ސްރީލަންކަން އެއާލައިންސް މެގަ ސޭލްގެ ނަމުގައި ވަރަށް ހާއްސަ ޑިސްކައުންޓެއް ލިބޭ ފަސް ދުވަހުގެ ޕްރޮމޯޝަނެއް ފަށައިފިއެވެ.

މި ޕްރޮމޮޝަން ފަށާފައި ވަނީ މިއަދުއެވެ. މިދައުން ފެށިގެން ފަސް ދުވަހުގެ ތެރޭގައި ސްރީލަންކަން އިން އިންޑިއާއަށް ދާން ބޭނުންވާ ފަރާތްތަކަށް ޑިސްކައުންޓް އަގުގައި ޓިކެޓްތައް ލިބިގެން ދާނެއެވެ.

އެގޮތުން ބެންގަލޫރް، ޓްރިވެންޑްރަމް، މުމްބާއި އަދި ބެންގަލޫރްއަށް ދަތުރުކޮށްލަން ބޭނުންވާ ފަރާތްތަކަށް ޑިސްކައުންޓް ލިބިގެން ދާނެއެވެ. އެގޮތުން އެއްކޮޅު ޓިކެޓަށް 50 ޕަސެންޓާއި ހަަމައަށް ޑިސްކައުންޓް ލިބޭއިރު، ދެކޮޅު ޓިކެޓް އެއްކޮށް ނަގާނަމަ 40 ޕަސެންޓްގެ ޑިސްކައުންޓެއް ލިބޭނެއެވެ.

އެ އެއާލައިނުން މައުލޫމާތުދޭގޮތުގައި، އެ ޑިސްކައުންޓް ލިބެނީ މިއަދުން ފެށިގެން މި މަހުގެ 14 ވަނަ ދުވަހުގެ ކުރިން ޓިކެޓް ނަގާ ފަރާތްތަަކަށެވެ.

އަދި ޓިކެޓް ނަގާ ފަރާތްތަކުން މި މަހުގެ 14 ވަނަ ދުވަހުން ފެށިގެން އަންނަ އޮކްޓޯބަރު މަހުގެ ނިޔަލަށް ދަތުރުކޮށްލުމުގެ ފުރުސަތު ލިބޭނެއެވެ.

ސްރީލަންކަން އެއާލައިންސްގެ ޓިކެޓް ލިބިވަޑައިގަންނަވާނީ ސްރީލަންކަން އެެއާލައިންސްގެ ރާއްޖޭގެ ޖެނެރަލް ސޭލްސް އޭޖެންޓްގެ އޮފީސް ކަމަށްވާ އޭސް އޭވިއޭޝަންސް އިންނެވެ.

ކިޔުންތެރިންގެ ހިޔާލު