އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ބޮލަށް އަނިޔާވި އުމުރުން ހަ އަހަރުގެ ފިރިހެން ކުއްޖަކު އެމްއެންޑީއެފް ހެލިކޮޕްޓަރުގައި މާލެ ގެންނަން ނިންމައިފިއެވެ.

އައްޑޫ ސިޓީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންދިޔަ އެ ކުއްޖާގެ ހާލަތުގައި ގޯސްވެގެން ހެލިކޮޕްޓަރުގައި މާލެ ގެންނަން ނިންމާފައި ވަނީ މިއަދު ގާތް ގަނޑަކަށް 10:20 ކަންހާ އިރުއެވެ. އެމްއެންޑީއެފްއިން ބުނެފައި ވަނީ ކުއްޖާއާއެކު ހެލްކޮޕްޓަރު ޖައްސާނީ އުސްފަސްގަނޑުގެ ހެލިޕޭޑަށް ކަމަށެވެ.

އައްޑޫ ސިޓީގައި ދާދި ފަހުންވެސް ވަނީ ގިނަ އެކްސިޑެންޓްތަކެއް ހިނގާފައެވެ. އެގޮތުން މިދިޔަ މަސް ތެރޭގައިވެސް އައްޑޫގައި ވަނީ ތިން އެކްސިޑެންޓެއް ހިނގާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މޯދީ

    އަދި އައްޑޫ އާ މާލެ އާއި ދެމެދު ދަތުރު ކުރާ އުޅަނދަކަށް ވެސް ތިޔަ ހެލިކޮޕްޓަރު ހަދާނެ. އިންޑިއާ މީހުންގެ ހެޔޮފުޅުކަމާއި ، ހެލިކޮޕްޓަރުގެ މުހިންމުކަން ދެއްކުން. ކިތަންމެ ޑުރާމާއެއް ކުޅުނަސް އަހަރެމެން ލޮލުގަ ތިޔަ އަނދުން ނޭޅުވޭނެ. ހަމަ ރީނދޫ ބައިގަނޑު މޮޔަ ހެއްދޭނީ. އިންޑއާ ގޯ ބެކް ޓު ޔޯ ކަންޓުރީ. ވީ ޑޯން ނީޑް ޔޯ ފަކިން ހެލިކޮޕްޓަރސް
    އެންޑް ވީ ޑޮންޓް ނީޑްޔޯ ފަކިން މިލިޓަރީ އިން މޯލްޑިވުސް

  2. މާލެ

    މިހާރު މާލޭގަ އެކްސިޑެންޓް މާ ގިނަ. އަދި ކިރިޔާ ތި ހިތުން ތަހުޒީބު މީހުންކޮޅަށް ރަނގަޅު މަގެއް ލިބުނީ.

  3. ޗިއްލޫ

    ރައްޔިތުންނަށް މިހެލިކަޕްޓަރުގެ މުހިންމުކަން ދައްކަން ކުރާކަމެއް! އެމްއެންޑީއެފްގެ ނަންޖެހިޔަސް ތިޔަހެލިކަޕްޓަރަކީ އިންޑިޔާގެ އެއްޗެއް، ތިދުއްވަނީއެމީހުން، އަޅުގަނޑަކަށް އެނގިފަކާނެތް އެމްއެންޑީ އެފް ގަ ވަޒީފާ އިންޑިޔާ ރައްޔިތުންނަށް ދީފަވާކަމެއް!