އެސްއޯއެފްގެ އެކައުންޓުން ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފްގެ އެކައުންޓަށް ފައިސާ ޖަމާކޮށްފައިވާތީ، ވަޒީފައަށް ނުނިކުމެ ގޭގައި މަޑުކުރަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އަންގައިފިއެވެ.

ރައީސް އެގޮތަށް އެންގިކަން މަހުލޫފުގެ ޓްވިޓާގައި ޔަގީން ކޮށްދީފައިވެއެވެ.

"އަޅުގަނޑު އެކައުންޓަށް ޖަމާކޮށްފައިވާ 33،000 ޑޮލަރުގެ މައްސަލަ ބަލާ ވަކިގޮތެއް ނިމެންދެން އަޅުގަނޑު ގޭގައި މަޑުކުރަން އަންގާފައި. ރައީސުލް ޖުމްހޫރިއްޔާގެ ނިންމެވުމަށް އަޅުގަނު އިހުތިރާމް ކުރަން،" މަހުލޫފުގެ ޓްވީޓުގައިވެއެވެ.

އެމްއެމްޕީއާރްސީގެ ފައިސާތައް މީހުންގެ އެކައުންޓްތަކަށް ޖަމާކުރި އެސްއޯއެފް ކުންފުނިން މަހްލޫފްގެ އެކައުންޓަށް 33000 އެމެރިކާ ޑޮލަރު (ފަސް ލައްކަ އަށް ވުރެ ގިނަ ދިވެހި ރުފިޔާ) ޖަމާވިކަމަށް އޭސީސީގެ ރިޕޯޓްގައި ފާހަގަކޮށްފައިވާތީ ދިފާއުގައި މަހުލޫފް ބަޔާނެއް ނެރެފައިވެއެވެ.

ހުލޫފްގެ އެ ބަޔާނުގައި ބުނެފައި ވަނީ، އެސްއޯއެފްގެ ފައިސާ ޖަމާކުރި އެކައުންޓްތަކުގެ ތެރޭގައި، އޭނާގެ އެކައުންޓް ހިމެނޭކަން އެނގުނީ ވަރަށް ފަހުން ކަަމަށެވެ. އަދި އެކަން އޭނާއަށް އެނގުނު ހިސާބުން، ތަފްސީލާއެކު އޭސީސީއަށް އެ މުއާމަލާތާ ގުޅޭ މައުލޫމާތު ހިއްސާކޮށްފައިވާނެ ކަމަށް މަހްލޫފް ވިދާޅުވިއެވެ.

އިތުރަށް މަހްލޫފް ވިދާޅުވީ، އެސްއޯއެފް އެކައުންޓުން ފައިސާ ޖަމާވި ހުރިހާ ފަރާތްތަކަކީ "ވަގުންގެ"ގޮތުގައި މުޖުތަމައުގެ ބައެއް ފަރާތްތަކުން ސިފަކުރަމުންދާއިރު، މީގެ ތެރޭގައި ހިމެނޭ ސައްހަ މައާމަލާތްކޮށްފައިވާ ފަރާތްތަކުގެ ހައްގުތައް ނުގެއްލޭނެގޮތަށް ކަށަވަރުކޮށްދިނުމުގެ ގޮތުން އޭސީސީން އެ މައުލޫމާތު ރައްޔިތުންނަށް ސާފްކޮށްދިނުމަށް އެދޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. ސަލީމު

  މަހުލޫފަކައްނޭގެ އޭނައެކައުންޓަށް ޑޮލަރު ވަތްގޮތެއް

 2. 3ވަނަވިސްނުން

  ދީނަންޓަކައި،ގައުމައްޓަކައި، ދަރީންގެ ދަރީންނައްޓަކައި، އަވަހަން ތިފައިސާ ހަވާލުކޮށްދީ އަބުރާ؟ އަބިމީހާ އަށާއި ދަރިން ނަން ހަލާލު ނޫން ތަކެތި ދީގެން ސަލާމަތެއްނެތް؟ކަލޯ ކޮންމެފަދަ ގޮތެއްވެސް ވެދާނެ ؟އަވަސްކުރޭ ގެދޮރާއި ސައިކަލާ ،ކާރާ ތިޔައަރާމުގައި މީހުންގެ ލާރި ބޭނުންކޮންގެން، ބަލި ދުޢާ ޖެހުނީމަ ވޭނަކަން ބަދަލުވާނެ ؟ކަލޯ އަވަސްކުރޭ!

