މުލިއާގޭގެ ކުރީގެ ޗީފް އޮފް ސްޓާފް، އަޙުމަދު މުސްތަފާ މުޙައްމަދުގެ ބަންދަށް ކްރިމިނަލް ކޯޓުން 10 ދުވަސް ޖަހައިފިއެވެ.

އޭނާގެ ބަންދަށް 10 ދުވަސް ޖަހާފައިވަނީ، ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ގެންދިއުމުންނެވެ.

ފުލުހުން އިއްޔެ ވިދާޅުވީ، މުސްތަފާ ހައްޔަރު ކުރެވިފައިވަނީ ފަތުރުވެރިކަމަށް ރަށެއް ކުއްޔަށް ދޫ ކުރުމުގައި ރިޝްވަތު ހިފުމާއި، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދިކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ހެކިންނަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރުމާއި، ހެކިންނަށް ބިރު ދައްކަމުންދާކަމުގެ ތުހުމަތުގައިކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސަޒަން

    މީ އެއްކަލަ މާރސިޑީޒް އަމިއްލަކުރަންއުޅުނު މީހާދޯ ސައުދީންދިން ވަޒަންނާރާ ކާރު އަމިއްލަކުރާން އެތައް މަސައްކަތެއް ހިންގިކަމަށް ނޫސް ތަކުގައި ލިޔެވިފައިވޭ!