ބިދޭންސީންނާ ގުޅޭ ބައެއް މަސައްކަތެއް އިކޮނިމިކް މިނިސްޓްރީ ކުރާ ގޮތަށް ހަމަޖައްސައިފިއެވެ.
އެގޮތުން، ބިދޭންސީންގެ ކަންކަން ބެލެހެއްޓުމަށް ޤާއިމުކޮށްފައިވާ އޮންލައިން ސިސްޓަމުގައި ރަޖިސްޓްރީ ވުމުގެ މަސައްކަތްތަކާއި، ރާއްޖޭގައި މަސައްކަތް ކުރުމުގެ ހުއްދަ ބިދޭސީންނަށް ދިނުމާއި، ކޯޓާ ހަމަޖެއްސުމުގެ އިތުރުން ވިސާ ފީ ބަލައިގަތުމާއި ރިފަންޑުކުރުމުގެ މަސައްކަތްތައް ހިމެނެއެވެ.
މިހުރިހާ ކަމެއްވެސް މީގެ ކުރިން ކުރަމުން އައީ އިމިގްރޭޝަންގެ ދަށުންނެވެ. މިހާރު އައި ބަދަލާ ގުޅިގެން އިކޮނޮމިކް މިނިސްޓީން ނެރުނު އިޢުލާނެއްގައި ބުނެފައި ވަނީ، މިކަމުގެ އެންމެ ބޮޑު ސަބަބަކީ ރާއްޖެއަށް ބިދޭސީން އެތެރެވާ ގޮތާއި، އެކަމަށް ހުއްދަ ދެވޭ ގޮތް ބަލައި، އަދި މިކަމާއި ގުޅިގެން ސަރުކާރުން އެކުލަވާލައިފައިވާ ސިޔާސަތުތައް އެންމެ އެދެވޭ ގޮތެއްގައި ތަންފީޒު ކުރުން ކަމަށެވެ.
މީގެ އިތުރުން، މި ބަދަލު އަންނަ މަރުޙަލާގައި، ޚިދުމަތް ހޯއްދަވާ ފަރާތްތަކަށް ވީހާވެސް ފަސޭހަވާނެހެން މަސައްކަތް ކުރައްވާނެ ކަމަށްވެސް އެ އިޢުލާނުގައި ވަނީ ބުނެފައެއެވެ.
ޤަވާއިދާއި ޚިލާފަށް ރާއްޖެ އެތެރެވާ ބިދޭސީންނާއި، ޤަވާއިދާއި ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ މި ފަހަކަށް އައިސް ވަނީ ވަރަށް ބޮޑުވެފައެވެ. އަދި މިކަމަށް އަވަސް ހައްލެއް ގެނައުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއްވެސް ކުރަމުންނެވެ.
ބަންގާޅު އަންހެނުން ނުގެނެވެނީ ކީއްވެ ހައުސްމޭޑުންގެ ގޮތުގައި. ޜައްރަށުގައި ދާންމަތި ވެފައި ތިބޭމީހުން ބަލަން ހާދަ ތަކުލީފެކޭ އުފުލަން މިޖެހެނީ. ޜަށަކަށް ވިއްޔާ ނުލިބޭނެ ފިރިހެނެޢްވެސް.އެހެން ނޫން ވާނީ ރަށްރަށުގައި ޖަޒީރާ ދިރިއުޅުން. މާލޭގައި ޔޫރަޕް ގެ ފެންވަރު.
މައްސަލައެއް ނޫން ބިދޭސީން އިތުރުވުމަކީ، މައްސަލައަކީ، ޤަވާޢިދާއި ޚިލާފަށް ބިދޭސީން އެތެރެކުރުން
ކޮންމެ ވެރިކަމެއް ފެށިގެން ވަރަށް ހިންގާލާ ކަމަށް ދައްކާނެ. ވާނެކަމެއް ހަރާމް. ހުރިހާ ވެރިން ތިބެނީ ވިޔަފާރިވެރިންނާއި ރިސޯޓް އޯނަރުންގެ ޖީބުގަ. ވަގަށް ބަންގާޅީން އެތެރެކުރަނީ ރިސޯޓް ހަދަން ނިމުނީމަ ރަށްރަށް ދޫކޮށްލަނީ. މިކަން އިނގޭނެ ހުރިހާ ސިޔާސީ ވެރިންނަށް ނޭނގޭކަމަށް ހަދައިގެން ނިކަމެތި ދިވެހިންގެ ދުވަސް ދުއްވާލަނީ.
ޥަރައް ރަގަޅު ނިއްމެވުމެއް އިމިގިރޭސަންއައް މީހުންއަޅާފައި އޮތް ކޮޅުތައް ބަންދުކޮއް ދެން އިހުލާސްތެރިވާ ނެކަމައް އުންމީދުކުރަން