 3. އާކާސް މުހައިމިނު ކުޅުދުއްފުށި

  ސާބަހޭ އިބޫ... ކޮބާތޯ މިގައުމުގެ ރައްޔިތުން އިންތިހާބުކުރި އެންމެ ކަނޑުކޮސް މެންބަރު އަލްފާލިލް މަރުމޯލު ހޯރަފުށީ... މަހޭ ދެން މަޖުލީހަށް ވަނަ ނުދީ މަގުމަތިކޮށްލާ... ތިރީސް ހާހުން އޭނައަށް ވާނެބާ އެހާ ޓޮޕް އަންހެނަކު ގޮވާގެން

 4. މޯދީ

  ކޮންތާކު މި ޖެހުނީ؟ ރ.ޔާމީން އަށް ވެސް ނޭނގި އެމނިކުފާނުގެ އެކައުންޓަށް މިލިއަނުން ޑޮލަރު ޖަމާކުރީ. މި ދޮގުހަދާ ފަޓުލޫނުގެ އެކައުންޓައް ވެސް މީނައަށް ނޭނގި ޖަމާވީ. އަދި ވަރަށް ފަހުންނޯ އެނގުނީ. ލޮލް.. މީހުނާ ދިމާލަށް ވަގަށް ގޮވި ރީނދޫ ބައިގަނޑުގެ ތެރޭ ނެތޭ ކޮރަޕްޝަނާ، ވަގު ލާރި ޢާއި ވަގު ފިޔާވާރި ނުކުރާ ހަމަ އެއްޅައި ވެސް. މި ބައިގަނޑު މާ ހެޔޮ ބަޔަކަށް ހެދިގެން ތިބެ އެހެން މީހުންގެ ބޮލުގަ ވަގު ބަދުނާމު އަޅުވާއިރު ލަދެއް ނުގަނޭތަ؟

 5. އާއާއްއައާއާ

  ރައީސް އިބޫގެ ސަރުކާރުން ޒީރޯ ޓޮލެރެންސް އޮން ކޮރަޕްޝަންގެ މަގުން ދަތުރު ކުރަން ސީދާ މަގު އިޚްތިޔާރު ކުރުން އެއިން އެގިގެން ދަނީ ދެން ރާއްޖޭގައި ގަވާއިދާއި ޚިލާފަށް މަސައްކަތް ކުރާ ބިދޭސީން ނަށް މޭޒު ދަށުން ދަމާ ކުޅެގެން އިމިގްރޭޝަން އިން ވާރކް ވިސާ ދިނުމުގެ ކަންކަން ވެސް ދެން ހުއްޓުން އަންނާނޭ ކަަމަށް އިބޫގެ ވެރިކަން އެއީ ބިއުޓިފުލް ވެރިކަމަކަށް ބަދަލުވުމުގެ ނިޝާން ތައް ފެންނާން ފަށައިފިއޭ އެން އޯލް އިން ވަން ވީ ކޯލް އަ ޕާރފެކްޓް ޕްރެޒިޑެންޓް..

 6. ފުނަދޫ އޭޑީ

  އެސޮރު އެކައުންޓުބަލާނުލާތާ 20 އްސަކައްއަފަހުން އިހައްދުވަހަކު އަންހެނުންނައް ޕެޑުފޮއްޓެއް ގައްނަންޖެހިގެން އެކައުންޓު ބަލާލިއި އެކަމެއްވެފަ ހުރީ ދެންތާމިރެއަކާލީވެސް އެހެންތާވާނީ މަޖިލީހުގަ މުސާރަދެނީ ބަންގާޅިންނައް މުސާރަދޭހެން ކިއުގަތިބެގެން މުސާރަހިފައިގެން އަންނަގޮތައް ބޮޑުފޮއްޓައް ލާފަބަހައްޓަނީ އެހެންވީމަކަނޭނގޭނއްނު

 7. ހައްވަ

  މަހުލޫފް ތިކަމުން ރެކޭނެ ކަން ވަރައްރަގަލައް އެގޭ މި ސަރުކާރުގެ މިނިސްޓަރެއް ދެއްތޯ

 8. ރީލޯޑު ވަޒީރު

  ކަލޭ ކަމުން ރެކެން ފާޑުފާޑު ވާހަކަ ނުދައްކާ. ކަލެއަކީ ވަގެއް.