އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާ ބެހި އެސްއޯއެފް ކުންފުނިން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ އެކައުންޓަށް 29 ހާސް ޑޮލަރު ދީފައިވާކަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު އާއްމު ކުރި ރިޕޯޓުން ހާމަވެއްޖެއެވެ.

އެފްއޭއެމްގެ ރައީސް ބައްސާމްގެ އިތުރުން ގިނަ ބަޔަކަށް އެސްއޯއެފް ކުންފުނިން ފައިސާ ބަހާފައިވާކަން މިއަދު އޭސީސީން ހާމަކުރި ރިޕޯޓުގައި ބުނެފައިވެއެވެ.

އެފްއޭއެމްގެ ރައީސް ކަމުގައި ހުރި ބައްސާމްގެ ކޮރަޕްޝަން މައްސަލައް ގިނަ ކަމަށް ބުނެ ބައެއް ކްލަބުތަކުން ސޮއިކޮށް، އެފްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއަކަށްވެސް ގޮވާލާފައިވާ އިރު، އެ ކޮންގްރެސް އަދި އިއުލާން ކޮށްފައެއް ނުވެއެވެ.

ބައްސާމްގެ އެކައުންޓަށް ފައިސާ ޖަމާވެފައިވާ އިރު، އެކަމުގައި އެއްވެސް ޖަވާބެއް އަދި ދެއްވާފައެއް ނުވެއެވެ. ބައްސާމް ދާދި ފަހުން ވަނީ އަމިއްލަ ގިނަ ދަތުރުތަކެއްވެސް ކުރައްވާފައެވެ. އެކަމުގެ ސަބަބުންވެސް އޭނާއަށް ވަނީ އެތައް ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައެވެ.

ބައްސާމަށް ފައިސާ ޖަމާކުރިކަން ރިޕޯޓުްން ހާމަވާ އިރު، ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފަށް ފައިސާ ޖަމާވިކަންވެސް ރިޕޯޓުން އެނގެއެވެ. ޔޫތު މިނިސްޓަރު މަހުލޫފު ވަނީ އެކަން ދޮގުކުރައްވަން ބަޔާނެއްވެސް ނެރުއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. 3ވަނަވިސްނުން

    ދީނަންޓަކައި،ގައުމައްޓަކައި، ދަރީންގެ ދަރީންނައްޓަކައި، އަވަހަން ތިފައިސާ ހަވާލުކޮށްދީ އަބުރާ؟ އަބިމީހާ އަށާއި ދަރިން ނަން ހަލާލު ނޫން ތަކެތި ދީގެން ސަލާމަތެއްނެތް؟ކަލޯ ކޮންމެފަދަ ގޮތެއްވެސް ވެދާނެ ؟އަވަސްކުރޭ ގެދޮރާއި ސައިކަލާ ،ކާރާ ތިޔައަރާމުގައި މީހުންގެ ލާރި ބޭނުންކޮންގެން، ބަލި ދުޢާ ޖެހުނީމަ ވޭނަކަން ބަދަލުވާނެ ؟ކަލޯ އަވަސްކުރޭ!

  2. މައުގެ ކުރީގެ ލޯބިވެރިޔާ

    މިހާރު ހުންނާނީ މައުރީނުގެ އެކައުންޓަށް އަޅާ ފޮރުވާފަ ލޮލް އަޑުއެހިން މައުރީނާ ބޮޑު ސެލޫނެއް ހުޅުވަން އުޅޭ ވާހަކަ ??

  3. އަލްޖިބްރާ

    މިޤައުމުގެ ހުރިހާދިމާލެއްގައި ވަނީ ވަގުން ވަކިހިއްޕާލާފަ ! ޚިޔާނާތްތެރިކަން ، މަކަރާހީލަތް ، އޮޅުވާލުން ، މިއަށްވުރެ ބޮޑު އަނިޔާވެރިކަމެއް ވޭތަ ؟