަމަށެވެ.

"އަޅުގަނޑު ގަބޫލުނުކުރާ އެއްޗެއްގެ (ފިކުރު) ތެރެއިން އެއްވެސް ހާލެއްގައި އަޅުގަނޑު ނުފެންނާނެ އިނގޭތޯ! އެއީ އަޅުގަނޑު މަޑުކޮށްލައިގެން ކިތަންމެ ދުވަހަކު ހުންނަން ޖެހުނަސް ހެޔޮ." އުމަރު ނަސީރު ވިދާޅުވިއެވެ.

"އަޅުގަނޑު މިއީ އެންމެ ބާރަށް ލަވަޖަހާ ބެރުޖަހާ އޮޑިއަށް ފުންމައިގެން އަރާ މީހެއް ނޫން." ދަތުރު ކުރައްވާނީ ޤަބޫލުކުރައްވާ ހަމަތަކުގެ ތެރެއިންކަން ފާހަގަކުރައްވައި އުމަރު ވިދާޅުވިއެވެ.

މީގެ ކުރިން އުމަރު ވިދާޅުވެފައިވަނީ، ރައީސް ޔާމީނަށް ތާއީދު ނުކުރައްވާ ކަމަށާއި އަދި އިދިކޮޅު ކޯލިޝަނުގެ ތެރޭގައިވެސް ނުހުންނަވާނެ ކަމަށެވެ. އަދި އިދިކޮޅުން އުމަރު ފެނިގެން ނުދަނީ އިދިކޮޅުގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ހުންނެވުމުން ކަމަށާއި، ފެނިގެންދަނީ ކޮލެރާ އާއި ސިގެއްލާ ކަމަށް ވިދާޅުވެ އުމަރު ވަނީ އެފަރާތްތަކަށް ފާޑު ވިދާޅުވެފައެވެ.

މީގެ އިތުރުން ހުރިހާ ސިޔާސީ ފިކުރެއްގެ ސުލްހަވެރި ސިޔާސީ ހަރަކާތްތަކަށް ތާއީދު ކުރައްވާ ކަމަށާއި، މީގެ ކުރިން ދުވަހަކުވެސް މަގުމަތިން ސަރުކާރު ވައްޓާލެވިފައި ނުވި ނަމަވެސް އެފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ މަގުމަތިން ސަރުކާރު ވައްޓާލުމަކީ ރައްޔިތުންގެ ހައްޤެއް ކަމަށްވެސް އުމަރު ވިދާޅުވިއެވެ.

އުމަރު ނަސީރަކީ 2013 ގެ ރިޔާސީ އިންތިހާބަށް ކެންޑިޑޭޓެއް ނެރުމަށް ޕީޕީއެމް އިން ބޭއްވި ރިޔާސީ ޕްރައިމަރީގައި ރައީސް ޔާމީން އާއި ވާދަކޮށްފައިވާ، އަދި ރިޔާސީ އިންތިހާބުގައިވެސް ވާދަކޮށްފައިވާ، މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެކަން އެންމެ ފުރަތަމަ އިއުލާން ކުރެއްވި، މި ސަރުކާރުގެ ކުރީގެ ހޯމް މިނިސްޓަރެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. Anonymous

    ކަތުރުފަނި އަރާފިއްޔާ އެތަނެއްގެ ދުވަސްދާނެ

  2. ގަފޫރު

    އުމަރު ނޫނީނެތް ސިޔާސީީ ވިޔަސް އެގަބޫލުކުރާ ގޮތުގަ ހުރިމީހެއް މިރާއްޖޭގަ

  3. ކޮމެންޓް

    ގަބޫލުކުރަން ދަތި ހަގީގަތެއް..އެކަމު އުމަރު ކަހަލަ މީހަކު ނިކުމެގެން މިގައުމު ހަމައަކަށް އެޅުވޭނީ.

  4. ޢަބްދުﷲ

    އުމަރު ތީ ހަމަ ބެސްޓް.

  5. އަސްލުމީހާ

    ބާސްކެޓުގަވެސް ޖެހުނީތިހާލު މިހާރު ސިޔާސީ މަސްރަހުގައިވެސް ހަމަ އެހާލު.

  6. މަލީ

    އުމަރަކީ އަނގައިން މޮޅުބަސް ބުނެގެން އުޅޭ މީހެކެވެ. އުމަރަށްވެސް ވާގޮތަކީ ވެރިކަން ބޭނުންވަނީއެވެ. ޔާމީން ކަހަލަ ހިންގުން ތެރިއެއްގެ ކައިރީގައި ހުރެގެން ނުނި އުމަރަކަށް ވެސް މުސްތަގުބަލެއް ނެތެވެ.

  7. މާބުރު

    މޮޔަ ސޮރެއް، ކަލެއަށް ކާކު މިޤައުމުގެ ރައީސުލްޖުްހޫރިއްޔާ ގެ މަޤާމު ދޭނީ، އެންމެ ފަހުން ކުރިމަތި ލައިގެން ލިބުނީ ކިހާ ވޯޓެއްކަން ހަނދާން އެބަހުރިތަ

  8. އަންނި

    އަޅޭ ކަލޭ ގެނަނާކަށް ނޫޅެމޭ ކިހިނެއް ވެގެން ތިއުޅެނީ ހިފިނުހުރެވިގެން. އަލައް އަނގަ ފަޅައިގެން ތަ ތިއުޅެނީ؟